Roadha Mihaaru
ބެލްޖިއަމް ވެސް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

ބެލްޖިއަމް ވެސް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

14 ނޮވެމްބަރ 2021

ޕެރިސް (ނެވެމްބަރު 14) – ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމް، އަންނަ އަހަރުގެ ނޮވެމްބަރު މަހު ފަށާ ފީފާ ވޯލްޑް ކަޕް މުބާރާތަށް ކޮލިފައި ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (ނެވެމްބަރު 14) – ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމް، އަންނަ އަހަރުގެ ނޮވެމްބަރު މަހު ފަށާ ފީފާ ވޯލްޑް ކަޕް މުބާރާތަށް ކޮލިފައި ވެއްޖެ އެވެ.

ބެލްޖިއަމް ގުރޫޕުގެ އެއްވަނަ ކަށަވަރު ކުރީ، ކޮލިފައިންގައި ބާކީ އެއްމެޗު އޮއްވަ އެވެ. ގުރޫޕް އީގެ އެއްވަނަ ޔަގީންކުރީ އެސްޓޯނިޔާއާ ވާދަކުރި މެޗު 3-1 އިން ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ހަމައެކަނި ލަނޑު ޖެހީ 11 ވަނަ މިނިޓުގައި ކްރިސްޓިއަން ބެންޓެކޭ އެވެ. ދެވަނަ ހާފުގައި ބެލްޖިއަމްގެ ލަނޑުތައް ޖެހީ ޔަނިކް ކަރާސްކޯ އާއި ތޯގަން ހަޒާޑެވެ.

ގުރޫޕުގެ ފަހު މެޗުގައި ބެލްޖިއަމް ނުކުންނާނީ 11 ޕޮއިންޓާ އެކު ދެވަނައިގައި އޮތް ވޭލްސްއާ ދެކޮޅަށެވެ. މިދިޔަ ނޭޝަންސް ލީގުގެ ގުރޫޕުގެ އެއްވަނަ ހޯދައިގެން ވޯލްޑް ކަޕް ކޮލިފައިން ދެވަނަ ބުރުގެ ޕްލޭއޮފް ޔަގީންކޮށްފައިވާ ވޭލްސް ވަނީ ރޭ އަމިއްލަ ދަނޑުގައި 5-1 އިން ބެލާރޫސް ބަލިކޮށްފަ އެވެ.

ވޭލްސްގެ މި މެޗަކީ އެ ގައުމުގެ ކެޕްޓަން ގެރެތު ބޭލް ގައުމީ ޓީމަށް ކުޅުނު 100 ވަނަ މެޗެވެ. މެޗުގައި ބެލްޖިއަމަށް ލަނޑުތައް ޖަހައިދިނީ، އާރޮން ރަމްސޭ އާއި ނެކޯ ވިލިއަމްސް އާއި ބެން ޑޭވިސްގެ އިތުރުން ކޮނޯ ރޮބާޓްސް އެވެ. ރަމްސޭ ދެ ލަނޑު ޖެހިއިރު ފަހު ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ.

ނޭޝަންސް ލީގު ނަތީޖާއިން ވޭލްސް އަށް ދެވަނަ ބުރުން ޖާގަ ލިބޭއިރު، 11 ޕޮއިންޓާއެކު ތިންވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ވެސް ދެވަނަ ބުރުން ވަނީ ޖާގަ ލިބިފަ އެވެ.

ކޮލިފއިންގައި ރޭ ނެދަލެންޑްސް ރަށުން ބޭރުގައި މޮންޓެނީގްރޯއާ ވާދަކޮށް 2-2 އިން އެއްވަރުވިއިރު، ތުރުކީ ވަނީ 6-0 އިން ގިލްބާޓާ ބަލިކޮށްފަ އެވެ. ތިންވަނައިގައި އޮތް ނޯވޭ އާއި ލެތުވިއާ ބައްދަލުކުރި މެޗް އެއްވަރުވީ 0-0 އިންނެވެ. އެއްވަނައިގައި ނެދަލެންޑްސް އޮތީ ކުޅުނު ނުވަ މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ތުރުކީ އާއި ތިންވަނައިގައި އޮތް ނޯވޭއަށް ލިބެނީ 18 ޕޮއިންޓެވެ.