ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާ ގުޅޭ މައްސަލައެއްގައި ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކޮށްދޭން އެދުނީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް ކަމާ ގުޅޭ އެއްވެސް އިދާރާއަކުން ސާފުކޮށެއް ނުދިނެވެ.
28 އޮކްޓޯބަރ 2021
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާ ގުޅޭ މައްސަލައެއްގައި ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކޮށްދޭން އެދުނީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް ކަމާ ގުޅޭ އެއްވެސް އިދާރާއަކުން ސާފުކޮށެއް ނުދިނެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "މިހާރު" އަށް މިއަދު ވިދާޅުވީ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގު ކުރި މައްސަލައެއްގައި ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނާއި ދައުލަތުގެ ކަމާގުޅޭ ބައެއް މުއައްސަސާތަކުގެ މުވައްޒަފުން އަދި އިސްވެރިންނަށް ދައުވާ ކޮށްދިނުމަށް އެދި އެ ކޮމިޝަނުން ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގައި އިހުމާލުވި ކަމަށް އެޗްއާރުސީއެމުން ތުހުމަތު ކުރެވޭ ގިނަ ބަޔަކު އެބަތިބި ކަމަށް އޭނާ ވިދާޅުވި ނަމަވެސް އޭގެ ތަފުސީލެއް ނުދެއްވަ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ކުޑަކުދިންގެ ހިޔާގެ މައްސަލައާ ގުޅޭގޮތުން ދައުވާ ކޮށްދިނުމަށް އެދުނު މީހުންގެ ތެރޭގައި ޒެނީޝާ ހިމެނެ އެވެ.
ޝަފީއު ވިދާޅުވިގޮތުގައި، ދައުވާތަކާ ގުޅޭގޮތުން އެޗްއާރުސީއެމާއެކު މަޝްވަރާ ކުރަމުން އަންނައިރު، އަންނަ ހަފުތާގައި ގޮތެއް ނިންމުމަށް މަސައްކަތް ކުރާނެ އެވެ.
އެކަމާ ގުޅޭގޮތުން އެޗްއާރުސީއެމުން ބުނީ ހިޔާއާ ގުޅުން ހުރި މައްސަަލަތަކެއް ތަހުގީގުކޮށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އިތުރު ތަފުސީލެއް ނުދެ އެވެ.
"މައްސަލަަތައް ތަހުގީގުކުރުމުގައި ޒާތީ ކަމެއް ނޯންނާނެ"
ކުށެއް ނުކުރަން، މުޅި މައްސަލަަކީ ޒާތީވުމެއް: ޒެނީޝާ
ޕީޖީގެ އިހުމާލުން ޣައިރުގާނޫނީ ބަންދެއްގައި 34 ދުވަސް
މުއްދަތުގެ ތެރޭގައި ތަހުގީގުކުރަން ދަތިވާ މައްސަލަ ޕީޖީއަށް
ޕީޖީ ހުށަހަޅުއްވަނީ އެކީއެކައްޗަކަށް މައްސަލަ ނިންމަން
ވާނުވާ ބަންދުގައި 417 މީހުން، ޖަލުތައް ފުރިފައި!
ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ
މުޒާހަރާކުރި ޓެކްސީ ޑްރައިވަރުންނަށް ދައުވާކޮށްފި
މަޝްއަރު ކުންފުނީގެ ވެރިޔާ އަށް ދައުވާ ކޮށްފި
އެޗްއާރުސީއެމްގެ ނައިބު ރައީސަކަށް މުއުމިނާ