21 އޮކްޓޯބަރ 2021
ކަރަންޓު ބިލަށް ފަސް ލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހިފައިވާ 17 ރަށު ކައުންސިލަކުން ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ފޮނުވާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ކަރަންޓު ބިލަށް ފަސް ލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހިފައިވާ 17 ރަށު ކައުންސިލަކުން ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ފޮނުވާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ކަރަންޓު ބިލަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހި، އެ ބިލުތައް ނުދައްކާ ބައެއް ކައުންސިލުތައް އެބަ ހުއްޓެވެ. އެހެންވެ، އެތައް އިންޒާރެއް ދީގެން ވެސް ބިލް ނުދެއްކުމުން މިހާރު ފެނަކައިން ދަނީ ކައުންސިލް އިދާރާތަކުން ކަރަންޓު ކަނޑާލަމުންނެވެ. އިއްޔެ ނ. މާފަރު ކައުންސިލުން ކަރަންޓު ކަނޑާލާފައިވާއިރު މިއަދު ވަނީ ދ. ބަނޑިދޫ ކައުންސިލުން ވެސް ކަރަންޓު ކަނޑާލައިފަ އެވެ.
ފެނަކައިގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި މަހު 17 ކައުންސިލަކަށް ފަހުގެ އިންޒާރު ދީ އެ ކައުންސިލުތަކުން މިމަހުގެ 20 ގެ ކުރިން ފައިސާ ދައްކަން އަންގާފައިވާ ކަމަށެވެ.
"މިމަހުގެ 20 ގެ ކުރިން ދެއްކުމަށް އަންގައި ނޯޓިސް ފޮނުވީ. އޭގެ ކުރިން މިދިޔަ ހަތަރު ފަސް މަހު އެ ކައުންސިލްތަކަށް ނޯޓިސް ފޮނުވާފައި އަދި ހަނދާން ވެސް ކޮށްދެމުން މި އައީ ބިލު ދެއްކުމަށް،" އޮފިޝަލް ވިދާޅުވި އެވެ.
އެތަންތަނަށް އަލުން ކަރަންޓު ދޭނީ ދައްކަން ޖެހޭ ފައިސާ ދެއްކުމުން ނުވަތަ ފެނަކައާ މަޝްވަރާކޮށްގެން ވަކި ގޮތެއް ހަމަޖެއްސުމުންނެވެ. އެގޮތަށް މަޝްވަރާކޮށްގެން ބައެއް ކައުންސިލްތަކަށް އަލުން ކަރަންޓުދޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ސިޓީ ފޮނުވާފައި ކައުންސިލްތަކަށް އެކި ފަހަރު އެކި މުއްދަތުދީފައި ހުންނާނީ ފެނަކައިން. އެވަރުން ވެސް ބިލު ނުދެއްކީމަ މި ކަނޑާލަނީ،"
އޮފިޝަލް ވިދާޅުވީ ކަރަންޓު ކަނޑާލުމުގައި ވަކި ކައުންސިލެއް ނުބަލާނެ ކަމަށެވެ. ކައުންސިލުތަކުން ވެސް ކަރަންޓު ކަނޑަނީ އާންމު ގެތަކުން ވެސް ބިލު ނުދެއްކުމުން ކަރަންޓު ކަނޑާލާ އުސޫލުންނެވެ.
މާފަރު ކައުންސިލުން ވެސް ނުދައްކާ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އޮތްއިރު ކައުންސިލުގެ ދަށުން ހިންގާ އިމާރާތްތަކުގެ ކަރަންޓު ބިލު ވެސް ހުރީ ނުދައްކަ އެވެ.
މިދިޔަ ތިން އަހަރު ބަނޑިދޫ ކައުންސިލު އިދާރާގެ ކަރަންޓު ބިލު ދައްކާފައިނުވާތީ އެތަނުން ވެސް ކަރަންޓު ކަނޑާލީ އެތައް ފަހަރަކު އިންޒާރު ދިނުމަށް ފަހު އެވެ.
ބަނޑިދޫ ކައުންސިލުން ފެނަކަ އަށް ދައްކަން ޖެހޭ 1.5 މިލިއަން ރުފިޔާ އެބަ އޮތެވެ.
އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު މޫސާ "މިހާރު" އަށް ވިދާޅުވި ގޮތުގައި މިއަދު ހެނދުނު 10:15 ހާއިރު އެ އިދާރާގެ މަސައްކަތްތައް ކުރިއަށްދަނިކޮށް ކަރަންޓު ކަނޑާލާފައިވަނީ ބިލުތައް ނުދައްކާ ނަމަ، ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރާއި ނޯޓިސް އެތައް ފަހަރު ދިނުމަށް ފަހު ކަމަށެވެ.
"އިއްޔެ ވެސް އަޅުގަނޑަށް ފެނަކައިން ގުޅާފައި ބުނި ހެޑް އޮފީހުން އަންގައިފިއޭ މިހާރު ކަރަންޓު ކަނޑާލަން. މީގެ ކުރިން ވެސް އެތައް ފަހަރު ބުނި ކަރަންޓު ކަނޑާލާނަމޭ ބިލު ނުދައްކައިފިއްޔާ. އެކަމަކު އަދި ކިރިޔާ ބިލު ނުދައްކައިގެން އެ ކަނޑާލީ،" ކައުންސިލް ރައީސް ވިދާޅުވި އެވެ.
ކައުންސިލުން ކަރަންޓު ކަނޑާލި ނަމަވެސް ޕެންޑިންގައި ހުރި ބިލްތައް ދެއްކެން އޮތީ ފިނޭންސް މިނިސްޓްރީން އެހީވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކައުންސިލާ ހަވާލުވިއިރު ވެސް 1.3 މިލިއަން ރުފިޔާގެ ކަރަންޓު ބިލު ނުދައްކާ އޮތެވެ. އެއީ 2019 އިން ފެށިގެން އެއްވެސް ބިލެއް ދައްކާފައިނުވާތީ އެވެ. އަދި މިއަހަރު ކައުންސިލާ ހަވާލުވިއިރު ބިލު ދެއްކުމަށް ބަޖެޓްގައި ހުރީ 4،000ރ. ކަމަށާއި އެހެންވެ ކުރީގެ ބަޖެޓް ރިވައިޒްކޮށް ކަނޑައެޅީ އޮކްޓޫބަރުން ފެށިގެން ބިލު ދެއްކުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރު ހަވާލުވިއިރު ވެސް އެހާ ބޮޑު އެއްޗެއް އަރާފައި އޮތީމަ އަޅުގަނޑުމެން މިސްކިތުގެ އޭސީތައް ކަނޑާލައި ކައުންސިލުގެ ވެސް ބައެއް އޭސީތައް ކަނޑާލީ ކަރަންޓު ހަރަދު ކުޑަކުރަންވެގެން. މަގު ބައްތީގެ ވޯލްޓޭޖް ވެސް ދަށްކުރަން އޮތީ ނިންމާފައި،"
ކަރަންޓު ބިލުތައް ދެއްކުމަށް ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީގައި ވެސް އެތައް ފަހަރު އެދިފައިވެ އެވެ. އެގޮތަށް ކުރެވުނު މަޝްވަރާގެ ދަށުން ބައެއް ފައިސާ ހަމަޖެހޭނެ ކަމުގެ ފެހި ސިގްނަލެއް ވެސް ލިބުނު ކަމަށް އޭނާ ވިދާޅުވެ އެވެ.
"ކުރިން ކައުންސިލުތަކުން ދައްކަން އޮވެފަ ދައުލަތުން ބިލު ދައްކާ ގޮތަށް އޭރު ރައީސް ޔާމީންގެ ވެރިކަމުގަ ބަދަލުވި. އޭރު ދައުލަތުން ދައްކަން ޖެހޭ ފައިސާ އިން ވެސް 150،000 އެއްހާ ރުފިޔާ ނުދައްކާ އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
ބިލުތައް ދެއްކުމަށް ކައުންސިލަށް ދަތިވެފައި ވަނީ ކައުންސިލުގައި އެވަރަށް ބަޖެޓް ނެތުމުންނެވެ. މިއަހަރަށް ކުރިން ހަ މިލިއަނެއްހާ ރުފިޔާދޭން ކަނޑައެޅި ނަމަވެސް ފަހުން ކޮވިޑާ ހެދި ލިބުނީ ދެ މިލިއަނެއްހާ ރުފިޔާ ކަމަށް ވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ.
"ބަޖެޓްގެ ހާލަތުގައި ހުރި ގޮތުން ގްރާންޓުގެ ދަށުން ވެސް ޕެންޑިން ބިލުތައް ދެއްކެން ނެތީ. އެ ލިބޭ ބެޖެޓުން މުވައްޒަފުންގެ މުސާރަ ދޭން ވެސް އެބަ މިލިއަނެއްހާ ރުފިޔާ އަރާ. އޭގެން ބާކީ ވަނީ މަދު އެއްޗެއް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"ޕްރީސްކޫލުގެ ބިލު ވެސް ނުދެއްކޭ. އެކަމަކު އަދި ކަރަންޓު ކަނޑާލީ ހަމައެކަނި ކައުންސިލުން."
ކަރަންޓު ކަނޑާލުމުން ކައުންސިލުގެ ހިދުމަތްތައް ވެސް ހުއްޓިފައިވާއިރު އެކަން މިހާރު އެލްޖީއޭ އަށް ވެސް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިލް ނުދައްކައިގެން މިފަަހަރު ކަރަންޓު ކަނޑާލި އެއްވެސް ކައުންސިލަކަށް އަދި އަލުން ކަރަންޓެއް ނުދެ އެވެ.
މާފަރާއި ބަނޑިދޫގެ އިތުރުން ދެން ބިލުތައް ނުދައްކައިގެން ނޯޓިސް ފޮނުވި ރަށްތަކެއް ސާފެއް ނުވެ އެވެ.
މާފަރު ކައުންސިލަށް އަލުން ކަރަންޓް ދީފި
ކަރަންޓު ކަނޑާލުމުން މާފަރު ކައުންސިލް ހުއްޓުމަކަށް
ކައުންސިލްތަކުގެ ބްލޮކްގްރާންޓް 2ބިލިއަނަށް އިތުރުކުރަނީ
ކުންފުންޏަކަށް 13 މިލިއަން ދޭން ފެނަކައަށް ހުކުމެއް
ފެނަކަ ސައީދުގެ ޕާސްޕޯޓް ހިފަހައްޓައިފި
ފެނަކައިގެ 6.7 މިލިއަން ހިފަހައްޓަން އަމުރު ނެރެފި
މަތިމަރަދޫ ފެނަކަ އޮފީހުގެ ވެރިއެއްގެ މައްސަލަ ޕީޖީއަށް
އައްޑޫގައި ފަހުން ހެދި މަގުތައް އަލުން ކޮންނަނީ
ފެނަކައަށް 39ޖަނަރޭޓަރު ގަނެ މައްސަލަތައް ހައްލުކުރަނީ
އައްޑޫގެ އާ އިންޖީނުގެ އަޅަން ބިން ހަމަޖައްސަނީ