04 އޮކްޓޯބަރ 2021
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ސޮއިކުރި ކަމަށް ބުނާ ވެބް ސީރީޒު ނުކުޅެން އޭނާ ނިންމުމާ ގުޅިގެން އެކްޓަރު އަދިތިޔާ ރޯއި ކަޕޫރު މިހާރު އެއަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ސޮއިކުރި ކަމަށް ބުނާ ވެބް ސީރީޒު ނުކުޅެން އޭނާ ނިންމުމާ ގުޅިގެން އެކްޓަރު އަދިތިޔާ ރޯއި ކަޕޫރު މިހާރު އެއަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި "ބީބީސީ ވަން" އިން 2016 ގައި ގެނެސްދިން ކާމިޔާބު ސީރީޒް "ދަ ނައިޓް މެނޭޖާ" ގެ އިންޑިއާގެ ވާޝަނުން ރިތިކް ވަކިވީ ކުރިން ރޭވި ގޮތަށް އޭގެ ޝޫޓިން ކުރިއަށް ނުގެންދެވި، ސޮއިކޮށްފައި ހުރި ފިލްމުތަކުގެ މަސައްކަތްތަކަށް ބޫރުއަރައިފާނެތީ އެވެ. އޭނާގެ އަތުގައި މި ވަގުތު ދެ ފިލްމެއް އެބަ އޮތެވެ. އެއީ މި މަހުގެ ތެރޭގައި ޝޫޓިން ފަށާ 2017 ގެ ތަމަޅަ ފިލްމު "ވިކްރަމް ވޭދާ" ގެ ރިމޭކާއި "ފައިޓާ" އެވެ.
"ވިކްރަމް ވޭދާ" ގައި ރިތިކް ކޯ-ސްޓާރަކީ ސައިފް އަލީ ޚާނެވެ. "ފައިޓާ" އަކީ އަލަށް ދީޕިކާ ޕަދްކޯނާ އެކު ރިތިކް ކުޅޭ ފިލްމެކެވެ.
މީޑިއާތަކުން ބުނީރިތިކް ސޮއިކުރި ފުރަތަމަ ވެބް ސީރީޒް "ދަ ނައިޓް މެނޭޖާ" އިން ވަކިވެފައިވާތީ އަދިތިޔާ ކާސްޓަށް ނަގައި މިހާރުގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ. މި ސީރީޒްގެ ވާހަކަ މިދިޔަ އަހަރުން ފެށިގެން ދެކެވުނަސް މިއާ ބެހޭ ގޮތުން އޭގެ ޓީމުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަމަކު މިއީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ހަދާ އެއްޗެކެވެ. އަދި ސީރީޒް ޑައިރެކްޓްކުރާނީ މިދިޔަ އަހަރު ގެނެސްދިން ސުޝްމިތާ ސެންގެ ވެބް ސީރީޒް "އާރިއާ" ގެ ޑައިރެކްޓަރު ރާމް މަދްވާނީއާ އެކު އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރި ސަންދީޕް މޯދީ އެވެ.
"ދަ ނައިޓް މެނޭޖާ" އިން އަދިތިޔާ އިން ފުރުސަތު ލިބުނު އިރު އޭނާ އަށް ދާދި ފަހުން ސިދާތު މަލްއުތުރާ ދޫކޮށްލި ފިލްމެއް ވެސް ކުޅެން ލިބިފައިވެ އެވެ. އެއީ 2019 ގެ ތަމަޅަ ފިލްމު "ތަޅަމް" ގެ ހިންދީ ރިމޭކެވެ. މިދިޔަ އަހަރު "މަލަންގް" އާއި "ލޫޑޯ" ގެ އިތުރުން "ސަޅަކް 2" އިން ފެނިގެން ދިޔަ އަދިތިޔާގެ އެންމެ އަވަހަށް ދެން ރިލީޒްވާން އޮތް ފިލްމަކީ "އޯމް: ދަ ބެޓްލް ވިތިން" އެވެ.
ސަޕޯޓިން އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތް 35 އަހަރުގެ އެކްޓަރު ލީޑް އެކްޓަރެއްގެ ގޮތުގައި ވިދައިލީ 2013 ގެ "އާޝިގީ 2" އިންނެވެ.
ރިތިކްގެ ވެބް ސީރީޒުން މަނޯޖް ވަކިވެއްޖެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަހާން އަށް ރާކޭޝްގެ ވަރަށް ހާއްސަ ފޯން ކޯލެއް!
ރިތިކާއި ކަރީނާ އަލުން އެކީގައި ފެނިދާނެ
މި އަހަރު ވެބް ސީރީޒްތަކުން ފެންނާނެ ތަރިން
މާދުވަން ބޭނުމީ ރިތިކް ކަހަލަ ހަށިގަނޑެއް
ރިތިކް މިފަހަރު ވަރުގަދަ ހަށިގަނޑަކާއި ތުނބުޅިއާ އެކު
"އަތުރަންގީ-ރޭ" ގައި ސާރާ ވަރަށް މޮޅު
އަނިލްއާ އެކު މަސައްކަތްކުރަން ލިބުމުން ރިތިކް އުފަލުން
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް