އިޓަލީ ވިލާތުގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގައި، މެދުމިނު-ކަނާތު ފިޔައިގެ ކޯލިޝަންގެ ލީޑަރު ޖިއޯޖިއާ މެލޯނީ ކުރި ހޯއްދަވައި، އެ ގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުކަމުގެ ޝަރަފު ހާސިލުކުރެއްވުމުގެ ފުރުސަތު ތަނަވަސްކުރައްވައިފި ކަމަށް، ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކައިފި އެވެ.
އިޓަލީ ވިލާތުގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގައި، މެދުމިނު-ކަނާތު ފިޔައިގެ ކޯލިޝަންގެ ލީޑަރު ޖިއޯޖިއާ މެލޯނީ ކުރި ހޯއްދަވައި، އެ ގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުކަމުގެ ޝަރަފު ހާސިލުކުރެއްވުމުގެ ފުރުސަތު ތަނަވަސްކުރައްވައިފި ކަމަށް، ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކައިފި އެވެ.
އިންތިޚާބުގެ ވޯޓުލުމަށް ފަހު، ނެގި ޚިޔާލު ހޯދުމުގެ ވޯޓު (އެގްޒިޓް ޕޯލް)ގެ ނަތީޖާ ދައްކާ ގޮތުން، މެދުމިނު-ކަނާތު ފިޔައިގެ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އަދި ޖިއޯޖިއާ ލީޑަރުކަން ކުރައްވާ ބްރަދާސް އޮފް އިޓަލީ ޕާޓީން، ވޯޓުގެ 26 ޕަސެންޓް ކާމިޔާބު ކުރާނެ އެވެ. އަދި އެ ކޯލިޝަންގައި ހިމެނޭ ލީގް ޕާޓީން 8.7 ޕަސެންޓާއި، ފޯވާޑް އިޓަލީ ޕާޓީން 8.2 ޕަސެންޓް ކާމިޔާބު ކުރާނެ އެވެ.
History is written! Despite Ursula von der Leyen's unworthy and dirty threats, Italians vote en masse for the far right. Giorgia Meloni first female premier in the history of Italy. pic.twitter.com/azjKug2xVm
— RadioGenova (@RadioGenova) September 25, 2022
"މި ގައުމުގައި ވެރިކަން ކޮށްދިނުމަށް އަހަރެމެންނަށް ދައުވަތު ލިބިއްޖެ ނަމަ، ގައުމު އެއްބައިވަންތަކުރުމުގެ މަގްސަދުގައި، އިޓަލީގެ އެންމެންނަށްޓަކައި އަހަރެމެން އެކަންތައް ކޮށްދޭނަން. އިޓަލީގެ ދިދަ މިނިވަންކަމާއެކު ހޫރުވައި، އިޓަލީގެ ރައްޔިތުންނަށްވީތީ ފަޚުރުވެރިވެވޭ ފަދަ ވެރިކަމެއް ކޮށްދޭނަން. ކަލޭމެން އަހަރެމެން އިޚްތިޔާރު ކުރޭ، އަހަރެމެން ކަލޭމެންނަށް ޚިޔާނާތެއް ނުވާނަން،" އިންތިޚާބުގައި ވޯޓު ލެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖިއޯޖިއާ މެލޯނީ ވިދާޅުވި އެވެ.
ވާތު ފިޔައިގެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް މަސައްކަތްކޮށް، އިންތިޚާބުގެ ވޯޓުލުން ފެށުމާ ހަމައަށް ވެސް އެކަން ކާމިޔާބު ނުކުރެވުނު ޑިމޮކްރެޓިކް ޕާޓީ އަށް، މިފަހަރުގެ އިންތިޚާބުގައި ލިބޭނެ ކަމަށް ބެލެވެނީ 18.3 ޕަސެންޓެވެ. އުވިދާނެ ކަމަށް ބެލެވުނު ފައިވް ސްޓާ މޫވްމަންޓާ މެދު ލަފާކުރެވުނު ގޮތާ ޚިލާފަށް، ވޯޓުގެ 16.6 ޕަސެންޓް ކާމިޔާބު ކުރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
ސެޕްޓެމްބަރ 25، 2022؛ އިޓަލީ ވިލާތުގެ އާންމު އިންތިޚާބުގައި، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އަދި ކަނާތު ފިޔައިގެ ފޯޒާ އިޓާލިއާ ޕާޓީގެ ލީޑަރު ސިލްވިއޯ ބެރްލުސްކޯނީ ވޯޓު ލެއްވުމަށް ފަހު އެނބުރި ވަޑައިގަންނަވަނީ. --އޭއެފްޕީ
އިންތިޚާބުގެ ނަތީޖާ މިހާތަނަށް އިއުލާން ނުކުރި ނަމަވެސް، ބްރަދާސް އޮފް އިޓަލީގެ ލީޑަރު ޖިއޯޖިއާ ވިދާޅުވީ އިއްޔެ ބޭއްވި އިންތިޚާބަކީ، އިޓަލީ މިހާރު ބޭނުންވަނީ މެދުމިނު-ކަނާތު ފިޔައިގެ ސަރުކާރެއް ކަމަށް، އިޓަލީގެ ރައްޔިތުން ކުރި ވަރަށް ސާފު އިޝާރާތެއް ކަމަށެވެ.
ވެރިރަށް ރޯމަށް އުފަން ޖިއޯޖިއާ، ބްރަދާސް އޮފް އިޓަލީގެ ލީޑަރުކަމާ 2014 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި އިރު، އާންމު ރައްޔިތުންގެ މެދުގައި އެ ޕާޓީ އަށް މާ ބޮޑު ތާއީދެއް ނެތެވެ. އޭގެ ފަހުން 2018 ވަނަ އަހަރާ ހަމައަށް އައިއިރު ވެސް ރައްޔިތުންގެ މެދުގައި އެ ޕާޓީ އަށް އޮތް ތާއީދުގެ ނިސްބަތް 10 ޕަސެންޓަށް ވެސް ނާރަ އެވެ.
ސެޕްޓެމްބަރ 25، 2022؛ އިޓަލީ ވިލާތުގެ އާންމު އިންތިޚާބުގައި، އެ ގައުމުގެ ބްރަދާސް އޮފް އިޓަލީ ޕާޓީގެ ލީޑަރު ޖިއޯޖިއާ މެލޯނީ ވޯޓު ލައްވަނީ. --އޭއެފްޕީ
އެހެން ނަމަވެސް، އިދިކޮޅު ލީޑަރެއްގެ ގޮތުގައި މިދިޔަ އަށް އަހަރު އޭނާ ކުރެއްވި މަސައްކަތްތަކަށް، ސަރުކާރާ މެދު ނާއުންމީދުވެފައި ތިބި އިޓަލީ ރައްޔިތުންގެ ހިތްތަކުގައި ބުރަދަނެއް ދެވެން ފެށުނެވެ. މިދިޔަ 11 އަހަރުގެ ތެރޭގައި ހަތް ސަރުކާރު އުފެދިފައިވާ އިރު، މިހާތަނަށް އަޖުމަ ނުބެލި އޮތް ހަމައެކަނި އިޚްތިޔާރަކީ ޖިއޯޖިއާ މެލޯނީ އެވެ.
ވެރިކަމުގެ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ މިހާރުގެ ބޮޑުވަޒީރު މާރިއޯ ޑްރާގީގެ ސަރުކާރަށް ތާއީދު ނުކުރާން އޭނާ ނިންމެވި ހިސާބުން ފެށިގެން، ރައްޔިތުންގެ މެދުގައި އޭނާގެ މަގުބޫލުކަން އިތުރުވި އެވެ. އިއްޔެގެ އިންތިޚާބުގައި ވޯޓުލީ މީހުންނާ ސުވާލުކޮށްގެން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން، ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު، އެ ގައުމުގައި ވެރިކަން ކުރައްވާ ކަނާތު ފިޔައިގެ ފުރަތަމަ ލީޑަރަށް، އަދި އެ ގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު މިހާރު ވަނީ ޖިއޯޖިއާ އަށް ތަނަވަސްވެފަ އެވެ.
ސެޕްޓެމްބަރ 25، 2022؛ އިޓަލީ ވިލާތުގެ އާންމު އިންތިޚާބުގައި، އެ ގައުމުގެ ކަނާތު ފިޔައިގެ ލީގް ޕާޓީގެ ލީޑަރު މަޓެއޯ ސަލްވީނީ ވޯޓު ލައްވަނީ. --އޭއެފްޕީ
އިންތިޚާބަށް ކެމްޕޭން ކުރެއްވި އިރު، އޭނާގެ ގެންގުޅުއްވީ މުހިންމު ތިން ވައުދެކެވެ. އެއީ ޓެކްސް ކުޑަކުރުމާއި، ގަވާއިދާ ޚިލާފަށް ހިޖްރަކުރާ މީހުން ގައުމަށް އެތެރެވުން ހުއްޓުވުމާއި، ވިލާތުގެ އިއްތިހާދުގެ ތެރޭގައި އިޓަލީ ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދިނުމެވެ.
އިންތިޚާބުގެ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. ނަމަވެސް އަންނަ ނޮވެމްބަރު މަހުގެ މެދުތެރެއާ ހިސާބުގައި ނޫނީ އާ ސަރުކާރެއް ނުއުފެއްދޭނެ އެވެ. މަޖިލީހަށް މިފަހަރު އިންތިޚާބުވި މެމްބަރުންނަށް ދެން އޮތް މަރުހަލާގެ މަސައްކަތަކީ، ގާނޫނު ހަދާ މަޖިލީހުގެ މަތިގެ (ސެނެޓް) އާއި ތިރިގެ (ޗެމްބަރ އޮފް ޑެމިއުޓީސް) ގެ ރައީސުން ކަނޑައެޅުމެވެ.
ސެޕްޓެމްބަރ 25، 2022؛ އިޓަލީ ވިލާތުގެ އާންމު އިންތިޚާބުގައި، އެ ގައުމުގެ ފައިވް ސްޓާ މޫވްމަންޓްގެ ލީޑަރު ޖުސެޕީ ކޮންޓޭ ވޯޓު ލައްވަނީ. --އޭއެފްޕީ
އެއަށް ފަހުގައި އޮންނާނީ، އެ ދެ މަގާމަށް ކަނޑައަޅާ ދެ ބޭފުޅުންނާއި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯދި ޕާޓީތަކުގެ ލީޑަރުން، އިޓަލީގެ ރައީސް ސެރްގިއޯ މަޓަރެއްލާއާ އެކުގައި މަޝްވަރާ ކުރެއްވުމެވެ. އިންތިޚާބުގެ ނަތީޖާ އާއި މަޖިލީހުގައި ޕާޓީތަކަށް ގޮނޑިތައް ލިބުނު ނިސްބަތަށް ރިއާޔަތް ކުރެއްވުމަށް ފަހު، އައު ބޮޑުވަޒީރަކު ކަނޑައަޅުއްވާނީ، ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ރައީސެވެ.
އެއަށް ފަހު އާ ބޮޑުވަޒީރު، އޭނާގެ ކެބިނެޓްގައި ހިމަނުއްވަން ބޭނުންވާ ބޭފުޅުންގެ ލިސްޓެއް އެކުލަވާލައްވައި، ރައީސަށް ހުށަހަޅުއްވައި ރުހުން ހޯއްދެވުމަށް ފަހު، ގާނޫނު ހަދާ މަޖިލީހަށް އެ ލިސްޓް ހުށަހަޅުއްވައި، އާ ކެބިނެޓަށް އިތުބާރު އޮތްތޯ ބައްލަވާނެ އެވެ.
އިޓަލީގެ ފުރަތަމަ އަންހެން ބޮޑުވަޒީރަކަށް މެލޯނީ
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
ބޮޑުވަޒީރުކަން ލިބުނުތާ އެއްދުވަސްތެރޭ އިސްތިއުފާ
އުރުދުގާން އާއި ބައިޑެން މަޝްވަރާ ކުރައްވައިފި
ޖަޕާނުގެ 100 ވަނަ ބޮޑުވަޒީރު ކަމަށް، ފުމިއޯ ކިޝީޑާ
އަރަބި ދުނިޔޭގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ތޫނިސްގައި
ޖަޕާނުގެ ބޮޑުވަޒީރަކަށް ދެން ވާނީ ފުމިއޯ ކިޝީޑާ
މެލޭޝިޔާގެ ސަރުކާރާއި އިދިކޮޅު ކޯލިޝަން އެއްގަލަކަށް
މުއްސަނދި ގައުމުތަކުގެ ވެރިން އިލެކްޓްރޯނިކް ކުނިބުނިން
އެންމެ ޒުވާން ބޮޑުވަޒީރު ކައިވެނި ބައްލަވައިގެންފި