Roadha Mihaaru
ހަމަ އަގު ހޯދަން އޮޑިވެރިން ކުންފުންޏެއް ހަދަނީ

ހަމަ އަގު ހޯދަން އޮޑިވެެރިން ކުންފުންޏެއް ހަދަނީ

04 ނޮވެމްބަރ 2021

ރާއްޖޭގެ މަސްވެރިން ބާނާ މަހަށް އެކަށީގެންވާ އަގެއް ނުލިބޭ މައްސަލަ އަށް ހައްލެއް ހޯދުމަށާއި މިހާރު އެކްސްޕޯޓް ނުކުރާ ބާވަތްތައް ވެސް ބައިނަލްއަގުވާމީ ބާޒާރަށް ނެރުމަށް ޓަކައި އޮޑިވެރިންގެ ކުންފުންޏެއް އުފައްދަން މަސައްކަތް ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ މަސްވެރިން ބާނާ މަހަށް އެކަށީގެންވާ އަގެއް ނުލިބޭ މައްސަލަ އަށް ހައްލެއް ހޯދުމަށާއި މިހާރު އެކްސްޕޯޓް ނުކުރާ ބާވަތްތައް ވެސް ބައިނަލްއަގުވާމީ ބާޒާރަށް ނެރުމަށް ޓަކައި އޮޑިވެރިންގެ ކުންފުންޏެއް އުފައްދަން މަސައްކަތް ފަށައިފި އެވެ.

އޮޑިވެރިންނާއި މަސްވެރިން ހިއްސާވާ ކުންފުންޏެއް އުފެއްދުމުގެ މަސައްްކަތުގައި އިސްކޮށް އުޅޭ، އޮޑިވެރިއެއް ކަމަށްވާ ހއ. އިހަވަންދޫ، ގިރިޓީގެ އަބްދުލް ހަލީމް "މިހާރު" އަށް މިއަދު ބުނިގޮތުގައި އޮޑިވެރިންނާއި މަސްވެރިންގެ ހިއްސާވާ ކުންފުންޏެއް އުފެއްދުމަށް ޓަަކައި އޭނާ އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އޮޑިވެރިންނާ މަޝްވަރާ ކުރަމުންނެވެ. މިހާތަނަށް 16 އޮޑިވެރިޔަކާ ވާހަކަ ދައްކާފައިވާ ކަމަށާއި މަސް އެކްސްޕޯޓް ކުރާ ކުންފުންޏެއް ހަދަން އެ އެންމެންގެ ޝައުގުވެރިކަން ވެސް އެބައޮތް ކަމަށް އޭނާ ބުންޏެވެ.

"އޮޑިވެރިންނާއި މަސްްވެރިންނާ ސީދާ ބައްދަލުކޮށްގެން ވާހަކަ ދައްކަން އަޅުގަނޑު މިހާރު މިއަންނަނީ ރަށްރަށަށް ދަތުރު ވެސް ކުރަމުން، އާބާދީ ބޮޑު، މަސްވެރިން ގިނަ ރަށްރަށުގެ އޮޑެރިންނާ މިއަންނަނީ ވާހަކަ ދައްކަމުން،" މަންޓާ އެއާގެ ޕައިލޮޓެއްގެ ގޮތުގައި މަސައްކަތްކުރާ ހަލީމް ބުންޏެވެ.

އަބްދުލް ހަލީމް، މަސް އެކްސްޕޯޓް ކުރަން އޮޑިވެރިންގެ އަމިއްލަ ކުންފުންޏެއް ހަދަން އިސްކޮށް އުޅެނީ އޭނާ. ފޮޓޯ: ސޯޝަ

އަބްދުލް ހަލީމް، މަސް އެކްސްޕޯޓް ކުރަން އޮޑިވެރިންގެ އަމިއްލަ ކުންފުންޏެއް ހަދަން އިސްކޮށް އުޅެނީ އޭނާ. ފޮޓޯ: ސޯޝަ

ހަލީމް ބުނިގޮތުގައި ދައުލަތުގެ ކުންފުނި، މިފްކޯ ވެސް ހިމެނޭ ގޮތުން ރާއްޖޭގެ ކުންފުނިތަކުން އެކްސްޕޯޓް ކުރަމުން އަންނަނީ މަސްވެރިކަމުގެ އުފެއްދުންތަކުގެ ތެރެއިން ވަރަށްް މަދު ބާވަތްތަކެވެ. އޭގެ ބަދަލުގައި އޮޑިވެރިންގެ ކުންފުނިން މަސައްކަތްކުރާނީ މިހާރަށް ވުރެ ގިނަ ބާވަތްތައް އެކްސްޕޯޓް ކުރަން ކަަމަށް އޭނާ ބުންޏެވެ. ކުންފުނި އުފައްދައި ކާމިޔާބުކަމާ އެކު މަސް އެކްސްޕޯޓްކުރަން ފެށޭނެކަމުގެ ޔަގީންކަން އޭނާ އަށް އެބަަ އޮތެވެ.

ހަލީމްގެ ދޯނި އިހަވަންދޫ ފަޅުގައި. މަސް އެކްސްޕޯޓްކުރަން އޮޑިވެރިންގެ ކުންފުންޏެއް ހަދަން އޭނާ އަންނަނީ މަސައްކަތްކުރަމުން. ފޮޓޯ: ސޯޝަލް މީޑިއާ

ހަލީމްގެ ދޯނި އިހަވަންދޫ ފަޅުގައި. މަސް އެކްސްޕޯޓްކުރަން އޮޑިވެރިންގެ ކުންފުންޏެއް ހަދަން އޭނާ އަންނަނީ މަސައްކަތްކުރަމުން. ފޮޓޯ: ސޯޝަލް މީޑިއާ

ހަލީމްގެ އެ އިސްނެގުމަށް، މަސްވެރިންނާއި އޮޑިވެރިންގެ ބޮޑު ތަރުހީބެއް އޮތްކަން، ސޯޝަލް މީޑިއާ ޕޯސްޓްތަކުން ފެންނަން އެބަ ހުއްޓެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނަން ރާއްޖޭގެ މަސްވެރިން ބާނާ ވީހާ ވެސް ގިނަ ބާވަތްތައް އެކްސްޕޯޓް ކުރެވޭތޯ. އޭގެ ތެރޭގައި ސީފުޑްގެ ބައެއް ބާވަތްތައް ވެސް ހިމެނުން އަޅުގަނޑުމެންގެ ވިސްނުމަކީ،" ހަލީމް ބުންޏެވެ.

ރާއްޖޭން މިހާރު އާއްމުކޮށްް އެކްސްޕޯޓްކުރަނީ ކަނޑުމަހުގެ ބާވަތްތަކެވެ. އެއީ ކަޅުބިލަމަހާއި ކަންނެއްޔެވެ.