Roadha Mihaaru
ރަށްރަށް އެމްބިއުލާންސްތައް ފޮނުވަން ފަށައިފި

ރަށްރަށް އެމްބިއުލާންސްތައް ފޮނުވަން ފަށައިފި

30 އޮކްޓޯބަރ 2021

އެމްބިއުލާންސް ފޮނުވަން ސަރުކާރުން ނިންމި ރަށްތަކުގެ ތެރެއިން 20 ރަށަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އެމްބިއުލާންސް ފޮނުވަން ސަރުކާރުން ނިންމި ރަށްތަކުގެ ތެރެއިން 20 ރަށަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ހެލްތު މިނިސްޓްރީން 96 އެމްބިއުލާންސް ގެނައުމަށް މިދިޔަ ޖޫން މަހު އެސްޓީއޯއާ ހަވާލުކޮށްފައިވާއިރު، އޭގެ ތެެރެއިން 20 އެމްބިއުލާންސެއް މި މަހު ވަނީ ގެނެސްފަ އެވެ.

އެމްބިއުލަންސް ފޮނުވަން ނިންމާފައިވާ ރަށްތަކަކީ ހއ. އުލިގަން، ހއ. ފިއްލަދޫ، ހދ. މަކުނުދޫ، ހދ. ނޮޅިވަރަމް، ށ. މަރޮށި، ށ. ފޯކައިދޫ، ނ. މިލަދޫ، ނ. ހެނބަަދޫ، ރ. އިނގުރައިދޫ، ޅ. ކުރެންދޫ، ބ. ތުޅާދޫ، ބ. ކުޑަރިކިލު، ކ. ހުރާ، އއ. ތޮއްޑޫ، އދ. ދަނގެތި، ފ. ބިލެއްދޫ، ތ. މަޑިފުށި، ތ. ގާދިއްފުށި، ލ. މާމެންދޫ އަދި ގއ. ގެމަނަފުއްޓެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލު "މިހާރު" އަށް މިރޭ ވިދާޅުވީ، މި ހުރިހާ އެމްބިއުލާންސްތައް ވެސް ރަށްރަށަށް ގެންގޮސްދެނީ އެ ކުންފުނިން ހިލޭ ކަމަށެވެ. އަދި 20 އެމްބިއުލާންސްގެ ތެރެއިން ބާކީ ހުރި އެމްބިއުލާންސްތައް ވެސް މިރޭ ފުރުވައިލާނެ ކަމަށް ވިދާޅުވި އެވެ.

މި އަހަރު ނިމުމުގެ ކުރިން ރަށްރަށަށް 60 އެމްބިއުލާންސް ފޮނުވޭނެ ކަމަށް ރައީސް އޮފީހުން ކުރިން ވަނީ ބުނެފަ އެވެ.

އެމްބިއުލާންސްތައް ގެންނަން ހެލްތު މިނިސްޓްރީން ޖޫން 10، 2021 ގައި އެސްޓީއޯއާ ހަވާލު ކުރީ 180 ދުވަހުގެ ތެރޭގައި އެ އުޅަނދުތައް ގެނެސް ހަވާލުކުރަން ޖެހޭ ގޮތަށެވެ.

ބައެއް ރަށްރަށުގައި އެމްބިއުލާންސް ހަލާކުވެ، އެ ހިދުމަތް މެދުކެނޑިފައި އޮތުމުން ގިނަ ދަތިތައް ކުރިމަތިވެ އެވެ. އެގޮތުން ބައެއް ރަށްރަށުގައި ޕިކަޕުތަކުގަ އާއި ގާޑިއާތަކުގައި މީހުން އުފުލަން ޖެހޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ.