Roadha Mihaaru
އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ޕެޓިޝަނެއް

އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވާލައި އިދިކޮޅުން ޕެޓިޝަނެއް ހުށަހަޅަނީ

30 ސެޕްޓެމްބަރ 2021

ގާނޫނާ ހިލާފަށް ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިންނާއި ވަސީލަތްތައް ރާއްޖެއިން ބޭލުމަށް އިންޑިއާ ސަރުކާރަށް ގޮވާލައި ޕެޓިޝަނެއް ހުށަހަޅަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގާނޫނާ ހިލާފަށް ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިންނާއި ވަސީލަތްތައް ރާއްޖެއިން ބޭލުމަށް އިންޑިއާ ސަރުކާރަށް ގޮވާލައި ޕެޓިޝަނެއް ހުށަހަޅަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނިންމައިފި އެވެ.

ސަރުކާރާ ދެކޮޅަށް އިދިކޮޅުން ފަށާ ބޮޑު ކެމްޕެއިން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ލޯންޗުކުރުމަށް މިރޭ މާލެ އަލިމަސް ކާނިވަލުގައި ބޭއްވި ހާއްސަ ޖަލްސާގައި ވަނީ މި ޕެޓިޝަނުގައި ސޮއިކުރަން ހުޅުވާލައިފަ އެވެ. ޖަލްސާގައި ބައިވެރިވި ގިނަ ބަޔަކު ވަނީ މި ޕެޓިޝަނުގައި ސޮއިކޮށްފަ އެވެ.

މި ޕެޓިޝަނުގައި ބުނެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ސަރުކާރާ އެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއް ގާއިމްކޮށް، ރާއްޖޭގައި އިންޑިއާގެ އަސްކަރީ ބޭނުންތަކަށް ތަންތަން ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި، ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި އަދި މި ގައުމުގެ މިނިވަން ކަމަށް ބުރޫ އަރާފާނެތީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް މި ޕެޓިޝަނުގައި ވަނީ އެދިފަ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި އެންމެ ބޮޑަށް އަޑުއުލާފައިވާ އިންޑިއާ ސަރުކާރުން ރާއްޖޭގައި ނުފޫޒު ގަދަކުރާ ކަމަށް ބުނެ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުގެ އިތުރު، މި ސަރުކާރުން ރާއްޖެ އިންޑިއާ އަށް ދަރުވާލުމަށް ސިއްރު ރޭވުންތަކެއް ރާވަމުންދާ ކަމަށް ތުހުމަތުކޮށް، އެކަމާ ދެކޮޅަށް ވެސް ވަނީ އަޑުއުފުލައިފަ އެވެ.