Roadha Mihaaru
ފައިބާ އަށް ބަދަލުކުރަން އިތުރު މުއްދަތު ދީފި

ދިރާގު އޭޑީއެސްއެލް އިން ފައިބާ ބްރޯޑްބޭންޑަށް ބަދަލު ކުރުމުގެ ފުރުސަތު އިތުރުކޮށްފި

02 ނޮވެމްބަރ 2021

ދިރާގުގެ އޭޑީއެސްއެލްގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހިލޭ ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑަށް ބަދަލުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިރާގުގެ އޭޑީއެސްއެލްގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހިލޭ ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑަށް ބަދަލުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އެ ކުންފުނިން ބުނީ މިއީ އެޑީއެސްއެލް ހިދުމަތް ގެންގުޅޭ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބާ ނެޓްވޯކާ ހިލޭ ގުޅައިލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ފައިބާ ގުޅައި ދިނުމުގެ އިތުރުން ފައިބާ އަށް ބޭނުންވާ ރައުޓާ ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެ އެވެ.

އޭޑީއެސްއެލް ކަސްޓަމަރުން ފައިބާ އަށް އަޕްގްރޭޑް ކުރުމުން، ދިރާގު ވެބްސައިޓުގައިވާ މައި އެކައުންޓް މެދުވެރިކޮށް އެކަން ކުރެވޭނެ އެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސާއި އެންމެ ގިނަ އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. ރާއްޖޭގެ ގޭބީސީގެ 80 ޕަސެންޓަށް މިހާރު މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ.