29 އޮކްޓޯބަރ 2021
މިދިޔަ ޖޫން މަހު ހާޓްއެޓޭކެއް ޖެހިގެން މަރުވި ބޮލީވުޑްގެ ޑައިރެކްޓަރު ރާޖް ކޯޝަލްގެ ވެބް ސީރީޒް "އައްކަޅު ބައްކަޅު ރަފޫ ޗައްކަރު" އަންނަ މަހުގެ 3 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިދިޔަ ޖޫން މަހު ހާޓްއެޓޭކެއް ޖެހިގެން މަރުވި ބޮލީވުޑްގެ ޑައިރެކްޓަރު ރާޖް ކޯޝަލްގެ ވެބް ސީރީޒް "އައްކަޅު ބައްކަޅު ރަފޫ ޗައްކަރު" އަންނަ މަހުގެ 3 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިހާރު ޓީޒާއެއް ވެސް އާންމު ކޮށްފައިވާ މި ސީރީޒްގެ ކާސްޓްގައި ހިމެނެނީ ވިކީ އަރޯރާ، އަނޫޖް ރާމްޕާލް،. ސްވަތީ ސެމްވާލް، މޯހަން އަގާޝޭ، ޝިޝިރް ޝަރުމާ އަދި މަނީޝް ޗައުދަރީ އެވެ. "އައްކަޅު ބައްކަޅު ރަފޫ ޗައްކަރު" އަކީ ރާޖް ޕްރޮޑިއުސްކޮށް، ޑައިރެކްޓް ކޮށްފައިވާ އެއްޗެކެވެ. މީގެ ސްކްރީންޕްލޭ ލިޔުނީ އަމަން ޚާނެވެ.
"ޕިޔާރު މޭ ކަބީ ކަބީ" އާއި "ޝާދީ ކޭ ލައްޑޫ" އަދި "އެންތަނީ ކޯން ހޭ" ފަދަ ފިލްމުތައް ޑައިރެކްޓްކުރި ރާޖަކީ ބަތަލާ މަންދިރާ ބޭދީގެ ފިރިމީހާ އެވެ. ރާޖް، 50. ހެޓޭކެއް ޖެހިގެން މަރުވީ ޖޫން މަހުގެ 30 ގަ އެވެ.
އޭނާގެ އެންމެ ފަހުގެ މަސައްކަތް އެމެޒޯން ޕްރައިމުން ގެނެސްދޭން ނިންމުމާ ގުޅިގެން މަންދިރާ އިންސްޓަގްރާމްގައި ބުނީ ފިރިމީހާ އަކީ އަބަދު ވެސް މަސައްކަތަށް ވަރަށް ބޮޑު ލޯތްބަކާއި ޝައުގުވެރިކަމެއް ދިން މީހެއް ކަމަށާއި އޭނާގެ އެންމެ ފަހުގެ މަސައްކަތް ބެލުންތެރިންނާ ހަމައަށް އައުމަކީ ވަރަށް ޖަޒުބާތީ ކަމެއް ކަމަށެވެ. އަދި "އައްކަޅު ބައްކަޅު ރަފޫ ޗައްކަރު" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ އެއްޗަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށާއި އެއަށް ކާމިޔާބީ އަށް އެދޭ ކަމަށް އާންމުކޮށް ފިލްމުތަކުގައި ސަޕޯޓިން ރޯލުތައް ކުޅޭ މަންދިރާ ބުންޏެވެ.
ބޮލީވުޑްގެ ވަރުގަދަ ކާސްޓަކާ އެކު "ދަ ރޯޔަލްސް"
ދީޕިކާގެ "ގެހެރިޔާ" ގެ ޓްރެއިލާ ދައްކާލައިފި
ދީޕިކާގެ "ގެހެރިޔާ" ބެލެނީ އަންނަ މަހު
"އަތުރަންގީ-ރޭ" ގައި ސާރާ ވަރަށް މޮޅު
ދީޕިކާގެ ބޯލްޑް ފިލްމު އެމެޒޯން ޕްރައިމަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"އަތުރަންގީ ރޭ" ގައި ފެންނާނީ ކުޑަ ރޯލަކުން: އަކްޝޭ
"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސްގައި
ދީޕިކާ "ބޯލްޑްކަމުން" ފިލްމު ޑިޖިޓަލް ޕްރީމިއާއަކަށް
ދީޕަކް ތިޖޯރީގެ ދަރިފުޅު ވެސް ބޮލީވުޑަށް