Roadha Mihaaru
އަމީތާބްގެ "ޗެހެރޭ" އެމެޒޯން ޕްރައިމަށް

އަމީތާބްގެ "ޗެހެރޭ" އެމެޒޯން ޕްރައިމް ވީޑިއޯ އަށް

03 އޮކްޓޯބަރ 2021

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ރިލީޒްކުރި އަމީތާބް ބައްޗަނާއި އިމްރާން ހާޝިމީގެ މިސްޓްރީ ތުރިލާ "ޗެހެރާ" އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ރިލީޒްކުރި އަމީތާބް ބައްޗަނާއި އިމްރާން ހާޝިމީގެ މިސްޓްރީ ތުރިލާ "ޗެހެރާ" އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށައިފި އެވެ.

މިއީ ތުރިލާތަކަށް ލޯބިކުރާ މީހުން މި ވަގުތު ބަލައިލަން އަމީތާބްގެ ވަރަށް ހާއްސަ ފިލްމަކަށް ވާނެ އެވެ. "ޗެހެރޭ" އަކީ ރޫމީ ޖެފްރީ ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ. މިއީ ސްނޯގެ ތޫފަނަކާ ހެދި ދަތުރުނުކުރެވި އެއް ގެއެއްގައި، ގާނޫނީ ދާއިރާގެ ނުފޫޒު ގަދަ ބަޔަކު ވަގުތު ހޭދަކުރަން ޖެހުމުން އެ މީހުންގެ އަސްލު ސޫރަ ތިލަވެގެން އަންނަ ގޮތުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

އަމީތާބް އެއްވެސް ފީއެއް ނުނަގައި ހިލޭ ކުޅުނު ފިލްމުގެ ކާސްޓްގައި ރިއާ ޗަރްބަތީ އާއި ޓީވީ ބަތަލާ ކްރިސްޓަލް ޑި ސޫޒާ އާއި އައްނޫ ކަޕޫރާއި ޝްރަދާ ކަޕޫރްގެ ބޭބެ ސިދާންތު ކަޕޫރާއި ކުރީގެ ބަތަލާ ނީލަމް ކޮތާރީގެ ފިރިމީހާ ސަމީރު ސޯނީ ފަދަ ފަންނާނުން ހިމެނެ އެވެ.