Roadha Mihaaru
ހަ ލައްކަ ރުފިޔާގެ ބިލެއް ނުފޮނުވަން:އެމްޑަބްލިއުއެސްސީ

ހަ ލައްކަ ރުފިޔާގެ ބިލެއް ނުފޮނުވަން: އެމްޑަބްލިއުއެސްސީ

15 އޮކްޓޯބަރ 2021

ހިޔާ ފްލެޓަކަށް ހަ ލައްކަ ރުފިޔާގެ ފެން ބިލެއް ފޮނުވާފައިވާ ކަމުގެ ވާހަކަތައް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހިޔާ ފްލެޓަކަށް ހަ ލައްކަ ރުފިޔާގެ ފެން ބިލެއް ފޮނުވާފައިވާ ކަމުގެ ވާހަކަތައް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ފްލެޓު ލިބުނު މީހުންގެ ނަމަށް ފެން މީޓަރުތަކުގެ ރަޖިސްޓްރީ ބަދަލުކޮށް، ބިލް ކުރަމުން އައި ނަމަވެސް އާދަޔާ ހިލާފަށް ބިލު ބޮޑުވެފައިވާ ނަމަ އެ ބިލެއް ނުފޮނުވާނެ ކަމަށެވެ. އަދި ބިލް ބޮޑުވާ ނަމަ އެކަން ވެރިފަރާތުގެ ސަމާލުކަމަށް ގެންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީން މިހެން ބުނީ އެޗް 12 ޓަވަރުގެ ހަތް ވަނަ ފްލޯޯގެ އެޕާޓްމަންޓެއްގެ ބިލަށް މިދިޔަ މަހު 672،227ރ. އަރާފައިވާ ކަމުގެ މައުލޫމާތު އާއްމުވެފައި ވާތީ އެވެ. "މިހާރު" އަށް މައުލޫމާތު ދިން މީހަކު ބުނިގޮތުގައި ފެން ބިލް އާދަޔާ ހިލާފަށް ބޮޑުކަން އެނގުނީ ފެން ލީކެއް އުޅޭތީ އެމްޑަބްލިއުއެސްސީގެ އެޕުން ބެލުމުންނެވެ.

ހިޔާ ފްލެޓުތަކުގެ ފެން ބިލް ބޮޑުވުމުގެ މައްސަލަތައް މީގެ ކުރިން ވެސް ވަނީ ދިމާވެފަ އެވެ. އެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

ފެން ބިލުތަކުގައި މައްސަލައެއް އުޅޭކަން ފާހަގަ ކުރެވޭ ނަމަ އެމްޑަބްލިއުއެސްސީގެ ހޮޓްލައިން 105 އަށް ގުޅައި، އެކަން އެންގުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.