Roadha Mihaaru
ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ޔޫއޭއީއަށް

ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ބަދަލުކުރަނީ ޔޫއޭއީއަށް

01 ނޮވެމްބަރ 2021

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރު، ޔޫއޭއީގެ އާ ސަފީރަކަށް ހަމަޖައްސަން އެ ގައުމުގެ ސަރުކާރުން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރު، ޔޫއޭއީގެ އާ ސަފީރަކަށް ހަމަޖައްސަން އެ ގައުމުގެ ސަރުކާރުން މިއަދު ނިންމައިފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނި ގޮތުގައި އޭނާ މި މަގާމާ ވަރަށް އަވަހަށް ހަވާލުވެވަޑައިގަންނަވާނެ އެވެ.

ރާއްޖޭގެ ސަފީރުކަމާ ސަންޖޭ ހަވާލުވެވަޑައިގަތީ މާޗް 5، 2019 ގަ އެވެ.

ޔޫއޭއީގެ އާ ސަފީރުކަމަށް ސަންޖޭ ހަމަޖެއްސެވިއިރު، އިންޑިއާއިން ރާއްޖެއަށް ވެސް ވަނީ އާ ސަފީރެއް ހަމަޖައްސައިފަ އެވެ. އާ ސަފީރުކަމަށް އައްޔަން ކުރަން ނިންމާފައި ވަނީ މިހާރު އިންޑިއާ އިން އޮމާނަށް ކަނޑަޅާފައި ހުންނެވި ސަފީރު މުނޫ މަހާވަރު އެވެ.

އޭނާ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ތާރީހެއް އަދި ނުބުނެ އެވެ. ނަމަވެސް ވަރަށް އަވަހަށް އޭނާ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކުރިން ވަނީ ބުނެ އެވެ.

މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. އަދި ކުރިއަށްވުރެ އިތުރަށް ރާއްޖެއަށް އަންނަނީ އެކި މަޝްރޫއުތަކުގައި އެހީވަމުންނެވެ. މި ސަރުކާރުގެ އެންމެ ބިޔަ ޕްރޮޖެކްޓް ކަމަށްވާ މާލެ އާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ބްރިޖަކުން ގުޅާލުމުގެ މަސައްކަތް އިންޑިއާ ސަރުކާރުގެ ލޯނު އެހީގައި ވަނީ ފަށައިފަ އެވެ.