ދިވެހި އަދަބިއްޔާތަށާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ކޮޕީ މުހައްމަދު ރަޝީދު މިރޭ އަވަހާރަވެއްޖެ އެވެ.
11 ނޮވެމްބަރ 2021
ދިވެހި އަދަބިއްޔާތަށާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ކޮޕީ މުހައްމަދު ރަޝީދު މިރޭ އަވަހާރަވެއްޖެ އެވެ.
އޭނާ އަވަހާރަވީ ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އޭނާ ވަނީ ތިން ފަހަރެއްގެ މަތިން އާއްމު ހިދުމަތުގެ އިނާމު ހާސިލްކުރައްވައިފަ އެވެ. އެއީ ތަމްސީލް ކުޅުމުގެ ރޮނގުންނާއި އަރަބި، ތާނަ ލިއުމުގެ އިތުރުން ޅެން ހެދުމުގެ ރޮނގުންނެވެ. ގިނަ ވާހަކަތައް ލިއުއްވައި ޅެން ހެއްދެވި ކޮޕީ މުހައްމަދު ރަޝީދުގެ އުފެއްދުންތައް ނޫސް މަޖައްލާތަކުގައި ވެސް ޝާއިއުކޮށްފައިވެ އެވެ.
އޭނާ ވަނީ ގާތްގަނޑަކަށް 200 ކުރު ވާހަކަ ލިޔުއްވައިފަ އެވެ. މޮޅު ޅެންވެރިއެއްގެ ގޮތުގައި ގުނާލެވޭ ކޮޕީ ރަޝީދުގެ ފާހަގަކޮށްލެވޭ ޅެންތަކުގެ ތެރޭގައި "ބޭނުމޭ އިޝްގާ"، "ފިނިރޭގެ ފަތިހޭ ހުރީހޭ ބަލަން"، "ހިތުގެ ވޭނީ އަޑޭ"، "ކާއިނާތޭ އެކީ އަންތަރީސްވީ"، "ލޯބިވަމޭ ބުނެލީމާ އެއީ ކާކުކަން" އަދި "މޫނުބުރުގާ ނެގީމާ" ހިމެނެ އެވެ.
ރާއްޖޭގައި މިހާރު އޮތް ފެންވަރަށް ތަމްސީލް އާއްމުވި އެއް ސަބަބަކީ މަޖީދިއްޔާގެ ގޯލްޑަން ޖުބިލީއާ ގުޅިގެން ބޭއްވި ޝޯ އެވެ. މި ޝޯގައި ކޮޕީ މުހައްމަދު ރަޝީދުގެ ހިއްސާ ބޮޑެވެ. އޭނާގެ މަސްއޫލުވެރިކަމުގެ ދަށުގައި ތަމްސީލް ކުޅެން ހާއްސަ ސޮސައިޓީއެއް ވެސް އުފެއްދެވި އެވެ.
އޭނާ ކުޅުއްވި ގިނަ ތަމްސީލްތަކުގެ ތެރެއިން، "ތިން އުނދަގޫ" އާއި "ވަޒީފާ"ގެ އިތުރުން ގިނަ ފިލްމުތައް ހިމެނެ އެވެ.
އޭނާގެ ހިދުމަތް ނޫސްވެރިކަމުގެ ދާއިރާ އިން ވެސް ފާހަގަކޮށްލެވެ އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު 2018 ގައި އޭނާ އަށް އެރުވި އެވެ.
ކޮޕީ ރަޝީދު ވަނީ ސަރުކާރުގެ ގިނަ މަގާމްތައް ވެސް ފުރުއްވައިފަ އެވެ. އެ މުއްދަތުގައި، އޭނާގެ އިލްމާއި ހުނަރުވެރިކަން އެހެން މީހުންނަށް ފޯރުކޮށްދެއްވަން ގިނަ މަސައްކަތްތައް ކުރެއްވި އެވެ.
އޭނާ ވަނީ ކުރީގެ "ހަވީރު" ނޫހަށް ވެސް ލިޔުއްވައިފަ އެވެ. އެ ނޫހުގައި ހުނަރުވެރި ދިވެހިންގެ ވާހަކަތައް ގެނެސްދިން "ހަފްތާގެ ތަރި" އަކީ ކޮޕީ ރަޝީދުގެ ހާއްސަ މަސައްކަތެކެވެ.
އަގުހުރި ހިދުމަތްތެރިންތަކެއް ވަކިވި އަހަރެއް
ކޭޕޮޕް ލަވަކިޔުންތެރިޔާ ވީސަން މަރުވެއްޖެ
މިއަށް ވުރެ ހިތްދަތިކަމެއް ނެތް: ހުރިހާ ދަރިން މަރު
ބޮލީވިއާގައި ހިނގި ދެ އެކްސިޑެންޓެއްގައި 70 މަރު
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ޒަކިއްޔާގެ މަރުގެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް
މަޑިފުށީގައި ރޭޕްގެ ތުހުމަތުވި މީހަކު މަރުވެއްޖެ
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
ތަހުގީގަށް ވަގުތުނަގަނީ އާދައިގެ މަރަކަށް ނުވާތީ: ސީޕީ
ޒަކިއްޔާގެ މަރު: ހޯމް މިނިސްޓަރާއި ސީޕީ ހޮޅުދުއަށް