މާލެ އަތޮޅު އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުގެ އަތިރިމަތީގައި ދެކުނު ކޮރެއާގެ ޓޫރިސްޓަކު މަރުވެފައި އޮއްވައި އިއްޔެ ފެނިއްޖެ އެވެ.
18 އޮކްޓޯބަރ 2021
މާލެ އަތޮޅު އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުގެ އަތިރިމަތީގައި ދެކުނު ކޮރެއާގެ ޓޫރިސްޓަކު މަރުވެފައި އޮއްވައި އިއްޔެ ފެނިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ، އުމުރުން 35 އަހަރުގެ އެ ފިރިހެންމީހާގެ މަރުގެ ރިޕޯޓު ލިބުނީ އިއްޔެގެ މެންދުރު އެކެއް ޖަހާކަންހާއިރު ކަމަށާއި އެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އޭނާ މަރުވި ގޮތެއް އަދި ޔަގީނެއް ނުވެ އެވެ.
ރާއްޖެ އަށް ވަރަށް ބޮޑަށް މި ދުވަސްވަރު މޫސުން ގޯސްވެ، މިދިޔަ ތިން ވަރަކަށް ދުވަހުގެ ތެރޭގައި ހިނގި ހާދިސާތަކުގައި ވަނީ ދެ މީހަކު މަރުވެ، އެކަކު ގެއްލިފަ އެވެ. މަރުވެފައި ވަނީ މާލެ އިން ވ. އަތޮޅަށް ދަތުރު ކުރި ލޯންޗެއްގައި ރާޅެއް ޖެހި ހިނގި ކަނޑުމަތީގެ ހާދިސާގައި ކަނޑަށް ވެއްޓުނު އަންހެނެކެވެ. މި ހާދިސާގައި އޭނާގެ ހަގު ދަރިފުޅު ވަނީ ގެއްލިފަ އެވެ. އެ ކުއްޖާ އަދިވެސް ނުފެނެ އެވެ.
ދެވަނަ އަށް މަރުވީ މިއަދު ހެނދުނު މާލޭގެ ރަސްމީ ފާލަން ކައިރިން ބޭރު ތޮށިގަނޑުމަތީގައި މަސް ބާނަން ހުރި ދިވެއްސެކެވެ. އެ ފިރިހެންމީހާ މަރުވީ ވައި ބާރުވެ، މޫދަށް ވެއްޓިގެންނެވެ.
ސައުތު ކޮރެއާގައި ރާއްޖެ އިޝްތިހާރު ކުރަނީ
ކޭޕޮޕް ލަވަކިޔުންތެރިޔާ ވީސަން މަރުވެއްޖެ
ލަންކާގައި ދެ ޓޫރިސްޓަކު ވިހަވެގެން މަރުވެއްޖެ
އުކުޅަހުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ޓޫރިސްޓެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ
ރަސްދޫ މަރު: ހުއްޓޭނީ ލޯބިވެރިޔާއަށް އިންސާފު ހޯދާފައި
ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންއައި ޓޫރިސްޓަކު މަރުވެއްޖެ
ހަނީމޫނަށް ރާއްޖެއަށް ކުރި ދަތުރުގައި ގެނބިގެން މަރު
ފުވައްމުލަކުގައި ޑައިވިންއަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ
ވަރުގަދަ މެޗެއް؛ ކޮރެއާއަށް ރާއްޖޭގައި ބޮޑު ލަދެއް