Roadha Mihaaru
ބޮލުގައި އައްސާ ވޫލްކޮޅު ދޮވެލީ ކޮންއިރަކު؟

ބޮލުގައި އައްސާ ވޫލްކޮޅު އެންމެ ފަހުން ދޮވެލީ ކޮންއިރަކު؟

04 އޮކްޓޯބަރ 2021

އިސްތަށިގަނޑު ދިގަސް، ކުރުކޮށް ހުއްޓަސް ކޮންމެ މީހަކު ވެސް އިސްތަށިގަނޑު އައްސަން ހާއްސަ ވޫލުކޮޅެއް ގެންގުޅެ އެވެ. ބައެއް މީހުން އެކި މުނާސަބަތުތަކަށް އެކި ވޫލްކޮޅު ބޭނުން ކުރެ އެވެ. ނަމަވެސް ބުރުގާ އަޅާ ގިނަ މީހުން ގެންގުޅޭނީ އާންމުކޮށް އެއް ވޫލް ކޮޅެކެވެ. އިސްތަށިގަނޑު ދޮވެ، ޝޭމްޕޫ ކުރުމަކުން އަދި މީހާގެ ސެލްފްކެއާ ނިމުނީއެއް ނޫނެވެ. ބޮލުގައި އައްސަން ގެންގުޅޭ ވޫލުކޮޅަކީ ވެސް ދޮވެ ސާފުކޮށް ބަލަހައްޓަން ޖެހޭ އެއްޗެކެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ސްކްރަންޗީސް ނުވަތަ ވޫލްކޮޅު ދޮންނަންތަ؟

އިސްތަށިގަނޑުގެ ރައްކާތެރިކަމަށްޓަކައި ވެސް، ބޮލުގައި އައްސަން ގެންގުޅޭ ވޫލްކޮޅު ދޮންނަންޖެހެ އެވެ. އިސްތަށިގަނޑުގައި ބޭނުންކުރާ ތެޔޮ ނުވަތަ ކްރީމްތައް އެންމެ ފަސޭހައިން ހަރުލާނީ ވޫލްކޮޅުގަ އެވެ. އަދި ބައެއް މެޓީރިއަލްތަކުގެ ވޫލް ހަޑިވާލެއް ވަރަށް އަވަސް ވާނެ އެވެ.

ވޫލުކޮޅު ދޮންނަނީ ކިހާ އާންމުކޮށް؟

ލާން ގެންގުޅޭ އަންނައުނު މާގިނައިން ދޮންނަ ބަޔަކު ނަމަ، ވޫލްކޮޅު މަހަކު އެއްފަހަރު ދޮވެލުމަކުން ގޯހެއްނެތެވެ. އެކަމުގައި ބަލަން ޖެހޭނީ އެއް ވޫލުކޮޅެއް ބޭނުން ކުރެވެނީ ކިހާ ދުވަހަކުތޯ އެވެ. ކޮންމެ ދުވަހަކު އެކައްޗެއް ބޭނުންކުރާ ނަމަ ހަފްތާއަކު އެއްފަހަރު ދޮވެލަންވާނެ އެވެ.

ދޮންނަނީ ކިހިނެއް؟

ސްކްރަންޗީސް ނުވަތަ ވޫލްކޮޅު ދޮވުމުގައި ބަލަންޖެހޭނީ އެ މީހަކު ގެންގުޅޭ މެޓީރިއަލްއަށެވެ. އާންމުކޮށް އަހަރެމެން ލާން ގެންގުޅޭ ހެދުމުގެ މެޓީރިއަލް ނަމަ ހެދުންތަކާ އެކު ވެސް ދޮވެލެވިދާނެ އެވެ. ދޮވެ ނިންމާފައި ފެންލާއިރު އެންމެ ރަނގަޅީ ފިނިފެނެވެ. އޭރުން ހިއްކާއިރު ވޫލުކޮޅު ކުރުވެ، ހަލާކުވުން ކުޑަވާނެ އެވެ.

ލިނަން، ރާޔަން، ސިލްކް އަދި ވޫލް ސްކްރަންޗީސް ބޭނުން ކުރާނަމަ މެޝިނަށް ނުލާ އަތުން ދޮވެލާށެވެ. މިގޮތަށް ދޮވުމުގައި ބޯތައްޓަކަށް ހޫނު ފެންފޮދެއް އެޅުމަށް ފަހު ބޭނުންކުރާ އޯމޯކޮޅެއް އަޅައިގެން އަތުން ދޮވެލާފައި ހިއްކަން ތަނެއްގައި އަޅުވާލާފައި ބަހައްޓާށެވެ.

ބައެއް މީހުން އޯމޯ އަޅައިގެން ދޮންނަން ރިކޮމެންޑް ކުރާއިރު އަނެއްބައި މީހުން ބުނަނީ ޝޭމްޕޫކޮޅެއް އަޅައިގެން ދޮވުމަށެވެ.