04 އޮކްޓޯބަރ 2021
ދައުވާ ލިބޭ މީހަކު ރާއްޖެ އިން ބޭރުގައި ހުރެގެން، ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ޝަރީއަތް ކުރިއަށް ނުގެންދަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ދައުވާ ލިބޭ މީހަކު ރާއްޖެ އިން ބޭރުގައި ހުރެގެން، ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ޝަރީއަތް ކުރިއަށް ނުގެންދަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ ކޯޓުން މިގޮތަށް ނިންމީ ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރުގައި ހުންނަަވައިގެން ޝަރީއަތުގައި ބައިވެރިވެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމުން މިއަދު ނެރުނު އަމުރެއްގަ އެވެ.
އެ އަމުރުގައި ވަނީ އަލީ ވަހީދުގެ މައްސަލައިގައި ވެސް އަދި ކްރިމިނަލް ކޯޓުން ބަލާ އެއްވެސް މައްސަލައެއްގައި ވެސް ދައުވާ ލިބޭ ފަރާތް ރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް، ޝަރީއަތް އޯޑިއޯ/ވީޑިއޯކޮށް ކުރިއަށް ނުގެންދިއުމަށް އަންގާ ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަހީދަށް ޗިޓު ފޮނުވުމުން ހާޒިރުވެފައި ނުވާތީ މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އޭނާ އެ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.
މި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ކްރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން އަލީ ވަހީދު ރާއްޖެ އަށް ގެނައުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އޭނާގެ އޯޑިނަރީ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން އަލުން އެދުމުން ޕާސްޕޯޓު ނުހިފަހައްޓަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި ދައުލަތުން ވަނީ އިސްތިއުނާފުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ހުއްދަ ދިނުމުން މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އިން ބޭރަށް ވަަޑައިގެންނެވި ގޮތަށް އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ. މިހާރު ދައުލަތުން ބުނަނީ އޭނާ އަކީ ފިލައިގެން އުޅޭ މީހެއް ކަމަށެވެ.
އަލީ ވަހީދު އިނގިރޭސި ވިލާތުގައި ހުންނެވި ނަމަވެސް އޭނާގެ ޝަރީއަތުގެ އަޑުއެހުންތަކެއް މީގެ ކުރިން ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބާއްވާފައިވެ އެވެ.
ޔޫކޭއިން އަލީގެ ވިސާ އާކޮށްދިނުމުގެ ފުރުސަތު ކުޑަ
އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލަ ބަލަން އަންގައިފިި
ކޯޓުތައް ކުޑަކަކޫ ޖަހާތަން ފެނިގެން ނުވާނެ: ހުކުމް
އަލީ ވަހީދު ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފި
އަލީ ވަހީދުގެ އިސްތިއުނާފް ޝަރީއަތް ފަސްކޮށްފި
އަލީ ވަހީދު ރާއްޖެ އަންނަން ސުޕްރީމް ކޯޓުން އަންގައިފި
އަލީގެ ޝަރީއަތުގެ މައްސަލަ ސުޕްރީމް ކޯޓަށް
ޖާމިނުކޮށް، އަލީ ވަހީދު ފުރަން ހުއްދަ ދިނީ ރަނގަޅަށް
ޕާސްޕޯޓް ދޫކުރި މައްސަލަ ޣައިރު ހާޒިރުގައި ނުބެލޭނެ
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ މުއްދަތެއް ނެތްގޮތަށް