އިމިގްރޭޝަނުން އެޅި ފިޔަވަޅަކާ އެކު ބިދޭސީންގެ މެޑިކަލް ރިޕޯޓު ހެދުން ހުއްޓާލުމަށް ފަހު އެކަން އަންނަ މަހު އަލުން ފަށާނީ ކުރީގެ އުސޫލުތަކަށް ބައެއް ބަދަލުތައް ގެނެސްގެން ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
21 ޑިސެމްބަރ 2016
އިމިގްރޭޝަނުން އެޅި ފިޔަވަޅަކާ އެކު ބިދޭސީންގެ މެޑިކަލް ރިޕޯޓު ހެދުން ހުއްޓާލުމަށް ފަހު އެކަން އަންނަ މަހު އަލުން ފަށާނީ ކުރީގެ އުސޫލުތަކަށް ބައެއް ބަދަލުތައް ގެނެސްގެން ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އޭޑީކޭ އާއި އޭއެމްޑީސީން ހަދައިދޭ ބިދޭސީންގެ މެޑިކަލް ރިޕޯޓް ގަބޫލުނުކުރާ ގޮތަށް އިމިގްރޭޝަނުން ނިންމީ މި މަހު 6 ގަ އެވެ. އަދި އޭޑީކޭގެ ރިޕޯޓް އަލުން ބަލައިގަންނަ ގޮތަށް ހަމަޖެއްސީ މި މަހު 18 ގަ އެވެ. އެކަމަކު އޭއެމްޑީސީއާ ދެކޮޅަށް އެޅި ފިޔަވަޅަށް އަދި ބަދަލެއް ނުގެނެ އެވެ.
ދެ ތަނުގެ މެޑިކަލް ރިޕޯޓް ބަލައިގަތުން އިމިގްރޭޝަނުން ހުއްޓާލީ ނުރައްކާތެރި ބަލިތައް ހުރި ބައެއް މީހުންގެ މެޑިކަލް ރިޕޯޓް އޮޅުވާލުމުގެ ސީރިއަސް މައްސަލަތަކެއްގެ ތަހުގީގު ފެށުމުން، ވަގުތީ ގޮތުންނެވެ. އެކަމަކު އެ މައްސަލަތައް ކުރިމަތިވީ އޭޑީކޭ އާއި އޭއެމްޑީސީގެ ސަބަބުން ކަމަކަށް އިމިގްރޭޝަނުން ބުނެފައެއް ނުވެ އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ މެޑިކަލް ރިޕޯޓް ހަދައިދޭ ޕްރޮސެސް އަށް ގެންނާނެ ބަދަލުތަކާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ޖެނުއަރީ 2 ގައި އެކަން ފަށާއިރު މިހާރަށް ވުރެ ހަރުދަނާ ގޮތެއް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ އެ ހޮސްޕިޓަލުން މެޑިކަލް ރިޕޯޓު ހަދައިދޭ ގޮތް އިމިގްރޭޝަނުން ބެލުމަށް ފަހު، ވަކި ކަންތައްތަކެއް ރަނގަޅުކުރަން އަންގާފައި ނުވާ ކަމަށެވެ. އަދި ހޮސްޕިޓަލް ރެގިއުލޭޓްކުރާ ހެލްތު މިނިސްޓްރީން ވެސް، އޭޑީކޭގެ މެޑިކަލް ރިޕޯޓާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހަޅާފައިނުވާ ކަމަށް ވިދާޅުވި އެވެ.
"އިމިގްރޭޝަނުން ވަކި ގޮތަކަށް ނޭންގި ކަމުގައި ވިއަސް އަޅުގަނޑުމެން ފަށާނީ ބަދަލުތަކަކާ އެކުގައި،" އަފްއާލް ވިދާޅުވި އެވެ.
އިމިގްރޭޝަނުން ގަބޫލުކުރާ މެޑިކަލް ރިޕޯޓް މާލޭގައި މިވަގުތު ހަދަނީ ހަ ތަނަކުންނެވެ. އެއީ އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން މެޑިކާ އާއި ކްރިސްޓަލް މެޑިކަލް އަދި އެޑްވާންސް މެޑިކަލް ކްލިނިކެވެ. އަދި ބައެއް އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުން ދޫކުރާ މެޑިކަލް ރިޕޯޓު ވެސް އިމިގްރޭޝަނުން ބަލައިގަނެ އެވެ.
ކްލިނިކްތަކުގެ މެޑިކަލް ރިޕޯޓް ދެން ގަބޫލެއް ނުކުރާނެ
ބިދޭސީންގެ މެޑިކަލް ހެއްދުމުގެ ހުއްދަ ކްލިނިކްތަކަށް
އޭޑީކޭގެ މެޑިކަލް ރިޕޯޓް އަލުން ބަލައިގަންނަން ފަށައިފި
"ނުރައްކާތެރި ބަލިތަކަށް ފޭކް ރިޕޯޓުވަނީ ހައްދާފައި"
އޭޑީކޭގައި އިންޓާން ހަދަން 14،500ރ. ދައްކަންޖެހޭ
7،500 ފަރާތެއް އެކްސްޕެޓް ސިސްޓަމުން ބްލޮކްކޮށްފި
އޭޑީކޭގެ ކުލީގެ ދިފާއުގައި ނާޝިދު ވާހަކަ ދައްކަވައިފި
އޭޑީކޭ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް: ނާޝިދު
ސިކުނޑި އާއި މައިބަދައިގެ އާ ދެ ސާޖަރީ ހަދައިފި
ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ސެޕްޓެމްބަރުގައި ބާއްވަނީ