Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ސައިކަލުން ވެއްޓުނު މީހަކަށް ސީރިއަސް އަނިޔާތަކެއް

އައްޑޫގައި ސައިކަލަކުން ވެއްޓުނު މީހަކަށް ސީރިއަސް އަނިޔާތަކެއް

18 މާޗް 2021

އައްޑޫ ލިންކް ރޯޑްގައި މިއަދު ހެނދުނު ސައިކަލަކުން ވެއްޓުނު އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ލިންކް ރޯޑްގައި މިއަދު ހެނދުނު ސައިކަލަކުން ވެއްޓުނު އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާދޭން ފަށައިފި އެވެ.

ހަންކެޑެ ހިސާބުގައި ހިނގި ހާދިސާގައި އަނިޔާވި މީހާގެ ބޯ ފެޅި އެތެރެއަށް ލޭ އެޅި ކޮނޑާއި މޭ ކަށިގަނޑަށް ވެސް ގެއްލުންވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި، އަނިޔާވި މީހާ އަކީ މަރަދޫފޭދޫގައި ދިރިއުޅޭ ހިތަދޫ މީހެކެވެ. މެދު އުމުރުގެ އަންހެން މީހާ އަށް އަނިޔާވީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލަށް ދަރިފުޅު ލާފައި އެނބުރި ރަށަށް ދިޔަ މަގުމަތީގަ އެވެ.

ނަަމަވެސް މި ހާދިސާ ހިނގި ގޮތާ ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.