Roadha Mihaaru
އާމިރާއި ރަންބީރް އެކީގައި ފިލްމަކަށް ތައްޔާރު

އާމިރާއި ރަންބީރް އެކީގައި ފިލްމަކަށް ތައްޔާރު

29 ނޮވެމްބަރ 2021

ބޮލީވުޑްގެ ދެ ސުޕަސްޓާރުން ކަމަށްވާ އާމިރު ޚާނާއި ރަންބީރް ކަޕޫރް އެކީގައި ކުޅޭ ފިލްމެއްގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ދެ ސުޕަސްޓާރުން ކަމަށްވާ އާމިރު ޚާނާއި ރަންބީރް ކަޕޫރް އެކީގައި ކުޅޭ ފިލްމެއްގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާއިން ބުނި ގޮތުގައި ދެ ތަރިންނަށް ހުށަހެޅި ސްކްޕްރިޓެއް ވަރަށް ކަމުދިއުމުން އެއަށް ރުހުން ދީފައިވެ އެވެ. އަދި އެ ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް ވެސް އެ ނޫހުން ބުންޏެވެ. އެކަމަކު މިއީ ކޮން ޑައިރެކްޓަރަކު ހަދާ ފިލްމެއް ކަމާއި އޭގެ ޕްރޮޑަކްޝަން ހައުސް އަކީ ވެސް ކޮބައި ކަމެއް ހާމައެެއް ނުކުރެ އެވެ.

ރަންބީރަކީ ކުރިން އާމިރުގެ 2014 ގެ "ޕީކޭ" ގެ ހާއްސަ ފެނިލުމެއްގައި ބައިވެރިވި އެކްޓަރެކެވެ. އާމިރު އޭލިއަނެއްގެ ރޯލު ކުޅުނު، ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ އެ ފިލްމުގެ ނިމުން ގެނެސްދީފައި ވަނީ އާމިރު އަލުން އޭނަގެ ދުނިޔެ އަށް އެނބުރި ދަތުރު ފަށާ އިރު، ރަންބީރް އޭލިއަނެއްގެ ގޮތުގައި ދުނިޔެ އަށް އަންނަ ހިސާބުންނެވެ. އެގޮތަށް "ޕީކޭ" ނިންމާފައި އޮތީ ރަންބީރާ އެކު ސީކްއެލްއެއް ވެސް ހަދާ ގޮތަށެވެ. އަދި އެކަން ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްޅާ ވެސް މިދިޔަ އަހަރު ކަށަވަރުކޮށް ދީފައިވެ އެވެ.

އާމިރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ އެޕްރީލް 18 ގައި ގެނެސްދޭ "ލާލް ސިންގް ޗައްޑާ" އެވެ. މި ފިލްމަށް ފަހު އޭނާ ކުޅެން ރަސްމީކޮށް ސޮއި ކޮށްފައި އޮތް ހަމައެކަނި ފިލްމަކީ އިންޑިއާގެ މިއުޒިކް/ފިލްމު ކުންފުނި، ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރުގެ ބައޮގްރަފިކަލް ޑްރާމާ "މޯގުލް" އެވެ.

ރަންބީރްގެ ކުރިއަށް ހުރި ފިލްމުތަކަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) "ޝަމްޝޭރާ" އާއި އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" އާއި ޑައިރެކްޓަރު ލަވް ރަންޖަންގެ އަދި ނަން އިއުލާން ނުކުރާ ފިލްމެއްގެ އިތުރުން ސަންދީޕް ރެޑީ ވަންގާގެ "އެނިމަލް" އެވެ.