ލަންޑަން (އޮކްޓޯބަރު 19) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްގެ އަވަށްޓެރި ކްރިސްޓަލް ޕެލަސް އަތުން ރޭ ބަލިވާން ދަނިކޮށް، ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި އެލްކްޒެންޑާ ލަކަޒޭ އެންމެ ފަހު ވަގުތު ޖެހި ލަނޑުން އެ ޓީމު ސަލާމަތްވެއްޖެ އެވެ.
19 އޮކްޓޯބަރ 2021
ލަންޑަން (އޮކްޓޯބަރު 19) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްގެ އަވަށްޓެރި ކްރިސްޓަލް ޕެލަސް އަތުން ރޭ ބަލިވާން ދަނިކޮށް، ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި އެލްކްޒެންޑާ ލަކަޒޭ އެންމެ ފަހު ވަގުތު ޖެހި ލަނޑުން އެ ޓީމު ސަލާމަތްވެއްޖެ އެވެ.
އާސެނަލް އިން 2003-2004 ވަނަ ސީޒަނުގައި އެއްވެސް މެޗަކުން ބަލި ނުވެ ޕްރިމިއާ ލީގު ކާމިޔާބު ކުރި ޓީމުގެ ކެޕްޓަން ޕެޓްރިކް ވިއޭރާގެ އިރުޝަދުގެ ދަށުން ކުޅުނު ކްރިސްޓަލް ޕެލަސްއާ ވާދަކޮށް އާސެނަލް އެއްވަރުވީ 2-2 އިންނެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ އަށްވަނަ މިނިޓުގައި ފުރަތަމަ ލީޑު ނެގީ އާސެނަލް އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އެވެ. އެއް ލަނޑުގެ ލީޑަކާ އެކު އާސެނަލް ފުރަތަމަ ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފު ފެށިގެން ފަސް މިނިޓު ތެރޭ ޖޯޑަން އަޔޫގެ އެހީތެރި ކަމާއެކު ޕެލަސްގެ ފޯވަޑް ކްރިސްޓިއަން ބެންޓެކޭ ވަނީ އެޓީމަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
ކްރިސްޓަލް ޕެލަސް އިން ލީޑު ނެގީ މެޗުގެ 73 ވަނަ މިނިޓުގައި އޮސްޑޯން އެޑުއާޑް ކާމިޔާބު ކޮށްދިން ގޯލަކުންނެވެ. އޭގެ ފަހުން އާސެނަލްގެ ވާތު ބެކް ކިއެރަން ޓިއޭނީ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއާ ވެސް އަމާޒުވެފަ އެވެ.
އާސެނަލް ބަލި ނުވެ ސަލާމަތްވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ އެންމެ ފަހު މިނިޓުގައި، ބަދަލު ކުޅުންތެރިޔާ ލަކަޒޭ ކާމިޔާބު ކޮށްދިން ގޯލުންނެވެ. މިއީ ލީގުގައި ލަކަޒޭ މިސީޒަނުގައި ޖެހި ފުރަތަމަ ލަނޑެވެ.
މި ނަތީޖާއާ އެކު އާސެނަލް އޮތީ 11 ޕޮއިންޓާ އެކު ލީގު ތާވަލުގެ 12 ވަނައިގަ އެވެ. ކޮންމެ ޓީމެއް ވެސް މިހާތަނަށް އަށް މެޗު ކުޅެފައި ވާއިރު، 19 ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ ޗެލްސީ އެވެ. ލިވަޕޫލް 18 ޕޮއިންޓާ އެކު ދެވަނައިގައި އޮތްއިރު، 17 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. އަދި 15 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތީ ބްރައިޓަން އެވެ.
އާދިއްތަ ދުވަހުގެ ރޭ 3-2 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް 15 ޕޮއިންޓް ހަމަކުރި ނަމަވެސް ފައިދާ ގޯލު މަދުވުމުން ޓޮޓެންހަމް އޮތީ ފަސް ވަނައިގަ އެވެ. ޓޮޓެންހަމްގެ ފަހަތުން ހަވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. އެ ޓީމަށް 14 ޕޮއިންޓް ލިބިފައިވާއިރު ތާވަލުގެ ހަތްވަނަ އަދި އަށްވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާއި އެވަޓަން އަށް ވެސް ލިބިފައި ވަނީ 14 ޕޮއިންޓެވެ.
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
އާސެނަލް ފުއްދާލީ ޕެނަލްޓީއަކުން، އާޓެޓާ ހުރީ އުފަލުން
ބްރޭކަށް ފަހު ވެސް އަންނަން ވާނީ އާސެނަލްގެ ގޮތުގައި
އާސެނަލް ކުރިއަށް، މޮޅަކާއެކު ޗެލްސީއަށް ހިތްހަމަޖެހުން
ފުރަތަމަ މެޗުން މޮޅުވެ އާސެނަލް އިތުބާރު ހޯދައިފި
ވިއެރާގެ ކްރިސްޓަލް ޕެލަސް އިން އާސެނަލް ބަލިކޮށްފި
ލީގުގައި ގާޑިއޯލާގެ 200 ވަނަ މެޗުން ބަލިވެއްޖެ
އާސެނަލްގެ މޮޅުވުމުގެ ސިލްސިލާ އަށް ނިމުމެއް
ލިވަޕޫލް ހަތް ގޯލު ޖަހައިފި، ސިޓީ އަށް މޮޅެއް
މުހިއްމު މޮޅަކާ އެކު ޗެލްސީ ތިން ވަަނަ އަށް