ކްލަބް މޯލްޑިވްސް ފިރިހެން ޑިވިޝަންގެ ކުއާޓާ ފައިނަލްގެ އެންމެ ފަހުގެ ހަތަރު ޖާގަ އެސްޓީއޯ، ފެނަކަ، އެމްޕީއެލް އަދި އާރްޑީސީ ހޯދައިފި އެވެ.
10 ޑިސެމްބަރ 2021
ކްލަބް މޯލްޑިވްސް ފިރިހެން ޑިވިޝަންގެ ކުއާޓާ ފައިނަލްގެ އެންމެ ފަހުގެ ހަތަރު ޖާގަ އެސްޓީއޯ، ފެނަކަ، އެމްޕީއެލް އަދި އާރްޑީސީ ހޯދައިފި އެވެ.
ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދަނޑުގައި ރޭ ޓްރޭޑް ކްލަބާ ދެކޮޅަށް އެސްޓީއޯ ކުޅުނު މެޗު ކާމިޔާބު ކުރީ 5-1 އިންނެވެ. އެސްޓީއޯގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އިސްމާއީލް ވަޖީހެވެ. އަނެއް ތިން ލަނޑު ޖެހީ އިނާން އަހްމަދު، އަމީން އިބްރާހިމް އަދި ޝާން އަހްމަދެވެ. ޓްރޭޑްގެ ލަނޑު ކާމިޔާބު ކުރީ ސައިފާން އަހްމަދެވެ.
ފެނަކަ ފައިނަލަށް ދަތުރު ކުރީ ސްޓެލްކޯގެ މައްޗަށް 3-0 އިން ކާމިޔާބު ހޯދައިގެންނެވެ. ސްޓެލްކޯގެ ލަނޑުތައް ޖެހީ އަޔާޒު އަހްމަދު (އަޔާ)، ރިހާމް އަބްދުލް ގަނީ (ބޮބީ) އަދި އަހްމަދު ހަލީމެވެ.
އެމްޕީއެލް ކުއާޓާ ފައިނަލަށް ދަތުރު ކުރީ އުރީދޫގެ މައްޗަށް 6-1 އިން މޮޅު ވެގެންނެވެ. އެމްޕީއެލްގެ ހަ ލަނޑުގެ ތެރެއިން މުހައްމަދު ޔާފިއު ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ހަތަރު ލަނޑު ޖެހީ އަހްމަދު އިމާޒު (އާއްކޮ)، ނާއިހް މުފީދު، ސިނާން އިބްރާހިމް ރަޝީދު އަދި ހަސަން ނިމާލެވެ. އުރީދޫގެ ލަނޑު ޖެހީ ހުސައިން އާތިފް އެވެ.
ދިރާގާ ދެކޮޅަށް ކުޅުނު، އާރްޑީސީ މެޗު ކާމިޔާބު ކުރީ 8-3 އިންނެވެ. އެ ޓީމުގެ އިބްރާހިމް އަސްވަދު ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ހަ ލަނޑު ޖެހީ، އަލީ ޝާމިސް (ތޮއްޕެ)، އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް)، އިބްރާހިމް މައިޝާން، އިސްމާއީލް މުނީޒް، އަލީ ޝާފިއު އަދި އިބްރާހިމް ނާސިހެވެ. ދިރާގުގެ ލަނޑުތައް ޖެހީ، ދެ ލަނޑު ޖެހި، ޔޫހް ނަސީރު އާއި އބްރާހިމް އަތީގެވެ.
އަންނަ ހޯމަ ދުވަހުގެ ރޭ އޮންނާނީ އަންހެން ޑިވިޝަންގެ ސެމީ ފައިނަލް ދެ މެޗެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ސިފައިންގެ ކްލަބާއި ވެމްކޯ އެވެ. ދެވަނަ ސެމީ ފައިނަލްގައި ޥާދަކުރާނީ ޕޮލިސް ކްލަބާއި އެމްޕީއެލް އެވެ.
ފިއުލް ސަޕްލައި ގަދަ ބާރެއް، އާރްޑީސީ އުންމީދުގައި
އަންހެން ޑިވިޝަންގެ ތަށި އެމްޕީއެލުން މިލްކުކޮށްފި
އާރްޑީސީ އާއި ފިއުލް ސަޕްލައި ފައިނަލަށް
ތަށި މިލްކުކުރަން އެމްޕީއެލް ފުރުސަތު ފަހިކޮށްފި
އަޔާ: ފުޓްބޯޅައިން ނުލިބުނު ލޯބި ފުޓްސަލްއިން
އެމްޕީއެލް ކަޓައި އާރްޑީސީ އާއި ފެނަކަ ސެމީ އަށް
ޕްރިޒަން އާއި ފިއުލް ސަޕްލައި ސެމީ ފައިނަލަށް
އާރްޑީސީގެ "މީ ޓީމެކޭ" ކުންފުނި ރަމްޒުކޮށްދޭ ނަމެއް
ވަރުގަދަ ވެމްކޯ ކަޓުވާލައި، އެފްއެސްއެމް ކުއާޓާ އަށް
ޕޮލިހާއި ޕްރިޒަންސްގެ މެޗުން ދެވަނަ ބުރު މިރޭ ފަށަނީ