ދުނިޔޭގެ ސިޓީތަކުގެ ތެރެއިން މިހާރު ދިރިއުޅެން އެންމެ އަގު ބޮޑު ސިޓީ އަކީ އިޒްރޭލުގެ ވެރިރަށް ތެލް އަވީވް ކަމަށް ސާވޭއެއްގައި ބުނެފި އެވެ.
03 ޑިސެމްބަރ 2021
ދުނިޔޭގެ ސިޓީތަކުގެ ތެރެއިން މިހާރު ދިރިއުޅެން އެންމެ އަގު ބޮޑު ސިޓީ އަކީ އިޒްރޭލުގެ ވެރިރަށް ތެލް އަވީވް ކަމަށް ސާވޭއެއްގައި ބުނެފި އެވެ.
ދުނިޔޭގެ 173 ސިޓީއެއްގެ ދިރިއުޅުމުގެ ހަރަދުތައް ވަޒަންކޮށްގެން އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓް (އީއައިޔޫ) އިން ހަދާފައިވާ ސާވޭގައި ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑީ ތެލް އަވީވްގެ ގޮތުގައި ލިސްޓްކުރީ މުދަލާއި ހިދުމަތްތަކުގެ އަގު ވެސް އިންތިހާއަށް އުފުލި އިންސްފްލޭޝަން ވެސް މިހާރު އަތްނުފޯރާ ހިސާބެއްގައި އޮތުމުންނެވެ. މިއީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު ސިޓީގެ މަގާމު ތެލް އަވީވަށް ލިބުނު ފުރަތަމަ ފަހަރެވެ.
ސާވޭގައި ބުނެފައިވާ ގޮތުގައި މިދިޔަ އޮގަސްޓާއި ސެޕްޓެމްބަރު މަހު އެއްކުރި މައުލޫމާތުތަކަށް ބަލާ އިރު ތެލް އަވީވްގެ މުދަލުގައި އަގު އެވްރެޖްކޮށް 3.5 ޕަސެންޓްގެ ބޮޑުވުމެއް އައިސްފައިވެ އެވެ. އަދި ފާއިތުވި ފަސް އަހަރުގެ ތެރޭގައި އިންފްލޭޝަން ވެސް އެތައް ގުނަ އުފުލި، ޑޮލަރުގެ އަގު ވެސް ބޮޑަށް އުފުލިފައިވެ އެވެ.
Newly released, #worldwidecostofliving 2021 survey finds one city from the Middle East topping the rankings for the first time. With inflation of tracked prices the highest in five years, we reveal what else affected the rankings: https://t.co/BcGhEDQDPD pic.twitter.com/zDslv1rIxb
— Economist Intelligence: EIU (@TheEIU) December 1, 2021
ދިރިއުޅެން އެންމެ އަގު ބޮޑު ސިޓީތަކާ އެކު އެންމެއީއައިޔޫ އިން އެކުލަވާލި ލިސްޓް ގަދަ 5 އަށް ބަލާ އިރު، ދެވަނަ ދެ ގައުމަކަށް ލިބިފައިވެ އެވެ. އެއީ ސިންގަޕޫރާއި ފްރާންސްގެ ޕެރިހެވެ. ތިން ވަނައިގައި ސްވިޓްޒަލޭންޑްގެ ޒިއުރިކް އޮތް އިރު، ހަތަރު ވަނައިގައި އޮތީ ހޮންކޮންގް އެވެ.
ދިރިއުޅުމުގެ ހަރަދުތައް އެންމެ ކުޑަ ސިޓީތަކުގެ ގޮތުގައި އީއައިޔޫގެ ސާވޭ އިން ދައްކަނީ ސީރިއާ ސިޓީތަކުގެ ވެރިރަށް ދިމިޝްގެވެ. ދެން ހިމެނެނީ ލީބިއާގެ ވެރިރަށް ޓްރިޕޮލީ އާއި އުޒުބެކިސްތާންގެ ވެރިރަށް ޓަޝްކެންޓާއި ޓިއުނީޝިއާގެ ވެރިރަށް ތޫނިސްގެ އިތުރުން ކަޒަކާސްތާންގެ އަލްމަޓީ އެވެ.
އެންމެ މަގުބޫލު ސިޓީ އަކީ ބެންކޮކް
އިކިއާ އިން ރާއްޖޭގެ ވާޗުއަލް ދަތުރެއް
އެންމެ ނުފޫޒު ގަދަ ޕާސްޕޯޓްތަކަކީ ކޮބާ؟
ނައިޓް ކްލަބަށް ހަމަލާ ދިން މީހާ އަތުލައިގެންފި
ސުލްހައިގެ ވާހަކަތަކުގައި ހަނގުރާމަވެރިން ބައިިވެރިވާނެ
މެދުއިރުމަތީގެ ހަމައެކަނި ހައްލަކީ ދެ ދައުލަތް
ބޮޑެތި ބާރުތަކުގެ އިންޒާރެއް ޓްރަމްޕަށް
ސީރިއާގައި ޓެރަރިސްޓުންނަށް ޖާގައެއް ނެތް: އުރުދުޣާން
ސީރިއާގެ ފަރުބަދައެއްގެ މަތީ ނަތަންޔާހޫގެ ބައްދަލުވުމެއް
އިޒްރޭލުން ގޯލާން އާބާދުކުރުން ރާއްޖޭން ކުށްވެރިކޮށްފި