Roadha Mihaaru
މަހްމޫދުގެ މަރުގައި ބިދޭސީ މީހާއަށް ނޫނީ ތުހުމަތެއްނެތް

މަހްމޫދު މަރާލުމުގައި ބިދޭސީ މީހާގެ ބައިވެރިވުން ނޫނީ އަދި ފެންނާކަށް ނެތް: ޕޮލިސް

24 އޮކްޓޯބަރ 2021

އދ. ދަނގެތީގައި އެ ރަށު ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ ފިޔަވައި އެ މައްސަލައާ ގުޅުމެއް ހުރި އިތުރު މީހަކު އަދި މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އދ. ދަނގެތީގައި އެ ރަށު ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ ފިޔަވައި އެ މައްސަލައާ ގުޅުމެއް ހުރި އިތުރު މީހަކު އަދި މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ 14 ވަނަ ދުވަހު މަހްމޫދު މަރާލި މައްސަލާގައި ތަފްސީލް ހާމަކޮށް ފުލުހުން ފުރަތަމަ ފަހަރަށް ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ތުހުމަތަށް ހައްޔަރުކޮށްފައިވާ ބަންގްލާދޭޝް މީހެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) އުޅުނު ގެ ފާސްކޮށް މައްސަލައާ ގުޅުން ހުރި ވަރަށް ގިނަ އެއްޗެހި ވަނީ ވަޅުލާފައި ވަނިކޮށް ނަގައިފަ އެވެ. އެ ތަކެތި ފުލުހުންގެ ބެލުުގެ ދަށަށް ގެންގޮސް ތަހުލީލުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހޯދާފައިވާ ތަކެތީގެ ތެރޭގައި މަހްމޫދުގެ ފޯނާއި އައިޑީ ކާޑު ހިމެނެ އެވެ.

އަނިޔާވެރި ގޮތަކަށް މަރާލައި ގޯންޏަކަށް ލައި ފެންވަޅަކަށް ވައްޓާލާފައި އޮއްވައި މަހްމޫދު، 57، ފެނުނުތާ ދެ ދުވަސް ފަހުން ހައްޔަރުކުރި 29 އަހަރުގެ ސާލިމް މިހާރު ހުރީ ކޯޓުން ދިން 15 ދުވަހުގެ ބަންދުގައި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި މިހާރުވެސް ގެންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހޯމިސައިޑް އިންވެސްޓިގޭޝަންގެ ޓީމަކާއި އދ. އަތޮޅު ފުލުހުންނާއި ފޮރެންސިކް ފުލުހުން ގުޅިގެން ތަހުގީގުކުރަމުންނެވެ.

ސާލިމަކީ ދަނގެތީ ގެއެއްގައި، އުމުރުން ދުވަސްވީ މީހަކު ބަލަން ގެނެސް ހުރި މީހެކެވެ. އެ ގޭގައި އުޅެމުން އައީ ސާލިމާއި އުމުރުން ދުވަސްވީ މީހާ އެކަންޏެވެ. މަރުގެ ތުހުމަތަށް ސާލިމް ހައްޔަރުކުރީ މަހްމޫދު ގެއްލުނު ރޭ އެ ގޭތެރެއިން މީހަކު ހަޅޭއްލެވި އަޑު އިވި އަދި އެ ގޭ ގޯތިތެރޭގައި މީހަކު ދަމާފައި ގެންދާ ކަހަލަ ގޮތަކަށް އެހެން މީހަކަށް މަންޒަރު ފެނުނު ކަމަށް ކުރި ރިޕޯޓަކަށް ފަހުގަ އެވެ.

މަހުމޫދު މަރާލައި ވައްޓާލާފައި އޮތީ، ސާލިމް ދިރިއުޅުނު ނެދުންގެއާ އެއް މަގެއްގައި މާދުރު ނޫން ހިސާބެއްގައި ހުންނަ ފަޅު ގެއެއްގެ ފެން ވަޅަށެވެ.