Roadha Mihaaru
"ފަލަސްތީނަށް ތާއީދުކުރި ޕޮގްބާއަށް އިހްތިރާމް ހައްގު"

ފަލަސްތީނަށް ތާއީދުކުރި ޕޮގްބާއަށް އިހްތިރާމް ހައްގު: އޮލޭ

19 މެއި 2021

މެންޗެސްޓާ (19 މެއި) - އިނގިރޭސި ވިލާތުގެ އެންމެ ތާރީހީ ސްޓޭޑިއަމް، އޯލްޑްޓްރަފާޑްގައި ފަލަސްތީންގެ ދިދަ ހާމަކޮށް އެ ގައުމަށް ތާއީދު އޮތްކަން ހާމަކުރި މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އާއިިި އަމަޑް ޑިއާލޯއަށް އިހްތިރާމްކުރަން ޖެހޭނެ ކަމަށް ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްސަޔާ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެންޗެސްޓާ (19 މެއި) - އިނގިރޭސި ވިލާތުގެ އެންމެ ތާރީހީ ސްޓޭޑިއަމް، އޯލްޑްޓްރަފާޑްގައި ފަލަސްތީންގެ ދިދަ ހާމަކޮށް އެ ގައުމަށް ތާއީދު އޮތްކަން ހާމަކުރި މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އާއިިި އަމަޑް ޑިއާލޯއަށް އިހްތިރާމްކުރަން ޖެހޭނެ ކަމަށް ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްސަޔާ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި ރޭ ފުލަމް އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ޕޮގްބާ އާއި ޑިއޯލާ ވަނީ ފަލަސްތީންގެ ދިދަ އޯލްޑްޓްރަފާޑްގައި ވިހުރުވައިފަ އެވެ. ސޮލްސަޔާ ބުނީ ޔުނައިޓެޑްގައި އެކި ދަރިކޮޅުތަކަށާއި އެކި ސަގާފަތްތަކަށް ނިސްބަތްވާ ކުޅުންތެރިން ތިބިއިރު ކުޅުންތެރިން ފާޅުކުރާ ވަކިވަކި ޝުއޫރުތަކަށް އިހްތިރާމްކުރަން ޖެހޭނެ ކަމަށެވެ.

"އަހަރެމެން ޖެހޭނެ އެމީހުންގެ ހިޔާލަށް އިހްތިރާމް ކުރަން،" ޕޮގްބާ އާއި ޑިއޯލާ ފަލަސްތީންގެ ދިދަ ހާމަ ކުރުމުން، އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން، ސޮލްސަޔާ ބުންޏެވެ.

"އެ ކުޅުންތެރިން އެމީހުންގެ ހިޔާލާ ތަފާތުވެ - ފުޓްބޯޅައިގެ އިތުރުން އެކަހަލަ ކޮންމެވެސް ކަމަކާ ވިސްނަންޏާ އެއީ ވެސް ޕޮޒިޓިވް ކަމެއް. ކުރިންވެސް އަހަރެމެންގެ ކުޅުންތެރިން ވަނީ އެފަދަ ނަމޫނާ ދައްކާފައި. މިސާލަކަށް މާކޯސް ރަޝްފާޑް. އޭނާ ދެއްކި ތަފާތު ބަލާ. ކުޅުންތެރިން ފާޅު ކުރާ ހިޔާލަށް އަހަރެމެން އިހްތިރާމް ކުރަން ޖެހޭ."

މިހަފުތާގައި ކުޅުނު އެފްއޭ ކަޕްގެ ފައިނަލަށް ފަހު، ލެސްޓާ ސިޓީގެ ދެ ކުޅުންތެރިން ކަމަށް، ހަމްޒާ ޗައުދަރީ އާއި ވެސްލީ ފޮފަނާ ވެސް ވަނީ ފަލަސްތީންގެ ދިދަ ހިފައިގެން ޝުއޫރު ފާޅުކޮށްފަ އެވެ. ފަލަސްތީންގެ ދިދަ ހާމަކުރި ކުޅުންތެރިންނަށް އަދަބު ނުދޭން އިނގިރޭސި އެފްއޭއިން ވަނީ ނިންމައިފަ އެވެ. އެހެންވެ ޕގްބާ އާއި ޑިއޯލާއަށްވެސް އަދަބެއް ނާންނާނެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާ ހިސާރުކޮށް، އަނިޔާވެރިމާ އެކު އާންމުންނަށް ހަމަލާ ދެމުން ގެންދާ ވަގުތެއްގައި، ދުނިޔޭގެ އެކިކަންކޮލޫތަކުގައި ދަނީ ފަަލަސްތީނަށް ތާއީދު ކޮށް ޝުއޫރު ފާޅުކުރަމުންނެވެ.

ކޮވިޑް-19 ސަބަބުން ދަނޑަށް ސަޕޯޓަރުން ނުވައްދާތާ އެއް އަހަރު ފަހުން، ޔުނައިޓެޑްގެ ދަނޑަށް ސަޕޯޓަރުން ވެއްދި ފުރަތަމަ މެޗެވެ. ރޭ ގެ މެޗަށް 10،000 ސަޕޯޓަރުން ވެއްދި އެވެ.

ފުލަމް އާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް އެއްވަރުވީ 1-1 ންނެވެ. ފުރަތަމަ ހާފުގައި އެޑިންސަން ކަވާނީ ޖެހި އާދަޔާ ހިލާފް ލަނޑުން ޔުނައިޓެޑަށް ލީޑް ނަގާފައި ވަނިކޮށް ދެ ވަނަ ހާފުގައި ފުލަމް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވިލިއަމް ބްރަޔަން އެވެ.

އެފްއޭ ކަޕް ފައިނަލުގައި ލެސްޓާ އަތުން ބަލިވި ޗެލްސީ ރޭ ވަނީ ލީގުގައި ލެސްޓާ ބަލިކޮށް ތާވަލުގެ ތިން ވަނަ މަގާމަށް ޖެހިލައިފަ އެވެ.