Roadha Mihaaru
ކުޅުންތެރިންގެ އިތުބާރެއް ނެތް، ވުޑްވާޑް އިތުބާރު ކުރޭ

ކުޅުންތެރިންގެ އިތުބާރުނެތަސް ވުޑްވާޑްގެ އިތުބާރު ސޯލްޝެއާއަށް

18 ނޮވެމްބަރ 2021

މެންޗެސްޓާ (ނޮވެމްބަރު 18) - މެންޗެސްޓާ ޔުނައިޓެޑްގެ ސީނިއާ ކުޅުންތެރިންގެ އިތުބާރު ގެއްލިފައިވާ، ކޯޗް އޮލެ ގުނަ ސޯލްޝެއާ އަށް ކްލަބުގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް އިތުބާރު ކުރާކަން ހާމަކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެންޗެސްޓާ (ނޮވެމްބަރު 18) - މެންޗެސްޓާ ޔުނައިޓެޑްގެ ސީނިއާ ކުޅުންތެރިންގެ އިތުބާރު ގެއްލިފައިވާ، ކޯޗް އޮލެ ގުނަ ސޯލްޝެއާ އަށް ކްލަބުގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް އިތުބާރު ކުރާކަން ހާމަކޮށްފި އެވެ.

އަންނަ މަހު ޔުނައިޓެޑްގެ މަގާމުން އިސްތިއުފާ ދޭ، ވުޑްވާޑް ވިދާޅުވީ ޔުނައިޓެޑްގައި ބިނާކޮށްފައިވާ ޕްރޮޖެކްޓުން ދަނޑުމަތީގައި ކާމިޔާބު ހޯދުމަށް މަގުފަހިވާނެ ކަމަށެވެ. ވުޑްވާޑް ގަބޫލުކުރާ ގޮތުގައި ޔުނައިޓެޑްގައި ދިގު މުއްދަތަކަށް ސޯލްޝެއާ ހުންނާނެ އެވެ. އެ ޕްލޭން އެކުލަވާލީ ސޯޝްޝެއާގެ ބެލުމުގެ ދަށުންނެވެ. ޔުނައިޓެޑުން ފައިނޭންޝިއަލް މާކެޓްގައި ހޯދަމުންދާ ކުރިއެރުން ވުޑްވާޑް ވަނީ ފާހަގަކޮށްފަ އެވެ.

"ކޮވިޑްގެ ތެރޭގައި ވެސް މާލީގޮތުން ރިކަވާ ކުރުމަށް އަހަރެމެންކޮށްފައިވާ މަސައްކަތް ކާމިޔާބުވެފައިވާކަން ދަނީ ހާމަވަމުން. އަހަރެމެން އެންމެ އިސްކަންދޭ ކަމަކީ ދަނޑުމަތީގައި ވެސް ކާމިޔާބު ހޯދުން،" ވުޑްވާޑް ވިދާޅުވި އެވެ.

"ކޯޗާއި ކުޅުންތެރިން ވެސް ތިބީ އެކަން ހާސިލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމުގައި ދެމިތިބޭ ގޮތަށް."

އެކަމަކު ޓީމުގެ ސީނިއާ ކުޅުންތެރިން ކަމަށްވާ، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕޯލް ޕޮގްބާ، ބުރުނޯ ފެނާންޑޭޒްގެ އިތުބާރެއް ސޯލްޝެއާއަކަށް ނެތެވެ. އިނގިރޭސި މީޑިއާތަކުން ބުނެފައި ވަނީ ސޯލްޝެއާ އަށް ކުޅުންތެރިންގެ އިތުބާރު ގެއްލުނީ އެކަށީގެންވާ ޓެކްޓިކްސް ޕްލޭނެއް ޔުނައިޓެޑްގައި ނެތުމުން ކަމަށެވެ.

ވާދަވެރި ލިވަޕޫލް އަތުން 5-0 އިން ބަލިވުމާއި މެންޗެސްޓާ ސިޓީ އަތުން 2-0 އިން ބަލިވުމުން ސޯލްޝެއާ އަށް ވަނީ ބޮޑު ޕްރެޝަރެއް ކުރިމަތިވެފަ އެވެ. ސޯލްޝެއާގެ މަގާމު ރިޕްލޭސް ކުރުމަށް ޔުނައިޓެޑުން ބައެއް ކޯޗުންގެ ނަންތައް ފާހަގަކޮށްފައިވާ ކަމަށް ވެސް މީޑީއާތަކުން ބުނެ އެވެ. އޭގެތެރޭގައި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗް ޒައިނުއްދީން ޒިދާން، ރެޑްބުލް ލައިޕްޒިގްގެ ކުރީގެ ކޯޗް ރާލްފް ރަންގްނިކް އަދި ލެސްޓާ ސިޓީގެ ކޯޗް ބްރެންޑެން ރޮޖާސް ހިމެނެ އެވެ.