Roadha Mihaaru
ދެ މިނިޓްގެ ކަސްރަތަކުން ވެސް އެތައް ފައިދާއެއް

ދެ މިނިޓްގެ ކަސްރަތަކުން ވެސް އެތައް ފައިދާއެއް

13 ސެޕްޓެމްބަރ 2020

ކަސްރަތު ނުކޮށް ގިނަ މީހުން އަބަދު ވެސް ދައްކާ އުޒުރަކީ ވަގުތު ނުވުމެވެ. އެކަމަކު ދުޅަހެޔޮ ސިއްހަތަކަށް ކަސްރަތަކީ އެންމެ މުހިއްމު އެއް ކަންތަކެވެ. އާ ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން ވަގުތު ނެތިގެން ކަމަށް ބުނެ ކަސްރަތު ނުކުރުމަކީ މިހާރު ބަހަނާއެއް ނޫނެވެ. ސަބަބަކީ އެންމެ ދެ މިނިޓްގެ ކަސްރަތަކުން ވެސް އެތައް ފައިދާއެއެއް ލިބޭކަން ހާމަވުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަސްރަތު ނުކޮށް ގިނަ މީހުން އަބަދު ވެސް ދައްކާ އުޒުރަކީ ވަގުތު ނުވުމެވެ. އެކަމަކު ދުޅަހެޔޮ ސިއްހަތަކަށް ކަސްރަތަކީ އެންމެ މުހިއްމު އެއް ކަންތަކެވެ. އާ ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން ވަގުތު ނެތިގެން ކަމަށް ބުނެ ކަސްރަތު ނުކުރުމަކީ މިހާރު ބަހަނާއެއް ނޫނެވެ. ސަބަބަކީ އެންމެ ދެ މިނިޓްގެ ކަސްރަތަކުން ވެސް އެތައް ފައިދާއެއެއް ލިބޭކަން ހާމަވުމެވެ.

ޓްރާންސްލޭޝަނަލް ސްޕޯޓްސް މެޑިސިން ޖާނަލްގައި ޝާއިއުކޮށްފައިވާ ސްވިޑްގެ ޖޯންކޯޕިން ޔުނިވަސިޓީގެ ދިރާސާ އިން ދައްކާ ގޮތުގައި ދެ މިނިޓަށް ހިނގުން ނުވަތަ ދުވުން ނުވަތަ ބައިސްކަލް ދުއްވުން ފަދަ ކަމެއް ކުރުމަކީ މީހާގެ ކަންނެތްކަން ކަނޑުވައިލަ ދިނުމުގެ އިތުރަށް ކަންކަން ދަސްކުރުމާއި ހަނދާން ގަދަކޮށްދިނުން ފަދަ ކަންކަމަށް މަގުފަގިކޮށްދޭ ކަމެކެވެ. ވަކިން ހާއްސަކޮށް ޒުވާނުންނަށް މިކަމުގެ ފައިދާ ބޮޑެވެ.

މި ދިރާސާ ހަދާފައި ވަނީ ކަސްރަތާ ގުޅޭ ގޮތުން މީގެ ކުރިން ހަދާފައިވާ 13 ދިރާސާއެއް އެނަލައިޒްކޮށް، އުމުރުން 18-35 އަހަރާ ދެމެދުގެ ޒުވާނުންތަކެއް ވެސް ބައިވެރިކޮށްގެން 2009-2019 އަށެވެ. އެގޮތުން ފާހަގަކުރެވުނު ކަމަކީ ކޮންމެ ދުވަހަކު މަދުވެގެން ދެ މިނިޓް ނުވަތަ 120 ސިކުންތަށް އެރޮބިކްސް ކަހަލަ ކަސްރަތެއް ކުރާ ނަމަ މީހާ ޕޮޒިޓިވްކޮށްދީ، ކަންކަން ކުރުމަށް އާ ހިތްވަރެއް ލިއްބައިދޭ ކަމެވެ. އެގޮތުން ވަޒީފާ އަދާކުރާ މީހުން މަސައްކަތްތަކަށް ފޯކަސްކުރަން މަގުފަހިވުމާއި ފިލާވަޅުތައް ދަސްކުރަން ފަސޭހަވުމާއި ދަސްކުރާ އެއްޗެހި ހަނދާނުގައި ފަސޭހައިން ހަރުލުން ހިމެނެ އެވެ.

"މާނަ އަކީ ކަންކަމަށް ކޮންސަންޓްރޭޓްވުމާއި ކަންކަން ހައްލުކުރަން ފަސޭހަވުމާއި ހަނދާން ގަދަވުން ފަދަ ކަންކަމަކީ ކަސްރަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަމޭ،" ދިރާސާގައި ބުންޏެވެ. "އެހެންވެ ދެ މިނިޓަށް ނަމަވެސް ކޮންމެ ދުވަހަކު ކަސްރަތަކަށް ވަގުތުކޮޅެއް ހުސްކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް."

އޭގައި ފާހަގަކޮށްފައިވާ ގޮތުން އެންމެ ދެ މިނިޓަށް ކުރާ ކަސްރަތުން ލިއްބައިދޭ ފައިދާތައް ދެ ގަޑިއެއްހާ އިރަށް ދެމިގެންދެ އެވެ. އެހެންވެ ލުއިކޮށް ނުވަތަ ތަންކޮޅެއް އިންޓެންސްކޮށް ކަސްރަތުކުރިޔަސް މީގެ ފައިދާކުރެ އެވެ.

ބަޔަކު ދުވަނީ.

ބަޔަކު ދުވަނީ.

ދިރާސާ ޓީމުން ބުނީ މީގެ ނަތީޖާ އިން ހިތްވަރު ދެނީ ކަސްރަތަކީ ދިރިއުޅުމުގެ މުހިއްމު ބަޔަކަށް ހެދުމެވެ. އަދި ގަވައިދުން ކަސްރަތުކުރުމަކީ ސިއްހީ ގޮތުން އެތައް ފައިދާއެއް ލިއްބައިދޭ ކަމަކަށްވާތީ އެކަމަށް ފަރުވާކުޑަ ނުކުރުމަކީ ވެސް ދިރާސާ އިން ދޭ ހިތްވަރެކެވެ.