Roadha Mihaaru
ކަލާޒްގެ "ސިރުފް ތުމް" މިރޭ ފަށަނީ

ކަލާޒްގެ އާ ސިލްސިލާ "ސިރުފް ތުމް" މިރޭ ފަށަނީ

15 ނޮވެމްބަރ 2021

ކަލާޒް ޗެނެލުން ޕްރޮމޯތައް ވެސް ދައްކަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެފައިވާ އާ ސިލްސިލާ "ސިރުފް ތުމް" މިރޭ ބެލުންތެރިންނަށް ގެނެސްދޭން ފަށާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒް ޗެނެލުން ޕްރޮމޯތައް ވެސް ދައްކަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެފައިވާ އާ ސިލްސިލާ "ސިރުފް ތުމް" މިރޭ ބެލުންތެރިންނަށް ގެނެސްދޭން ފަށާނެ އެވެ.

ތަފާތު ލޯބީގެ ވާހަކައެއް ކިޔައިދޭ މި ސިލްސިލާގެ ލީޑް ރޯލު ކުޅެފައި ވަނީ ކަލާޒްގެ ސިލްސިލާ "ޝަކްތީ" ގެ އިތުރުން އިތުރުން އެ ޗެނެލުން ކުރިން ގެނެސްދިން ސިލްސިލާ "މަދޫބާލާ" ގެ ބަތަލުގެ ރޯލު ކުޅުނު ވިވިއަން ޑި ސޭނާ އާއި ޒީޓީވީން ގެނެސްދިން "އިޝްގް ސުބާނަﷲ" ގެ ބަތަލާ އެއިޝާ ސިންގް އެވެ.

މި ދެ ތަރިންނާ އެކީ ގެނެސްދޭ "ސިރުފް ތުމް" އަކީ ރޮމޭންޓިކް ތުރިލާއެކެވެ. މިއީ ފެނުން އަލިފާން ނިއްވާލާ ފަދައިން، މުޅިން ތަފާތު ދެ މިޒާޖެއްގެ ދެ މީހުންގެ މެދުގައި އުފެދޭ ގުޅުމަކުން ލޯބި އުފެދިގެންދާ ގޮތް ވަރަށް އަސަރު ގަދަކޮށް ކިޔައިދޭނެ އެއްޗެކެވެ.

ސިލްސިލާގައި ވިވިއަން ކުޅޭ ރަންވީރުގެ ކެރެކްޓާ އަކީ 2019 ގެ ފިލްމު "ކަބީރް ސިންގް" ގައި ޝާހިދު ކަޕޫރް ކުޅުނު ކަހަލަ ވަރަށް "އެގްރެސިވް" ކެރެކްޓާއެކެވެ. އެއިޝާގެ ކެރެކްޓާ ސުހާނީ އަކީ ވަރަށް މައުސޫމު ނިޔަނެތި މަޑުމައިތިރި މީހެއްގެ ރޯލެވެ.

"ސިރުފް ތުމް" މިރޭ ފަށާ އިރު، މީގެ އެޕިސޯޑްތައް ކަލާޒް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހުކުރު ދުވަހުގެ ރެއާ ހަމައަށެވެ. އެއީ ރާއްޖެ ގަޑިން 7:30 ގަ އެވެ.