ތޫނިސްގެ ދުސްތޫރީ ހުރިހާ ބާރުތަކެއް އަމިއްލަ ކުރައްވައިގެން ހުންނެވި އެ ގައުމުގެ ރައީސް ސައީދު ގައިސްގެ އިސްތިއުފާ އަށް ގޮވާލަމުންދާ އަޑުތައް ގަދަވެފައިވަނިކޮށް، އާ ސަރުކާރެއް އެކުލަވައިލުމުގެ ގޮތުން، ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރުގެ މަގާމަށް އިއްޔެ އައްޔަން ކުރައްވައިފި އެވެ.
ތޫނިސްގެ ދުސްތޫރީ ހުރިހާ ބާރުތަކެއް އަމިއްލަ ކުރައްވައިގެން ހުންނެވި އެ ގައުމުގެ ރައީސް ސައީދު ގައިސްގެ އިސްތިއުފާ އަށް ގޮވާލަމުންދާ އަޑުތައް ގަދަވެފައިވަނިކޮށް، އާ ސަރުކާރެއް އެކުލަވައިލުމުގެ ގޮތުން، ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރުގެ މަގާމަށް އިއްޔެ އައްޔަން ކުރައްވައިފި އެވެ.
މިއީ އަރަބި ގައުމެއްގައި ބޮޑުވަޒީރުގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. ޖިއޯސައެންސްގެ ދާއިރާ އިން ޕީއެޗްޑީ ހާސިލުކުރައްވައިގެން ހުންނެވި ނަޖްލާ ބޫދަން ރޮމްދާނީ، 63، އަކީ މީގެ ކުރިން ސިޔާސީ އެއްވެސް ކަމެއްގައި އުޅުއްވި ބޭފުޅެއް ނޫނެވެ. އަދި ސިޔާސީ އެއްވެސް ޕާޓީއަކާ ގުޅިވަޑައިގެން ހުންނެވި ބޭފުޅެއް ވެސް ނޫނެވެ.
ތޫނިސްގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ނަޖްލާ އައްޔަންކުރެއްވިކަން، ފޭސްބުކްގައި އިއުލާން ކުރައްވަމުން، ރައީސް ގައިސް ސައީދު ވިދާޅުވީ މިއީ ވަރަށް ތާރީހީ ބަދަލެއް ކަމަށެވެ. ނަޖްލާގެ ބޮޑުވަޒީރުކަމުގައި އެކުލަވައިލައްވާ ސަރުކާރުން، އެ ގައުމުގައި މިހާރު ފެތުރިފައިވާ ކޮރަޕްޝަނާއި ސިޔާސީ އަދި އިޖްތިމާއީ ހަމަނުޖެހުންތަކަށް ހައްލެއް ހޯއްދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ނަޖްލާގެ ސަރުކާރު ދެމިއޮންނާނީ، މިހާރު ރިއާސީ ގަރާރަކުން ކަނޑައަޅާފައިވާ އިސްތިސްނާއީ މަރުހަލާ ނިމެންދެންނެވެ.
"އަހަރެމެން އެންމެ ފުރަތަމަ މި މަސައްކަތް ކުރަނީ، ކޮރަޕްޝަނާއި ފަސާދަ ނައްތާލަން. އެއަށް ފަހު، ތޫނިސްގެ ރައްޔިތުން އެދޭ ގޮތަށް، ތައުލީމާއި ސިއްހަތާއި ދަތުރުފަތުރުގެ ހިދުމަތްތައް ތަރައްގީކޮށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދޭން މަސައްކަތް ކުރާނަން،" ރައީސް ގައިސް ވިދާޅުވި އެވެ.
ރައީސް ގައިސް ވިދާޅުވި ގޮތުގައި، އާ ބޮޑުވަޒީރު ވަރަށް އަވަހަށް ސަރުކާރު އެކުލަވާލައްވައި ގައުމުގެ އިސްލާހް ކުރެއްވުމުގެ މަސައްކަތް ފައްޓަވާނެ އެވެ.
ސިޔާސީ ބޮޑު ހަލަބޮލިކަމެއްގެ ތެރޭގައި ތޫނިސް ވަނިކޮށް، ސިޔާސީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅަކު ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރެއްވުމުން، ސިޔާސީ ފަރާތްތަކުގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން ވަނީ އުފެދިފަ އެވެ. ފުރަތަމަ ކަމަކީ، ބޮޑުވަޒީރު ކަމަށް އައްޔަންކުރެއްވި ނަޖްލާއަކީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ނުވާއިރު، އެމަގާމަށް އޭނާ އައްޔަން ކުރެއްވުމެވެ.
ބައެއް ސިޔާސީ ޕާޓީތަކުން ބުނާ ގޮތުގައި މި ވަގުތު މުހިންމީ އަސްކަރީ ހައްލަކަށް ދިއުމުގެ ބަދަލުގައި، މަދަނީ ސަރުކާރެއް އެކުލަވާލައިގެން މައްސަލަތައް ހައްލުކުރެވޭތޯ ބެލުމެވެ. "ތަހްޔާ ތޫނިސް" ޕާޓީން ބުނި ގޮތުގައި ބޮޑުވަޒީރުގެ މަގާމަށް އަންހެނަކު އައްޔަން ކުރުމަކީ، ރަމްޒީ ގޮތުން ބަލާއިރު މުހިންމު ކަމެކެވެ.
އެހެން ނަމަވެސް މި ވަގުތަށް މުހިންމީ، ގައުމު މިހާރު ވެއްޓިފައި އޮތް އަނދަވަޅުން ގައުމު ސަލާމަތް ކުރެވޭ ވަރުގެ އިގްތިސާދީ އެޖެންޑާއެއް، އާ ބޮޑުވަޒީރުގެ އަތްޕުޅުގައި އޮތުން ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.
މި އަހަރުގެ ޖުލައި 25 ވަނަ ދުވަހު ރައީސް ގައިސް ނެރުއްވި ރިއާސީ ގަރާރަކުން ވަނީ އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި މަޝީޝީ މަގާމުން ދުރުކުރައްވައި ސަރުކާރު އުވާލައްވައި ވެރިކަމުގެ ހުރިހާ ބާރުތަކެއް އަމިއްލަ ކުރައްވައިފަ އެވެ. އަދި، ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައި، މަޖިލީހުގެ މެމްބަރުންނަށް ގާނޫނުން ލިބިދޭ އިމްތިޔާޒުތައް ވެސް ވަނީ ހިފަހައްޓަވައިފަ އެވެ.
ރައީސް ގައިސްގެ އެ ނިންމެވުމާ ދެކޮޅަށް، ގާނޫނު ހަދާ މަޖިލީހުގެ 73 މެންބަރަކު ވަނީ މިދިޔަ ހަފުތާގައި ބަޔާނެއް ނެރުއްވައިފަ އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ގައުމުގެ ކަންކަން އިސްލާހުކުރަން އެދޭ ނަމަ، ރައީސް ގައިސް ކުރައްވަންވީ ކަމަކީ، ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ފެށޭނެ ގޮތް ހަމަޖައްސައި ދެއްވުމެވެ.
ގާނޫނު ހަދާ މަޖިލީހުގެ 73 މެންބަރުންގެ އަދަދަކީ، މަޖިލީހުން ކަމެއް ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދެވެ. ޖަލްސާއެއް ބޭއްވުމަށް ނުވަތަ ގާނޫނެއް ފާސްކުރަން ވިޔަސް، އެކަމެއް ފާސްވާނީ 73 މެމްބަރުންގެ ވޯޓު ލިބިގެންނެވެ.
ތޫނިސްގައި އާންމުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަގަނީ
ހުރިހާ ޕާޓީތަކުގެ ސަރުކާރާ ބެހޭ ތަފްސީލު ހިއްސާކުރަނީ
އިތިއޮޕިއާ ސިފައިން މުހިންމު ދެ ސަރަހައްދެއް ހިފައިފި
އިންތިހާބަށް ފަހު ސިފައިން ސިޔާސީ ކަންކަމާ ދުރުވާނެ
ތޫނިސްގައި ސިޔާސީ ހަމަނުޖެހުން އިތުރުވަނީ
ސޫދާންގެ މުޒާހަރާއިން ގިނަ ބަޔަކު ހައްޔަރުކޮށްފި
ސޫދާންގެ އަސްކަރީ ސަރުކާރަށް ފިއްތުން އިތުރުވަނީ
ތޫނިސްގެ އާ ސަރުކާރު އިއުލާންކޮށްފި
ތޫނިސްގެ ރައީސް ބާރު ގަދަކުރައްވަނީ، އިދިކޮޅު ރަތަށް
ތޫނިސްގެ ގާނޫނުއަސާސީ ބަދަލުކުރަނީ