Roadha Mihaaru
ޕެނަލްޓީ ޖަހައިގެން ޑޭޓާ ލިބޭ ގޭމެއް އުރީދޫ އެޕުން

ޕެނަލްޓީ ޖަހައިގެން ޑޭޓާ ލިބޭ ގޭމެއް އުރީދޫ އެޕުން

07 އޮކްޓޯބަރ 2021

ޕެނަލްޓީ ޖަހައިގެން ޑޭޓާ ލިބޭ ގޭމެއް އުރީދޫން ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޕެނަލްޓީ ޖަހައިގެން ޑޭޓާ ލިބޭ ގޭމެއް އުރީދޫން ތައާރަފުކޮށްފި އެވެ.

ސާފް ޗެމްޕިއަންޝިޕާ ގުޅުވައިގެން ތައާރަފުކުރި މި ގޭމް ކުޅެވޭނީ އުރީދޫ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ. އެ އެޕުން 50ރ. އިން މަތީގެ ރީޗާޖުކުރާ ކޮންމެ ކަސްޓަމަރަކަށް ޕެނަލްޓީ ޖެހުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ގޭމުގައި ޕެނަލްޓީ ޖަހަގައިގެން މޮޅުވާ ކޮންމެ މީހަކަށް އެއް ޖީބީ ޑޭޓާ ލިބޭނެ އެވެ.

އުރީދޫން ބުނީ މި ގޭމަކީ ސާފް ޗެމްޕިއަންޝިޕާ ގުޅިގެން ރާއްޖޭގައި ގައުމީ ޖޯޝާއި ފުޓްބޯޅައިގެ ފޯރި އިތުރު ކުރުމަށް ފެށި ގޭމެއް ކަމަށެވެ. އަދި މިފަދަ އިތުރު ގޭމުތައް ކުރިއަށް އޮތް ތަނުގައި ތައާރަފުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސާޕް ޗެމްޕިއަންޝިޕާ ގުޅުވައިގެން އުރީދޫން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި ސޯޝަލް މީޑިއާ މުބާރާތްތައް ކުރިއަށްގެންދާއިރު "މޫލީ" މެދުވެރިކޮށް ޓިކެޓު ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

އުރީދޫ އަކީ މިއަހަރު ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރެވެ.