ސްޓޮކްހޯމް (ނޮވެމްބަރު 25) - ސްވިޑަންގެ ބޮޑުވަޒީރުގެ މަގާމަށް މަގްޑަލެނާ އެންޑަސަން އެ ގައުމުގެ ޕާލަމެންޓުން އައްޔަންކުރިތާ އެއް ދުވަސް ވެސް ނުވަނީސް އިސްތިއުފާ ދެއްވައިފި އެވެ.
25 ނޮވެމްބަރ 2021
ސްޓޮކްހޯމް (ނޮވެމްބަރު 25) - ސްވިޑަންގެ ބޮޑުވަޒީރުގެ މަގާމަށް މަގްޑަލެނާ އެންޑަސަން އެ ގައުމުގެ ޕާލަމެންޓުން އައްޔަންކުރިތާ އެއް ދުވަސް ވެސް ނުވަނީސް އިސްތިއުފާ ދެއްވައިފި އެވެ.
ސްވިޑަންގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރި އެންޑަސަން އިސްތިއުފާ ދެއްވީ އެކަމަނާ ޕާލަމެންޓަށް ހުށަހެޅުއްވި ބަޖެޓް ފާސްނުވުމާއި ކޯލިޝަން ސަރުކާރުގައި ހިމެނޭ ބައިވެރިއެއް ކަމަށްވާ ގްރީންސް ޕާޓީ ވަކިވުމުންނެވެ.
"ގާނޫނުއަސާސީއާ އެއްގޮތަށް ޕްރެކްޓިސް ކުރަމުން އަންނަ ކަމެއް އެއީ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕާޓީއެއް ވަކިވެއްޖެ ނަމަ ސަރުކާރު އިސްތިއުފާ ދިނުން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު އެންޑަސަން ވިދާޅުވި އެވެ. "ގާނޫނީ ގޮތުން ސުވާލު އުފެދޭ ފަދަ ސަރުކާރެއް ހިންގަން ހުންނަން އަޅުގަނޑު ބޭނުމެއް ނުވޭ."
އެންޑަސަން ވިދާޅުވީ ސޯޝަލް ޑިމޮކްރެޓުންނާ އެކު މައިނޮރިޓީ ސަރުކާރެއް އުފެއްދިދާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. އަދި އަލުން ބޮޑުވަޒީރުގެ މަގާމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ސްވިޑަންގެ ބޮޑުވަޒީރުގެ މަގާމަށް އެންޑަސަން އައްޔަން ކޮށްފައި ވަނީ ލެފްޓް ޕާޓީއާ އެކު އެންމެ ފަހު ވަގުތު ގާއިމްކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އެ ޕާޓީން ކޯލިޝަނުގައި ބައިވެރިވާން އެއްބަސްވީ ޕެންޝަން ބޮޑުކުރުމަށް ޝަރުތުކޮށްފަ އެވެ. ނަމަވެސް ލެފްޓް ޕާޓީއާ އެކުވި އެއްބަސްވުމާ މެދު ހިތްހަމަނުޖެހިގެން ސެންޓަ ޕާޓީން ވަނީ އެންޑަސަންގެ ބަޖެޓަށް އޮތް ތާއީދު އަނބުރާ ގެންގޮސްފަ އެވެ. ނަތީޖާއެއްގެ ގޮތުން އެކަމަނާގެ ބަޖެޓް ފާސްކުރަން ބޭނުންވާ އަދަދަށް ވޯޓެއް ހަމައެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި ޕާލަމެންޓުން ފާސްވީ އިދިކޮޅު ޕާޓީތަކުން ހުށަހެޅި ބަޖެޓެވެ.
އުމުރުން 54 އަހަރުގެ އިކޮނޮމިސްޓް، އެންޑަސަން ވަނީ ސްވިޑަންގެ ފިނޭންސް މިނިސްޓަރުގެ މަގާމު ވޭތުވެދިޔަ ހަތް އަހަރު އަދާކުރައްވައިފަ އެވެ.
ސްވިޑްން ނޭޓޯއަށް ވައްދަން އެހީވާނެކަމަށް ހީނުކުރާތި
ނޭޓޯގައި ބައިވެރިވާން ތުރުކީ ބުނާހާ ކަމެއް ނުކުރެވޭނެ
އިޓަލީގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ކަމަށް ޖިއޯޖިއާ
ނޭޓޯއަށް ވަންނަން ފިންލޭންޑާއި ސްވިޑްން ހުށަހަޅައިފި
ފިންލޭންޑާއި ސްވިޑްން ނޭޓޯއަށް ވައްދަން ތުރުކީ ދެކޮޅު
ސްވިޑްން ވެސް ނޭޓޯގައި ބައިވެރިވުން ވަރަށް މުހިންމު
ޚަތިމް އެންދުމުން ސްވިޑްންގައި މުޒާހަރާތައް ހޫނުވަނީ
ޖަޕާނުގެ 100 ވަނަ ބޮޑުވަޒީރު ކަމަށް، ފުމިއޯ ކިޝީޑާ
އަރަބި ދުނިޔޭގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ތޫނިސްގައި
ޖަޕާނުގެ ބޮޑުވަޒީރަކަށް ދެން ވާނީ ފުމިއޯ ކިޝީޑާ