Roadha Mihaaru
އެމްޕީއެލުން 47،000 ކޮންޓޭނާ ކްލިއާކޮށްފި

ފުރަތަމަ ހަ މަހު އެމްޕީއެލުން 47،000 ކޮންޓޭނާ ކްލިއާ ކޮށްފި

18 އޮކްޓޯބަރ 2021

މި އަހަރުގެ ފުރަތަމަ ހަ މަހު އެމްޕީއެލުން 47،408 ކޮންޓޭނާ ބާލައި ކްލިއާ ކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ފުރަތަމަ ހަ މަހު އެމްޕީއެލުން 47،408 ކޮންޓޭނާ ބާލައި ކްލިއާ ކޮށްފި އެވެ.

އެމްޕީއެލް އިން ބުނީ ފުރަތަމަ ހަ މަހު ގާތްގަނޑަކަށް 54،600 ޓަނުގެ މުދާ އެ ބަނދަރުން ކްލިއާ ކޮށްފައިވާ ކަމަށެވެ. އަދި 183 ކޮންޓޭނާ ބޯޓުން މުދާ ބަލާފައިވެ އެވެ.

އެމްޕީއެލް އިން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު 49،700 ކޮންޓޭނާ ކްލިއާ ކުރި އެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ ވުރެ ގާތްގަނޑަކަށް 2،000 ކޮންޓޭނާ މަދު އަދަދެކެވެ. މިދިޔަ އަހަރު ކޮވިޑާ ގުޅިގެން ފަހު ކޮޅު ރާއްޖޭގެ ވިޔަފާރި ބަނދަރުން ކްލިއާ ކުރި މުދާގެ އަދަދު ވަރަށް ބޮޑަށް މަދުވި އެވެ.

މާލޭގެ ވިޔަފާރި ބަނދަރަށް ބޭލޭނެ ކަމަށް ލަފާކޮށްފައި އިންނަނީ އަހަރަކަށް 60،000 ނުވަތަ 70،000 ކޮންޓޭނަރެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތުގެ ކުރިން 2019 ވަނަ އަހަރު އެކަނި 140،000 އެއްހާ ކޮންޓޭނާ ބާލައި ކްލިއާ ކޮށްފައިވެ އެވެ. ވިޔަފާރި ބަނދަރުގެ ކެޕޭސިޓީ އަށް ވުރެ އިތުރަށް އެތަނުގައި މުދާ ކްލިއާ ކުރަމުން އަންނަ އިރު އެކަމަށް ހައްލެއް ހޯދުމަށް ގުޅިފަޅުގައި އާ ބަނދަރެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ގުޅިފަޅުގައި ވިޔަފާރި ބަނދަރު ތަރައްގީ ކުރަނީ ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭ ގޮތަށެވެ. އެހެންވެ ބޯޓުތަކުން މުދާ ބޭލުން ވަރަށް ބޮޑަށް އަވަސްވާނެ ކަމަށް އެމްޕީއެލުން ބުނެފައިވެ އެވެ.