Roadha Mihaaru
ބަޖެޓާ ގުޅޭ ގޮތުން ރައީސް މެންބަރުންނާ ބައްދަލުކޮށްފި

ބަޖެޓުގެ މަޝްވަރާތަކަށް އެމްޑީޕީގެ މެމްބަރުންނާ ރައީސް ބައްދަލުކުރައްވައިފި

20 އޮކްޓޯބަރ 2021

އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމްޑީޕީގެ މެންބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމްޑީޕީގެ މެންބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، މި ބައްދަލުވުމުގައި އެ ދާއިރާތަކާ ގުޅޭ ގޮތުން ބަޖެޓުގައި ހިމަނާނެ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. ބަޖެޓުގައި ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން އަދި މިހާތަނަށް ބައްދަލުކުރެއްވީ ސަރުކާރަށް ނިސްބަތްވާ ދާއިރާތަކުގެ މެންބަރުންނާ އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނެވެ. ކޮންމެ އަހަރެއްގެ ބަޖެޓް ވެސް މި މަހުގެ 31 ގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހޭނެ އެވެ.

ފިނޭންސް މިނިސްޓްރީގެ "މެދު ރާސްތާ ފިސްކަލް ޑެޓް ސްޓްރެޓަޖީ" ގައިވާ ގޮތުން މި އަހަރަށް ސަރުކާރުން ހުށަހަޅާނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.