ރަށްރަށުގައި ދިމާވެފައިވާ ކަރަންޓް މައްސަލަތައް ހައްލުކުރަން ފެނަކައިން 39 ޖަނެރޭޓަރު ސެޓު ގަތުމަށް ބިޑަށް ހުޅުވާލައިފި އެވެ.
07 އޮކްޓޯބަރ 2024
ރަށްރަށުގައި ދިމާވެފައިވާ ކަރަންޓް މައްސަލަތައް ހައްލުކުރަން ފެނަކައިން 39 ޖަނެރޭޓަރު ސެޓު ގަތުމަށް ބިޑަށް ހުޅުވާލައިފި އެވެ.
ފެނަކައިން ރަށްރަށަށް ކަރަންޓު ދިނުމަށް ވަރަށް ގިނަ ދުވަސްވެފައިވާ ޖަނެރޭޓަރު ވެސް ދަނީ ބޭނުންކުރަމުންނެވެ. އޭގެ ސަބަބުން ބައެއް ރަށްރަށަށް ކަރަންޓުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ.
ފެނަކައިން ކުރި އިއުލާނެއްގައި ބުނި ގޮތުގައި އެ ކުންފުންޏަށް ހޯދަމުން ދަނީ 250 ކިލޯވޮޓާއި 1600 ކިލޯވޮޓާ ދެމެދުގެ ޖަނެރޭޓަރުތަކެކެވެ.
އެ ތަކެތި އެ ކުންފުންޏަށް ވިއްކުމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވަނީ ބިޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. ފެނަކަައިން ބުނި ގޮތުގައި ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 3000-5000 ޑޮލަރާ ދެމެދުގެ އަގެކެވެ.
- 250 ކިލޯވޮޓުގެ 7 ގަނެރޭޓަރު ސެޓް
- 400 ކިލޯވޮޓްގެ 6 ޖަނެރޭޓަރު ސެޓް
- 600 ކިލޯވޮޓްގެ 8 ޖަނެރޭޓަރު ސެޓް
- 800 ކިލޯވޮޓްގެ 5 ޖަނެރޭޓަރު ސެޓް
- 1000 ކިލޯވޮޓްގެ 6 ޖަނެރޭޓަރު ސެޓް
- 1200 ކިލޯވޮޓްގެ 5 ޖަނެރޭޓަރު ސެޓް
- 1600 ކިލޯވޮޓްގެ 2 ޖަނެރޭޓަރު ސެޓް
ފެނަކައިން ވަކިވަކިން ކޮށްފައިވާ އެ އިއުލާންތަކުގައިވާ ގޮތުން މި މަހުގެ 7 އިން 14 ގެ ނިޔަލަށް ބޮޑުގައި ރަޖިސްޓްރީވެވޭނެ އެވެ. އަންދާސީ ހިސާބު ހުށަހަޅަން ހުޅުވާލާފައި ވަނީ މި މަހުގެ 15 އާއި 16 ގަ އެވެ.
ފެނަކައިން ބުނީ ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަންނާނެ އެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ކުންފުންޏަށް މެއިލް ކޮށްގެން ލިބޭނެ ކަމަށް ބުންޏެވެ.
ކަރަންޓުގެ މައްސަލަ ހައްލުކުރަން ގިނަ އަދަދެއްގެ ޖަނެރޭޓަރު ހޯދަން ފެނަކައިން އިއުލާނުކޮށްފައިވާއިރު މިފަހުން އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ. އައްޑޫގެ ފަސް ޖަނަރޭޓަރެއް ހަލާކުވެ ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދޭ މައްސަލަ ފެންމަތިވީ މީގެ ދެ މަހެއް ކުރިންނެވެ. އެކަމަކު އަދިވެސް އެ މައްސަލަ ހައްލެއް ނުވެ އެވެ.
ރަށްރަށުގައި ކަރަންޓުގެ މައްސަލަ ބޮޑުވެ، ބައެއް ފަހަރު ކައިރި ރަށްރަށުން ޖަނެރޭޓަރު ގެންދަން ވެސް ޖެހެ އެވެ. އެކަމަކު މި ފަހުން ފުވައްމުލަކުގައި ކަރަންޓުގެ މައްސަލަ ދިމާވެ، ގދ. ގައްދޫގައި ހުރި ބޭނުންނުކުރާ ޖަނެރޭޓަރެއް ގެންދަން އުޅުމުން ވެސް އެ ރަށު މީހުން ނިކުމެ، އެ ޖަނެރޭޓަރު ރަށުން ބޭލިޔަ ނުދިނެވެ.
އައްޑުއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
ކަރަންޓު މައްސަލާގައި ކޮމިޓީއަށް ފެނަކަ ހާޒިރުކުރަނީ
އައްޑު އަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދަނީ
ދެ ޖަނަރޭޓަރު ހަލާކުވެ, ކެލާގެ ކަރަންޓު ކެނޑެނީ!
އައްޑޫގައި ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެއްޖެ
އަނެއްކާވެސް އައްޑޫން ކަރަންޓުކެނޑޭ މައްސަލަ ބޮޑުވެއްޖެ
ކަރަންޓު ކެނޑޭ މައްސަލަ ރޯދައިގެ ކުރިން ހައްލުކުރަނީ
ކަރަންޓް ބިލްތަކަށް 400 މިލިއަން ފެނަކައަށް ނުލިބޭ
އައްޑޫގެ ގުޅިފައިވާރަށްތަކުން އަނެއްކާ ކަރަންޓު ކެނޑެނީ
ތިން އަހަރު ތެރޭ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރަނީ