Roadha Mihaaru
ވެމްކޯ އާއި ޕޮލިހަށް ރަނގަޅު ފެށުމެއް

ކްލަބު މޯލްޑިވްސް: ވެމްކޯ އާއި ޕޮލިހަށް ރަނގަޅު ފެށުމެއް

24 ނޮވެމްބަރ 2021

ކްލަބު މޯލްޑިވްސް ފިރިހެން ޑިވިޝަންގެ ގުރޫޕް ސީ ގައި އެންމެ ފަހުގެ ރަނަރަފް ވެމްކޯ އިން ސްޓްެލްކޯ ރޭ ބަލިކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކްލަބު މޯލްޑިވްސް ފިރިހެން ޑިވިޝަންގެ ގުރޫޕް ސީ ގައި އެންމެ ފަހުގެ ރަނަރަފް ވެމްކޯ އިން ސްޓްެލްކޯ ރޭ ބަލިކޮށްފި އެވެ.

ވަރުގަދަ ޓީމަކާއެކު މުބާރާތަށް ނުކުތް ވެމްކޯ އިން މެޗު ކާމިޔާބު ކުރީ 7-0 އިންނެވެ. ވެމްކޯގެ ހަތް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ ދެވަނަ ހާފުގަ އެވެ.

ލަނޑުތައް ކާމިޔާބު ކުރީ އަލީ ހާފިޒް (ހައްޕެ) އާއި އިބްރާހިމް މުބީން (މުއްކި) ގެ އިތުރުން އަލީ އިމްރާނެވެ.

ޕޮލިސް ކްލަބާއި އެލައިޑް ރޭ ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ޕޮލިސް ކްލަބާއި އެލައިޑް ރޭ ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ގުރޫޕް ބީ ގައި ޕޮލިސް ކްލަބާއި އެލައިޑް ބައްދަލު ކުރި މެޗު ޕޮލިސް ކްލަބު ކާމިޔާބުކުރީ 4-1 އިންނެވެ. ޕޮލިސް ޓީމުގެ އަހްމަދު ރިޝްފާން ދެ ލަނޑު ކާމިޔާބުކުރިއިރު، އަނެއް ދެ ލަނޑު ޖެހީ ޒާޔިދު މުސްތަފާ އާއި އަލީ ފަހުމީ އެވެ.

އެލައިޑްގެ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ޑިވިޝަންގައި ކުޅޭ އަންސަރު އިބްރާހިމް (އަންކޮ) އެވެ.

ހުޅުމާލޭގެ ރެހެންދި ސްކޫލް ކައިރިގައި އޮންނަ ފުޓްސަލް ދެ ދަނޑުގައި މިރޭ 8:15 ގައި ކުޅޭ ދެ މެޗުގައި ކުޅޭނީ ގުރޫޕް އީ ގައި ފިއުލް ސަޕްލައި އާއި ހައުސިން މިނިސްޓްރީ އެވެ. ގުރޫޕް ޑީ ގައި ފެން ކުންފުންނާއި އާރްޑީސީ އެވެ.