ޕްރިޒަންސް ކްލަބާއި ޕޮލިސް ކްލަބުގެ މެޗުން، ކްލަބު މޯލްޑިވްސް ފިރިހެން ޑިވިޝަންގެ ދެވަނަ ބުރުގެ މެޗުތައް މިރޭ ފަށާނެ އެވެ.
ޕްރިޒަންސް ކްލަބާއި ޕޮލިސް ކްލަބުގެ މެޗުން، ކްލަބު މޯލްޑިވްސް ފިރިހެން ޑިވިޝަންގެ ދެވަނަ ބުރުގެ މެޗުތައް މިރޭ ފަށާނެ އެވެ.
ޕޮލިސް ކްލަބާއި ޕްރިޒަންސްގެ މެޗު ފަށާނީ މިރޭ 8:15 ގަ އެވެ. ހުޅުމާލޭ ރެެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދެ ދަނޑުގައި ކުޅޭ މިރޭގެ ދެވަނަ މެޗުގައި ނުކުންނާނީ އެއާޕޯޓްސް ކޮމްޕެނީ އާއި އެމްޓީސީސީ އެވެ. އެ މެޗު ވެސް ފަށާނީ މިރޭ 8:15 ގަ އެވެ.
މިރޭ ކުޅޭ އަނެއް ދެ މެޗު ފަށާނީ 9:45 ގަ އެވެ. އެ މެޗުގައި ވާދަކުރާނީ އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކްލަބެވެ. އެ ގަޑީގައި ދެން އޮންނާނީ އެންމެ ފަހުގެ ރަނަރަފް ވެމްކޯ އާއި ފިއުލް ސަޕްލައި ކުޅޭ މެޗެވެ.
ވިމެން ފުޓްބޯލް ފިއެސްޓާގައި އެމްޕީއެލް އާއި ފެނަކަ ކުޅުނު މެޗެއްގެ ތެރެއިން: އަންހެން ޑިވިޝަންގެ ދެވަނަ ބުރަށް އެ ދެ ޓީމު ވެސް ދަތުރު ކުރި --- ފޮޓޯ: ސީއެމްސީ
މާދަމާ ރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެމްޕީއެލް އާއި އުރީދޫ އެވެ. ދެވަނަ މެޗުގައި ވާދަކުރާނީ ދިރާގާއި އާރްޑީސީ އެވެ. އެ ދެ މެޗު ވެސް މެޗު ފަށާނީ 8:15 ގަ އެވެ. ދެވަނަ ބުރުގެ އެންމެ ފަހު ދެ މެޗުގައި ނުކުންނާނީ އެސްޓީއޯ އާއި ޓްރޭޑް މިނިސްޓްރީގެ ޓީމު އަދި ސްޓްލެކޯ އާއި ފެނަކަ އެވެ.
އަންހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރެ އެވެ. ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ސިފައިންގެ ކްލަބާއި އާއި ވެމްކޯ އެވެ. އެ މެޗު ކުޅޭނީ އެ ރޭ 8:15 ގަ އެވެ. ސެމީގެ ދެވަނަ މެޗުގައި ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އާއި ޕޮލިހެވެ. މެޗު ފަށާނީ 9:45 ގަ އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ ފުޓްސަލް މުބާރާތް ބާއްވަނީ މެދުކެނޑުމަކަށް ފަހު އެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު މުބާރާތް ބާއްވައިފަ އެއް ނުވެ އެވެ. އެންމެ ފަހުގެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަނަކީ ބީއެމްއެލް އެވެ. އެ ޓީމ ވަނީ މިފަހަރު ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
ފިއުލް ސަޕްލައި ގަދަ ބާރެއް، އާރްޑީސީ އުންމީދުގައި
އަންހެން ޑިވިޝަންގެ ތަށި އެމްޕީއެލުން މިލްކުކޮށްފި
އާރްޑީސީ އާއި ފިއުލް ސަޕްލައި ފައިނަލަށް
ތަށި މިލްކުކުރަން އެމްޕީއެލް ފުރުސަތު ފަހިކޮށްފި
އަޔާ: ފުޓްބޯޅައިން ނުލިބުނު ލޯބި ފުޓްސަލްއިން
އެމްޕީއެލް ކަޓައި އާރްޑީސީ އާއި ފެނަކަ ސެމީ އަށް
ޕްރިޒަން އާއި ފިއުލް ސަޕްލައި ސެމީ ފައިނަލަށް
އާރްޑީސީގެ "މީ ޓީމެކޭ" ކުންފުނި ރަމްޒުކޮށްދޭ ނަމެއް
ކުއާާޓާގެ ފަހު ޖާގަތައް، އެސްޓީއޯ، ފެނަކަ، އެމްޕީއެލް އަދި އާރްޑީސީއަށް
ވަރުގަދަ ވެމްކޯ ކަޓުވާލައި، އެފްއެސްއެމް ކުއާޓާ އަށް