08 އޮކްޓޯބަރ 2021
ބަންގްލަދޭޝްގެ މައްޗަށް މިރޭ ދިވެހި ގައުމީ ޓީމު ހޯދި ފުރިހަމަ މޮޅަކީ މިއަދު ފާހަގަކުރާ ރާއްޖޭ ގައުމީ ދުވަހާ ގުޅިގެން ދިވެހި ރައްޔިތުންނަށް ދިން ހަދިޔާއެއް ކަމަށް ގައުމީ ޓީމުގެ އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ބުނެފި އެވެ.
ބަންގްލަދޭޝްގެ މައްޗަށް މިރޭ ދިވެހި ގައުމީ ޓީމު ހޯދި ފުރިހަމަ މޮޅަކީ މިއަދު ފާހަގަކުރާ ރާއްޖޭ ގައުމީ ދުވަހާ ގުޅިގެން ދިވެހި ރައްޔިތުންނަށް ދިން ހަދިޔާއެއް ކަމަށް ގައުމީ ޓީމުގެ އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ބުނެފި އެވެ.
ބަންގްލަދޭޝްއާ ދެކޮޅަށް 2-0 އިން މޮޅުވި މެޗުގައި ރާއްޖޭގެ މުހިންމު ކުޅުންތެރިޔަކަށްވީ މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ދަގަނޑޭ އެވެ. މެޗުގައި ރާއްޖޭގެ ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީން ކާމިޔާބު ކުރީ ވެސް އޭނާ އެވެ. ގޯލް ޖެހުމުގެ އިތުރަށް މިރޭ ރާއްޖޭގެ އެޓޭކުތަކުގައި ދަގަނޑޭގެ ދައުރު ފެނުނީ ބޮޑުކޮށެވެ.
"މި މޮޅަކީ ދިވެހި ރައްޔިތުންނަށް ދޭ ގައުމީ ދުވަހުގެ ހާއްސަ ހަދިޔާއެއް،" ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ދަގަނޑޭ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުގައި ހުރި ދަގަނޑޭ މިރޭ ޖެހި ލަނޑަކީ މުބާރާތުގެ ތާރީހުގައި އޭނާ ޖެހި 21 ވަނަ ލަނޑެވެ. ލަނޑު ޖެހުމުން ކުރެވޭ އިހްސާސަކީ ކޮބައިތޯ ބޭރުގެ ނޫސްވެރިޔަކު ސުވާލު ކުރުމުން ދަގަނޑޭ ބުނީ ލަނޑު ޖެހީ އޭނާތޯ ނުވިސްނާ ކަމަށާއި އޭނާ ވިސްނަނީ ޓީމަށް ކާމިޔާބު ހޯދައިދޭން ކަމަށެވެ.
މެޗަށް ދަގަނޑޭ (ކ) ނުުކުންނަނީ --- ފޮޓޯ: ނިޝާން އަލީ { މިހާރު
"މީގެ މުހިންމީ ޓީމަށް ކާމިޔާބު ލިބުން، ކޮންމެ މީހަކު ލަނޑު ޖެހިޔަސް ޓީމަށް ކާމިޔާބު ލިބެނިކޮށް ނިމުނީ."
ބަންގްލަދޭޝްއާ ދެކޮޅަށް އެންމެ ފަހުން ރާއްޖެ އިން މެޗެއް ކުޅުނީ ސެޕްޓެމްބަރު 2016 ގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ. ރާއްޖެއިން 5-0 އިން މޮޅުވި މެޗުގައި ދަގަނޑޭ ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްދީފަ އެވެ. އެ މެޗާއި މިރޭގެ މެޗުގެ ތަފާތަކީ ކޮބައިތޯ ބަންގްލަދޭޝްގެ ނޫސްވެރިޔަކު ސުވާލު ކުރުމުން ދަގަނޑޭ ބުނީ އޭރު ބަންގްލަދޭޝްއިން ވަކި ސިސްޓަމެއްގައި ބޯޅަ ކުޅޭތަން ނުފެންނަ ކަމަށެެވެ.
"އެކަމަކު މިހާރު އެބަފެނޭ ބޯޅަ ކުޅެން މަސައްކަތް ކުރާތަން،" ދަގަނޑޭ ބުންޏެވެ.
މިރޭ ގެ މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
މުބާރާތުގަައި އަންނަ އާދިއްތަ ދުވަހު ހަވީރު ރާއްޖެ އިން ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. މިރޭގެ މެޗުން ލިބުނު މޮޅާ އެކު ރާއްޖެއިން ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު ނޭޕާލް އެވެ. ފައިނަލަށް ދާނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
ގައުމީ ބަތަލް ދަގަނޑޭ އަށް ހާއްސަ ފަހަރެއް
އަކޫއަށް ތައުރީފް، ދަގަނޑޭއަށް އަލުން ކެޕްޓަން ބޭންޑް
ރާއްޖޭގެ ޒުވާން ޓީމަށް މުބާރާތް ނިމިއްޖެ
ދަގަނޑޭ އޮޕަރޭޝަންކުރަނީ، ދެން ދަނޑުން ނުފެނިދާނެ؟
ދުނިޔޭގެ ހެޓްރިކް ލިސްޓުގެ ތިން ވަނައިގައި ދަގަނޑޭ
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު
މުބާރާތަށް ދާންޖެހޭނީ ބައިވެރިވެލާކަށް ނޫން: ރާފިއު
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟
މުސާރައިގެ ވާހަކަ އެހުމުން އެފްއޭއެމަށް ވީ ނެގެޓިވް