ލިފްޓާއި އެސްކްލެވޭޓަރު އުފެއްދުމުގައި އެންމެ ނަން ހިނގާ ބްރޭންޑް، "ކޯނޭ"ގެ "ޓަޗްލެސް ސިގްނަލައިޒޭޝަން" ޓެކްނޮލޮޖީ އެސްޓީއޯއިން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.
10 ނޮވެމްބަރ 2021
ލިފްޓާއި އެސްކްލެވޭޓަރު އުފެއްދުމުގައި އެންމެ ނަން ހިނގާ ބްރޭންޑް، "ކޯނޭ"ގެ "ޓަޗްލެސް ސިގްނަލައިޒޭޝަން" ޓެކްނޮލޮޖީ އެސްޓީއޯއިން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.
މި ވައްތަރުގެ ލިފްޓްތަކުގައި، އެ ލިފްޓުތަކުގެގެ ފިތަކަށް ފިތާލުމުގެ ބަދަލުގައި ހަމައެކަނި އަތް ކައިރި ކޮށްލުމުން ބޭނުންވާ ފްލޯއަކަށް ދެވޭނެ އެވެ.
ކޯނޭގެ މި "ލިފްޓް ޕުޗް ބަޓަންސް" (ސީއޯޕީ) މޮޑެލް މިހާރު އެސްޓީއޯއިން ލިބެން އެބަހުއްޓެވެ. މިއީ ރާއްޖޭގެ އިމާރަތް ކުރުމުގެ ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެނެސް، ދާއިރާ ކުރިއެރުވުމަށް އެސްޓީއޯއިން ތައާރަފުކުރާ އެންމެ އީޖާދީ އުފެއްދުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މޮޑެލް ކޯނޭއިން ތައްޔާރު ކުރީ ކޮވިޑް-19އާ ގުޅިގެން ތަންތަނުގައި އަތް ލުން މަދުކުރުމުގެ ބޭނުމުގަ އެވެ.
"ޓްޗްލެސް ސީއޯޕީ ބޭނުން ކުރުމުން ލިފްޓަށް އަރާ ފައިބާ މީހުން ބަޓަންތަކުގައި އަތްލާން ނުޖެހުމުން ލިފްޓް ބޭނުން ކުރާ މީހުންނަށް ސަލާމަތްތެރިކަން ކަށަވަރު ކޮށްދޭ،" އެސްޓީއޯ އިން ބުންޏެވެ.
"ޓްޗްލެސް" ލިފްޓުގެ އިތުރުން ކޯނޭ ބްރޭންޑުގެ އެއާ ޕިއުރިފަޔާ ވެސް އެސްޓީއޯއިން ވަނީ ތައާރަފު ކޮށްފަ އެވެ. މި އެއާ ޕިއުރިފަޔާ އަކީ ލިފްޓު ތެރޭގައި ހުންނަ ޖަރާސީމު ނައްތާލައި ވައި ސާފު ކޮށްދޭ އުފެއްދުމެކެވެ. މި އެއާ ޕިއުރިފަޔާގައި ކޯނޭއިން ބޭނުން ކޮށްފައިވަނީ ނާސާ އިން ޖައްވަށް ފޮނުވާ އުޅަނދުތަކުގެ ވައި ތަގައްޔަރުވިޔަ ނުދިނުމަށް ބޭނުން ކުރާ ޕީސީއޯ ޓެކްނޮލޮޖީ ބޭނުން ކޮށްގެންނެވެ.
އެސްޓީއޯއިން ބުނި ގޮތުގައި މި މޮޑެލާއި އެއާ ޕިޔުރިފަޔާ އެންމެ ފުރަތަމަ ހަރު ކުރާނީ އެ ކުންފުނީގެ ޓްރޭޑް ސެންޓަރުގައި ހުންނަ ލިފްޓުގަ އެވެ.
އެސްޓީއޯއިން 25 ބުރީގެ އިމާރާތެއް އަޅަނީ
އެސްޓީއޯއިން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
ހުޅުމާލެއަށް އެސްޓީއޯ ކޮންސްޓްރަކްޝަން ފިހާރައެއް
ނުފޫޒު ގަދަ "ބިގް 5" ފެއާގައި އެސްޓީއޯ
ސިމެންތި ލިބުން ދަތިވެ ބައެއް މަޝްރޫއުތައް ނުހިންގިފައި
އެސްޓީއޯ އިން "ކޯނޭ" ލިފްޓުގެ ޕްރޮމޯޝަނެއް
އެސްޓީއޯގެ "މޯލްޑިވްސް ސިމެންތި" ވިއްކަން އެޕޯލޯއަށް
އެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓުންނަށްވާން ހުޅުވާލައިފި
އެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓުން ހަމަޖައްސައިފި
އެސްޓީއޯއިން "ގްރީން ކޮންކްރީޓް" ތައާރަފު ކުރަނީ