Roadha Mihaaru
ހިތަދޫ އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

އައްޑޫ ހިތަދޫގައި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

18 އޮކްޓޯބަރ 2021

އައްޑޫ ހިތަދޫގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ހިތަދޫގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ބާރު ސްޕީޑުގައި އެކަނި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ފާރެއްގައި ޖެހިގެން ރޭ ދަންވަރު 12:30 ހާއިރު ހިނގި މި އެކްސިޑެންޓުގައި މަރުވީ ހިތަދޫ ރަހަދޫގޭ މުހައްމަދު އަލްތާފް، 24 އެވެ.

އައްޑޫ ހޮސްޕިޓަލުން ބުނިގޮތުގައި އެ ޒުވާނާ މަރުވީ އެކްސިޑެންޓުގައި ބޮލަށް ލިބުނު އަނިޔާތަކާ ގުޅިގެން ރޭ ދަންވަރު 12:57 ގަ އެވެ.

އެކަމަކު، މި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އައްޑޫގައި މީގެ ކުރިން ވެސް މަގުމަތީގެ ނުރައްކާތެރި އެތައް ހާދިސާއެއް ހިނގައި އެތައް ބަޔަކު މަރުވެފައިވެ އެވެ.