04 ނޮވެމްބަރ 2021
މި އަހަރުގެ ނެޓްބޯޅް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކުޅުން ފަށައިފި އެވެ.
މި އަހަރުގެ ނެޓްބޯޅް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކުޅުން ފަށައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ފެށި މި މުބާރާތުގައި 10 ޓީމު ވާދަކުރާއިރު، އެ ޓީމުތައް ބަހާލާފައި ވަނީ ދެ ގުރޫޕަކަށެވެ.
ނެޓްބޯޅަ އެސޯސިއޭޝަނުން ބާއްވާ އެސޯސިއޭޝަން ޗެމްޕިއަންޝިޕް މުބާރާތުގައި ގްރޫޕް އޭ ގައި ހިމެނެނީ ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކުލަބާއި ޒެނިތް ސްޕޯޓްސް ކުލަބާއި ކްލަބް މެޓްރިކްސް އަދި ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) އާއި ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކްލަބެވެ. ގްރޫޕް ބީ ގައި ހިމެނެނީ ސްޕޯޓްސް ކްލަބް ސްކައިލާކް އާއި ސްޕޯޓްސް ކްލަބް ޝައިނިން ސްޓާގެ އިތުރުން ލޮރެންޒޯ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އަދި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.
ގުރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު، ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެކެވެ.
ގުރޫޕް ސްޓޭޖަށް ފަހު، ސެމީ ފައިނަލުގެ މެޗުތައް ކުޅޭނީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅޭނީ 11 ވަނަ ދުވަހު އެވެ.
ހޯމަ ދުވަހުގެ ރޭ އޮތް މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ އައްޑޫމީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމެވެ.
އެންމެ ފަހުން ނެޓްބޯޅަ އެސޯސިއޭޝަން ކަޕް ބާއްވާފައި ވަނީ 2019 ވަނަ އަހަރެވެ. އެ އަހަރުގެ ފައިނަލުގައި 55-34 ޕޮއިންޓުން ޒެނިތު ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ކޭވައިއާރުސީ އެވެ. ކޭވައިއާރުސީ ވަނީ މުބާރާތުގެ ކުރިހާ މެޗަކުން ވެސް މޮޅު ވެފަ އެވެ.
ކޮވިޑާ ހުރެ މިދިޔަ އަހަރު މުބާރާތް ބާއްވާފައެއް ނުވެ އެވެ.
ގިޔާސުއްދީނަށް 15 އަހަރުންދަށް، އިސްކަންދަރަށް ދެތަށި
19 އަހަރުން ދަށުގެ ނެޓްބޯޅަ ޗެމްޕިއަންކަން ވިލާ އަށް
ގައުމީ ފައިނަލްގައި ކުޅުދުއްފުށްޓާއި ގްރީން ސްޓްރީޓްސް
ނެޓްބޯޅައިގެ ދެވަނަ ޑިވިޝަންގެ ތަށި ނެޓާސްއިން ހޯދައިފި
ގައުމީ ނެޓްބޯޅަ ތަށި ގްރީން ސްޓްރީޓްސް ދިފާއުކޮށްފި
ނެޓްބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަނަކަށް ކުޅުދުއްފުށި
އިންޑޯ ހުސްކުރަން ހެލްތުން ފެހި ސިގުނަލެއް
އިންޑޯ ބޭނުންނުކުރެވޭތީ އެސޯސިއޭޝަންތަކުގެ ކަންބޮޑުވުން