އީރާނުގެ ނިއުކްލިއާ މަޝްރޫހު ވަކި އިމެއްގައި ހިފެހެއްޓުމަށް، 2015 ވަނަ އަހަރު އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އީރާނާ އެކުގައި ސޮއިކޮށްފައިވާ ނިއުކްލިއާ މުއާހަދާގައި އެމެރިކާ އަލުން ބައިވެރިވެ، ފުރިހަމަ އަށް އަމަލުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.
އީރާނުގެ ނިއުކްލިއާ މަޝްރޫހު ވަކި އިމެއްގައި ހިފެހެއްޓުމަށް، 2015 ވަނަ އަހަރު އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އީރާނާ އެކުގައި ސޮއިކޮށްފައިވާ ނިއުކްލިއާ މުއާހަދާގައި އެމެރިކާ އަލުން ބައިވެރިވެ، ފުރިހަމަ އަށް އަމަލުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.
ބައިޑެން އެކަން އިއުލާން ކުރެއްވީ، މަޝްވަރާތައް ފެށުމަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އީރާނަށް ފިއްތުންތައް ކުރިމަތިކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ރައީސް ބައިޑެންގެ އެ ނިންމެވުމަކީ، އޮސްޓްރިއާގެ ވިއެނާގައި މިއަހަރުގެ ކުރީކޮޅު ފެށި، ނިއުކްލިއާ މަޝްވަރާތަކުގައި އީރާނުން އެންމެ ބޮޑަށް ބާރުއަޅަމުން އަންނަ ކަންތަކެވެ.
އދ.ގެ ތިމާވެއްޓާ ބެހޭ މަހާސިންތާ، ކޮޕް26 އަށް އިނގިރޭސި ވިލާތުގެ ގްލަސްގޯއަށް ވަޑައިގެން، ބައިޑެން އިއްޔެ ވިދާޅުވީ އީރާނުން އެ މުއާހަދާ އަށް އަމަލުކުރާ ނަމަ، އެމެރިކާ ވެސް އެ މުއާހަދާ އަށް ފުރިހަމަ އަށް އަމަލުކުރާނެ ކަމަށެވެ.
އީރާންގެ ނިއުކްލިއާ މުއާހަދާ އިން އެމެރިކާ އަމިއްލަ އަށް ވަކިވީ، 2018 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނެރުއްވި ރިއާސީ ގަރާރަކުންނެވެ. އެއަށް ފަހު އެމެރިކާ އިން ވަނީ އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އަދި އެމެރިކާގެ އެ ނިންމުމާ ގުޅިގެން، އީރާނުން ވަނީ އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
އީރާންގެ ރައީސް އިބްރާހީމް ރައީސީ
އެމެރިކާގެ މި ނިންމުން އިއުލާން ކުރީ، ވިލާތުގެ ގައުމުތަކުގެ ވެރިންނާ އެކު ރައީސް ބައިޑެން ބޭއްވެވި މަޝްވަރާތަކަށް ފަހު، ބައިޑެން އާއި، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން އާއި ޖަރުމަންގެ މުސްތަޝާރު އެންޖެލާ މާކެލްގެ ފަރާތުން އާންމުކުރި ބަޔާނެއްގަ އެވެ.
"އީރާންގެ ނިއުކްލިއާ މުއާހަދާ އަށް، އީރާނުން ފުރިހަމަ އަށް އަމަލުކުރާ ނަމަ، އެމެރިކާ ވެސް އެނބުރި އެމުއާހަދާ އަށް ދިއުމަށާއި އެ މުއާހަދާ އަށް ފުރިހަމަ އަށް އަމަލުކުރުމަށް، ރައީސް ބައިޑެން ނިންމެވި ސާފު ނިންމެވުމަށް އަހަރެމެން މަރުހަބާ ދަންނަވަން،" ހަތަރު ބޭފުޅުންގެ ފަރާތުން ނެރުނު ބަޔާނުގައިވެ އެވެ.
އީރާންގެ ނިއުކްލިއާ މުއާހަދާ އިން އެމެރިކާ ވަކިވެފައި އޮންނަތާ ދެ އަހަރު ވަނިކޮށް، އެމެރިކާ އަލުން އެ މުއާހަދާގައި ބައިވެރިވާން ނިންމީ މިއަހަރުގެ ކުރީކޮޅު އެވެ. އެމެރިކާގެ އެ ނިންމުމާ ގުޅިގެން، އީރާނާ އެކުގައި އަލުން މަޝްވަރާތައް ކުރިއަށް ގެންދިޔައީ އޮސްޓްރިއާގެ ވިއެނާގަ އެވެ.
އެ މަޝްވަރާތައް އީރާނުން މެދުކަނޑައިލީ، މިއަހަރުގެ މެދުތެރޭގައި އީރާންގައި ބޭއްވި ރިއާސީ އިންތިހާބުގައި އެ ގައުމުގެ ވެރިކަން ބަދަލުވުމާ ގުޅިގެން، އާ ސަރުކާރާ އެކުގައި ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނިންމުމާ ގުޅިގެންނެވެ.
ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމާ ގުޅޭ ގޮތުން، ވިލާތުގެ ގައުމުތަކާއި އީރާނާ ދެމެދު މިދިޔަ ހަފުތާގައި ކުރި މަޝްވަރާތަކަށް ފަހު، އީރާނުން ބުނެފައިވަނީ ނޮވެމްބަރު މަހުގެ ތެރޭގައި އެ މަޝްވަރާތައް އަލުން ފެށިދާނެ ކަމަށެވެ. އަދި ނިއުކްލިއާ މުއާހަދާ އަށް އަމަލުކުރުމަށް އެމެރިކާ އިން ދައްކަމުން އަންނަ ވާހަކަތަކަކީ ހެޔޮ ނިޔަތުގައި ދައްކާ ވާހަކަތަކެއް ކަން ސާބިތުކޮށްދިނުމަށްޓަކައި، އެ މުއާހަދާ އިން އެމެރިކާ ވަކިވުމަށް ފަހު، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައުލުމަށް ވެސް، އީރާންގެ ރައީސް އިބްރާހީމް ރައީސީ މިދިޔަ ހަފުތާގައި ގޮވައިލެއްވި އެވެ.
އީރާންގެ ނިއުކްލިއާ މުއާހަދާގެ ނަމުން މަޝްހޫރުވެފައިވާ "ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން" (ޖޭސީޕީއޯއޭ) ގައި އީރާނާ އެކުގައި ޖުލައި، 14، 2015 ގައި ސޮއިކޮށްފައިވަނީ، އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެމްބަރު ގައުމާއި ޖަރުމަނާއި ވިލާތުގެ އިއްތިހާދެވެ.
ހުސްވި އޮކްޓޫބަރު 30،31 ވަނަ ދުވަހު އިޓަލީގެ ރޯމްގައި ބޭއްވި، އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ އެންމެ އިސް ވެރިންގެ ބައްދަލުވުމުގައި، ރައީސް ބައިޑެން ވިދާޅުވެފައިވަނީ ޓްރަމްޕުގެ ސަރުކާރުން ނިންމި ބައެއް ނިންމުންތަކުގެ ސަބަބުން، އެމެރިކާ ވަރަށް ގިނަ ތަކުލީފުތައް އުފުލަމުންދާ ކަމަށެވެ.
އޭގެ އިތުރުން، އދ. އިން 2015 ވަނަ އަހަރު އެކުލަވައިލި ތިމާވެއްޓާ ބެހޭ، ޕެރިސް އެގްރީމެންޓް އިން އެމެރިކާ ވަކިވެފައިވާތީ، އެކަމަށްޓަކައި ވެސް ބައިޑެން އިއްޔެ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ. އެ އެގްރީމެންޓުން އެމެރިކާ ވަކިވީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި، 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.
އެމެރިކާގެ ގޮށްމުށުގެ ބާރަށް އެއްވެސް ހައިސިއްޔަތެއް ނެތް
މުއްސަނދި ގައުމުތަކުގެ ވެރިން އިލެކްޓްރޯނިކް ކުނިބުނިން
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ
"ހަމަނުޖެހުމާއި ޓެރަރިޒަމްގެ މައި ޝައިތޯނަކީ އެމެރިކާ"
އިޒްރޭލާއި އެމެރިކާ ސަލާމަތީ އެއްބަސްވުމެއް ހަދަނީ
އީރާން ނިއުކްލިއާ ގޮތުން ނާގާބިލުކުރުމަށް ސައޫދީ ތާއީދު
ނިއުކްލިއާ މުއާހަދާއާ އިގްތިސާދާ ނުގުޅުވޭނެ: ރައީސީ
ސީރިއަސްވުމަކީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން
"ހަތިޔާރު ބޭނުން ކުރާނީ އެނޫން ގޮތެއް ނެތިއްޔާ"
އީރާނުން މަޝްވަރާނުކޮށްފި ނަމަ އޮތީ ހަމަލާ: ޓްރަމްޕު