Roadha Mihaaru
ތިލަފުއްޓަށް ގެނައި ބަދަލުން ވަރަށް އުފާވޭ: ނަސީމް

ތިލަފުއްޓަށް ގެނައި ބަދަލު ފެނި ވަރަށް އުފާވެއްޖެ: ހެލްތު މިނިސްޓަރު

24 އޮކްޓޯބަރ 2021

ކުނިން ހިއްކާފައިވާ ތިލަފުއްޓަށް މިދިޔަ އަށެއްކަ މަސްދުވަހުގެ ތެރޭގައި ވަރަށް ބޮޑު ހެޔޮބަދަލެއް ގެެނެސްފައިވާ ކަމަށް ވިދާޅުވެ، ހެލްތު މިނިސްޓަރު އަހުމަދު ނަަސީމް، އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާ އަށް ވަަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުނިން ހިއްކާފައިވާ ތިލަފުއްޓަށް މިދިޔަ އަށެއްކަ މަސްދުވަހުގެ ތެރޭގައި ވަރަށް ބޮޑު ހެޔޮބަދަލެއް ގެެނެސްފައިވާ ކަމަށް ވިދާޅުވެ، ހެލްތު މިނިސްޓަރު އަހުމަދު ނަަސީމް، އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާ އަށް ވަަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

ތިލަފުއްޓަށް އިއްޔެ ވަޑައިގެން އެ ތަނުގެ ހާލަތު ބައްލަވައިލެއްވުމަށް ފަހު، މީޑިއާއާ ހިއްސާ ކުރެއްވި ވީޑިއޯ އިންޓަވިއުއެއްގަައި ނަސީމް ވިދާޅުވީ، ތިލަފުށީގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ކުރިން ކުރިއަށް ދިޔަ ގޮތް އޮތީ ވަރަށް ބޮޑު މައްސަލައަކަށް ވި ކަމަށެވެ. އެ ދުވަސްވަރު އެ ތަނުން ނުރައްކާތެރި މާއްދާތައް މޫދަށް އެޅި މުރަކަތައް ހަލާކުވުމާއި ބަލިތައް ފެތުރުމުގެ ނުރައްކާ ވަރަށް ބޮޑަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ތިލަފުށިން ނުބައިވަސް ދުވުމާއި މެހި ފެތުރުމުގެ މައްސަލަ ވެސް ކުރިން ވަރަށް ބޮޑަށް އޮތް ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ މިހާރު މި ތަން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކޮށްގެން މި ތަން ބެލެހެއްޓޭތީ އަޅުގަނޑު ވަރަށް އުފާކުރަން. ވަަރަށް ބޮޑަށް އުފާކުރަން،" ނަސީމް ވިދާޅުވި އެވެ.

ތިލަފުށި މީގެ ކުރިން އޮތް ގޮތާއި މިހާރު އޮތް ގޮތް އަޅައި ކިޔުއްވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ވީޑިއޯ އަށް އޭނާ ހުއްޓިވަޑައިގެން ހުންނެވި ސަރަހައްދަކީ މީގެ އަށެއްކަ މަސް ކުރިން އޮތް ގޮތުން، ނުބައިވަހާއި މެހީގެ އުނދަގުލާ ހެދި މަޑުކޮށްލަން ވެސް ނުކެރޭ ސަރަހައްދެއް ކަމަށެވެ. އެކަމަކު އެކަން މިހާރު މުޅިން ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާ، ތިލަފުށީގެ ކުނިގޮނޑު އިއްޔެ ބައްލަވައިލައްވަނީ.--- ފޮޓޯ: އެންވަަޔަރްމެންޓް މިނިސްޓްރީ

އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާ، ތިލަފުށީގެ ކުނިގޮނޑު އިއްޔެ ބައްލަވައިލައްވަނީ.--- ފޮޓޯ: އެންވަަޔަރްމެންޓް މިނިސްޓްރީ

"އެހެންވީމާ އަޅުގަނޑު ވަރަށް ބޮޑަށް ހިތްހަމަޖެހިފައި މި ހުންނަނީ މިކަމާ. މިހާރު ވެސް އަޅުގަނޑުމެން ވަރަށް ގާތުން މަސައްކަތް ކުރަމުން މި ގެންދަނީ މީގެ ހެލްތު ހެޒާޑްސް އާއި މި ދިމާވާ ކަންތައްތަކުން އަޅުގަނޑުމެން ސަލާމަތް ވާނެ ގޮތްތައް ހޯދަން،" ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ތިލަފުށީގައި ސަރުކާރުން ފަށަން ތައްޔާރު ވަމުން އަންނަ މަޝްރޫއު ނިމުމުން މުޅި ރާއްޖޭގެ ކުނީގެ މައްސަލަ އަށް ވެސް ހައްލު ލިބޭނެ ކަމަށެވެ. އެއީ ނަސީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ގިނަ ރަށްތަކުގެ ގޮނޑުތައް ހުސްކުރަން ކުނި ގެންނަނީ ތިލަފުއްޓަށް ކަމަށް ވާތީ އެވެ. ކުނި ރަނގަޅަށް މެނޭޖްކުރުމުގެ މަސައްކަތް ފަށަން ޖެހޭނީ ގެއާ ހިސާބުން ކަމަށާއި ކުނީގެ އެކި ބާވަތްތައް ގޭގައި ވަކިކޮށްގެން އުކައިލުމަކީ ފުރަތަމަ މަރުހަލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ އެންވަޔަރްމެންޓް އިޝޫއެއް، މިއީ ހެލްތު އިޝޫއެއް. މިއީ މީހުންގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއް،" ނަސީމް ވިދާޅުވި އެވެ.