Roadha Mihaaru
ނުޝްރަތުގެ ބިރުވެރި ފިލްމު 26 ގައި އެމެޒޯނަށް

ނުޝްރަތުގެ ފުރަތަމަ ބިރުވެރި ފިލްމު މި މަހުގެ 26 ގައި އެމެޒޯން ޕްރައިމަށް

11 ނޮވެމްބަރ 2021

ބޮލީވުޑްގެ ބަތަލާ ނުޝްރަތު ބަރޫޗާގެ ފުރަތަމަ ބިރުވެރި ފިލްމު މި މަހުގެ 26 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ނިންމައި އޭގެ ޓީޒާ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ ނުޝްރަތު ބަރޫޗާގެ ފުރަތަމަ ބިރުވެރި ފިލްމު މި މަހުގެ 26 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ނިންމައި އޭގެ ޓީޒާ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

ވިޝާލް ފޫރިއާ ލިޔެ، ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ އޭނާ 2017 ގައި ގެނެސްދިން މަރާޓީ ފިލްމު "ލަޕަޗައްޕީ" އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ. "ޗޯރީ" އާ ބެހޭ ގޮތުން ނުޝްރަތު ބުނެފައި ވަނީ މިއީ ބެލުންތެރިން އަންތަރީސް ކޮށްލާ ވަރުގެ ފިލްމަކަށްވާނެ ކަމަށާއި އޭނާގެ ކެރެކްޓާ އަކީ ބެލުންތެރިން ވަރަށް ހީނުކުރާ ކަހަލަ ރޯލަކަށް ވާނެ ކަމަށެވެ.

ޓީޒާ އިން ވެސް "ޗޯރީ" އަކީ ވަރަށް ޝައުގުވެރި ފިލްމަކަށްވާނެ ކަމުގެ އުންމީދު ބޮޑެވެ. ނުޝްރަތު ފިލްމުގައި ބޮޑަށް ފެންނާނީ މާބަނޑު މީހެއްގެ ރޯލުންނެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި މިތާ ވަޝިސްތު އަދި ރާޖޭޝް ޖައިސް ހިމެނެ އެވެ.

"ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ޕިޔާރު ކާ ޕަންޗްނާމާ" އަދި "ޑްރީމް ގާލް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ނުޝްރަތު އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ކުރީކޮޅު ނެޓްފްލިކްސް އިން ގެނެސްދިން އެންތޮލޮޖީ ފިލްމު "އަޖީބު ތާސްތާންސް" އިންނެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ރާމް ސެތޫ" އާއި "ޖަނިތު މާ ޖާރީ" ހިމެނެ އެވެ.