16 އޮކްޓޯބަރ 2021
މެންޗެސްޓާ (އޮކްޓޯބަރު 16) – އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ 23 އަހަރުގެ ފޯވަޑް މާކަސް ރަޝްފޯޑް ކުލަބާއި ގައުމީ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކަން އޭނާ ފުޓުބޯޅައަށް ބޮޑު އަހަންމިއްޔަތެއް ދޭންޖެހޭ ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
މެންޗެސްޓާ (އޮކްޓޯބަރު 16) – އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ 23 އަހަރުގެ ފޯވަޑް މާކަސް ރަޝްފޯޑް ކުލަބާއި ގައުމީ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކަން އޭނާ ފުޓުބޯޅައަށް ބޮޑު އަހަންމިއްޔަތެއް ދޭންޖެހޭ ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
މި އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ފަހު ކޮނޑުގެ އޮޕަރޭޝަނެއް ކުރުމަށް ފަހު، މިހާރު ރަޝްފޯޑް ކުޅުމުގެތެރެއަށް އެނބުރި އަންނަން މަސައްކަތް ކުރަމުންދާއިރު، ކޮވިޑް-19ގެ ހާލަތުގައި ފަގީރު އާއިލާތަކުގެ ކުދިންނަށް ހިލޭ ކާތަކެތި ފޯރުކޮށްދިނުމަށް ރަޝްފޯޑު ކުރި ނަމޫނާ މަސައްކަތަށް އިނގިރޭސި ރާނީ ވަނީ އެމްބީއީގެ ހާއްސަ ދަރަޖަ އަރުވައިފަ އެވެ. އަދި މިއާ ގުޅިގެން ޔުނިވާސިޓީ އޮފް މެންޗެސްޓާ އިން މިދިޔަ ހަފްތާ ވަނީ ރަޝްފޯޑަށް އޮނޮރަރީ ޑޮކްޓްރޭޓްގެ ދަރަޖަ ވެސް ދީފަ އެވެ.
ސޯލްޝެއާ ބުނީ، ރަޝްފޯޑް ދަނޑު ބޭރުން ކުރާ މަސައްކަތާ އެއްވަރަށް ދަނޑުމަތީގައި ކުޅުން ނުދެއްކޭ ކަމަށެވެ. އަދި ރަޝްފޯޑްގެ ފަރާތުން އަބަދުވެސް މޮޅު ކުޅުމަކަށް އުންމީދުކުރާކަން އޭނާއަށް އެނގޭނެކަމާއި، އޮޕަރޭޝަނަށް ފަހު ވެސް ކުރީގެ ފޯމަށް އަނަނަން އޭނާއަށް ވަގުތު ދޭނެ ކަމަށް ސޯލްޝެއާ ބުންޏެވެ.
"ރަޝްފޯޑް މިހާރު އެހުރީ ފުޓުބޯޅަ ކުޅުންތެރިއެއްގެ ކެރިއަރުގެ އެންމެ ފައްކާ އުމުރަށް އެޅިފައި. ޔުނައިޓެޑުގައި މޮޅަށް ކުޅެ، އިނގިރޭސި ގައުމީ ޓީމުގައި ވެސް ފައިދާހުރި ކުޅުމެއް ކުޅެން މަސައްކަތް ކުރުން އޮތީ އޭނާގެ އްތަމަތީގައި،" ފުޓުބޯޅައިގައި ރަޝްފޯޑުގެ ކުރިމަގާގުޅޭގޮތުން ސޯލްޝެއާ ބުންޏެވެ.
"ރަޝްފޯޑް އެބަހުރި ވަރަށް ހާއްސަ ކަންކަން (މުޖްތަމައު އަށް) ކޮށްދީފައި. އެކަމަކު މިހާރު އެބަޖެހޭ އެއަށް ވުރެ ބޮޑަށް ފުޓުބޯޅައަށް އިސްކަން ދޭން."
ރަޝްފޯޑް ވަނީ މިހާތަނަށް ޔުނައިޓެޑްގެ ޖޯޒީގައި 271 މެޗް ކުޅެ، ގައުމީ ޓީމަށް 46 މެޗް ކުޅެދީފަ އެވެ.
މީގެ އިތުރުން ސޯލްޝެއާ ވަނީ އޮކްޓޯބަރު 2 ވަނަ ދުވަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އެވަޓަންއާ އެއްވަރުވި މެޗަށް ފަހު، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަންގެ ފާޑުކިޔުންތަކަށް ޖަވާބު ދީފަ އެވެ.
އެ މެޗަށް ފަހު ފާގަސަންއާ އެކު ޔޫއެފްސީ ލެޖެންޑް ކަބީބް ނޫރުމެގޮމެޑޯވް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯ ކްލިޕެއްގައި ފާގަސަން ވަނީ، މެނޭޖަރުން ކޮންމެ މެޗަކަށް ވެސް އެންމެ ވަރުގަދަ ކުޅުންތެރިން އަރުވަން ވާނެކަމަށް ބުނެފަ އެވެ. އެ މެޗަށް ސޯލްޝެއާ ނެގި ފުރަތަމަ 11 ގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނިއިރު، ރޮނާލްޑޯ ކުޅެން އެރުވީ ދެވަނަ ހާފުގަ އެވެ.
ސޯލްޝެއާ ބުނީ، އެފަދަ ކޮމެންޓްތައް އާންމުންނަށް ފެންނާނެހެން ސޯޝަލް މީޑިއާއަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އޭނާ ކައިރީ އެހެން ބުނަން ވަކިން ބައްދަލު ކޮށްލުން ރަނގަޅު ކަމަށެވެ.
"އަހަންނަށް ޔަގީން ސާ އެލެކްސް [ފާގަސަން] އެހެން ބުނުމަކުން އަހަރެން ދެބަހެއް ނުވާނަން. އަހަރެމެން އެންމެން ވެސް ކްރިސްޓިއާނޯ [ރޮނާލްޑޯ] ކުޅޭތަން ބަލަން ބޭނުންވޭ، އޭނާއަކީ ތަފާތު ކުޅުންތެރިއެއް،" ސޯލްޝެއާ ބުންޏެވެ.
"އެކަމަކު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރޮނާލްޑޯ އަށް ވެސް ހުރިހާ މެޗެއްގައި ނުކުޅެވޭނެކަން. އެއީ އިންސާނީ ތަބީއަތް."
ފީފާ އިންޓަނޭޝަނަލް ބްރޭކަށް ފަހު މެންޗެސްޓާ ޔުނައިޓެޑް ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ 7 ޖަހާއިރު ނުކުންނާނީ ކިންގް ޕަވާ ސްޓޭޑިއަމްގައި ލެސްޓާ ސިޓީއާ ދެކޮޅަށެވެ.
ރެޝްފޯޑަށް ސީޒަން ނިމުނީތަ؟
ރަޝްފޯޑް ވިއްކާލަން ޔުނައިޓެޑުން ބާޒާރަށް ނެރެފި
ރަޝްފޯޑް ޔުނައިޓެޑްގައި މަޑުކުރާނެ: ޓެން ހަގް
ބާސާ އާއި ޔުނައިޓެޑް: ދެ ކޯޗުން ތައުރީފު އޮއްސާލައިފި
ފަހަތުން އަރައި ޔުނައިޓެޑުން ސިޓީ ފަހަތުގައި ވިއްދައިފި
އެފްއޭކަޕް ގައި ވެސް ޔުނައިޓެޑްގެ ތަފާތަކަށްވީ ރަޝްފޯޑް
ރަޝްފޯޑްގެ 100 ވަނަ ގޯލާ އެކު ޔުނައިޓެޑް ކުރިއަށް
ސޯލްޝެއާ ވަކިކުރަން ޔުނައިޓެޑްގެ ބޯޑުން ނިންމައިފި
ކުޅުންތެރިންގެ އިތުބާރެއް ނެތް، ވުޑްވާޑް އިތުބާރު ކުރޭ
ޔުނައިޓެޑް އުނދަގޫ ހާލަތުގައި، ސޯލްޝެއާ ޗުއްޓީ އަށް