ދުވަސް ނުފުރާ އުފަންވި އެއްމާބަނޑު ތިން ފިރިހެން ކުއްޖަކު މިއަދު އައިޖީއެމްއެޗުގައި ނިއާވެއްޖެ އެވެ.
12 އޮކްޓޯބަރ 2021
ދުވަސް ނުފުރާ އުފަންވި އެއްމާބަނޑު ތިން ފިރިހެން ކުއްޖަކު މިއަދު އައިޖީއެމްއެޗުގައި ނިއާވެއްޖެ އެވެ.
މާލޭގައި އުޅޭ އައްޑޫ ދެމަފިރިއަކަށް ލިބުނު މި ކުދިންގެ މަރާ ގުޅޭ ގޮތުން ކުދިންގެ ބައްޕަ އަހްމަދު "މިހާރު" އަށް ކިޔައިދިން ގޮތުގައި އަންހެނުންގެ ބަނޑަށް ފަސް މަހުގައި ތިން ކުދިން އުފަންވުމާ ހަމައަށް ވެސް އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ. މިއަދު ހެނދުނާ ހަމައަށް ވެސް ހުރިހާ ކަމެއް ރަނގަޅު ކަމަށް އޭނާ ބުންޏެވެ.
މީގެ ހަ އަހަރު ކުރިން ކުރި ކައިވެންޏަށް ފަސް އަހަރުގެ އަންހެން ކުއްޖަކު ވެސް މި ދެމަފިރިންގެ އެބަހުއްޓެވެ.
"ބަނޑަށް ފަސް މަހުގައި ވޯޓާ ބޭގް ފަޅައިގެން އެ ދިޔައީ. އެމީހުން [އައިޖީއެމްއެޗް] އިން ބުނަނީ ބޮޑުވާނެ ޖާގަ ނުލިބިގެން ޕްރެޝާ ވެގެން ވޯޓާ ބޭގް ފަޅައިގެން ދިޔައީ ކަމަށް ކެއްސާލިތަނާ. އަންހެނުން ތަންކޮޅެއް ކުޑަކޮށް ހުންނާނީ. ދެން އެހެން ލަފާކުރެވެނީ،" އަސްރު ނަމާދުގެ ފަހުން ބޭއްވި ތިން ކުދިންގެ ޖަނާޒާއަށް ފަހު އާސަހަރާގައި ހުރެ އަހްމަދު ކިޔައިދިނެވެ.
"އިތުރު ހަމަ އެއްވެސް ކޮމްޕިލިކޭޝަނެއް ނެތް. ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް،" އަސަރާ އެކު އަހްމަދު ކިޔައިދިނެވެ. "ވަރަށް ރަނގަޅަށް ހުރިހާ ކަމެއް ވެސް ދިޔައީ. އެކަމަކު ދިމާވާން ހުރީމަ..."
އޭނާ ބުނި ގޮތުގައި އަނބިމީހާ ބަލިވެއިން ފަހުން ކްލިނިކަށް އަދި ފަހުން އައިޖީއެމްއެޗަށް ގަވާއިދުން އައީ ދައްކަމުންނެވެ.
އަހްމަދު ބުނި ގޮތުގައި ތިން ކުދިން ނިޔާވީ އުފަންވިތާ ގަޑިއެއްހާއިރު ވެސް ވީ ފަހުންނެވެ. އެއީ އުފަންވުމާ އެކު އެންއައިސީޔޫއަށް ގެންގޮސް އެތަނުގަ އެވެ.
"ހަމަ ނޯމަލްކޮށް ވިހެއީ. ހަމަ ބަލާބެލުމަށް ފޯމްވެފައި އޮތީ. އެކަމަކު އެމީހުން ބުނަނީ ކުދިންގެ ވެއިޓާއި ދިގު މިނާ ބަލާފައި އެ ކުދިން މަސައްކަތްކުރުން ވެސް ރަނގަޅެއް ނުވާނެޔޭ. އޯގަންސްތަކާ އެއްޗެހި ފުލީ ފޯމް ނުވަންޏާ ރަނގަޅު ނުވާނެއޭ،"
އަހްމަދު ބުނި ގޮތުގައި ވިހެއުމަށް ފަހު އަނބިމީހާގެ ހާލު ރަނގަޅެވެ.
ދެމަފިރިންނަށް އަލަށް ލިބުނު ފިރިހެން ކުދިން ހިތްދަތި ގޮތަކަށް ވަކިވެ މުޅި އާއިލާ ވަނީ ފުން ހިތާމައެއްގަ އެވެ.
ޑެންގީ ޖެހިގެން 9 އަހަރު ކުއްޖަކު ނިޔާވެއްޖެ
މިޝްކާގެ ވަކިވުން: ގެއްލުނީ ޖަވާހިރެއް!
އެމްބިއުލާންސްގެ އިންތިޒާރުގައި ތިއްބާ ހޭނެތި، މަރު!
ވިހާފައި އަންހެނުން މަރު, ދެން ދަރިފުޅު ބީވުމުގެ ބިރު
އުފެދުމުގައި އައިބު ހުރުން: ހާއްސަ ސަމާލުކަމެއް ދީ!
ދެ މަސް ތެރޭގައި 16 ތުއްތު ކުދިން މަރުވެއްޖެ!
އެކްސިޑެންޓްވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ
ކައިރިކައިރީގައި ތުއްތު ފަސް ކުއްޖެއްގެ މަރު!
އަލަތު ފިރިހެން ދަރިފުޅާ އެކު އުމުރަށް ވަކިވީ!
ކެފޭއެއްގައި އިންދާ ޚަބަރު ހުސްވި މީހަކު މަރުވެއްޖެ