ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލޭ މި ދަނޑިވަޅުގައި މަރުކަޒީ ބޭންކްތަކުން އެ ގައުމެއްގެ ފައިސާގެ އަގު ވެއްޓުނަ ނުދީ ހިފެހެއްޓުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ގޮވާލައްވައިފި އެވެ.
08 ޑިސެމްބަރ 2021
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލޭ މި ދަނޑިވަޅުގައި މަރުކަޒީ ބޭންކްތަކުން އެ ގައުމެއްގެ ފައިސާގެ އަގު ވެއްޓުނަ ނުދީ ހިފެހެއްޓުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ގޮވާލައްވައިފި އެވެ.
ކޮވިޑްގެ އާ ވޭރިއެންޓް، އޮމިކްރޮންއާ ގުޅޭ ގޮތުން ދުނިޔޭގެ އިގްތިސާދަށް އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން އައިއެމްއެފުން ޝާއިއުކޮށްފައިވާ ލިޔުމުގައި ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔޭގެ އިންފްލެޝަން ބޮޑުވާ އިރު މިކަމުގެ އަސަރުތައް ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ އިގްތިސާދުތަކުން ފެންނާނެ ކަމަށެވެ.
އައިއެމްއެފުން ބުނީ އަނެއްކާވެސް މިއަންނަ ބަދަލުތަކާ ގުޅިގެން ދަރަނިތައް ދެއްކުމަށް އޮންނަ ތާރީހުތައް ގައުމުތަކުން ފަސްކުރުމުން ދަރަންޏަށް އިންޓްރެސްޓް އިތުރުވާނެ ކަމަށެވެ. އެހެންވެ ދަރަނި އަދާ ކުރުމުން ދިގު ދެއްމުމުގެ ބަދަލުގައި ދަރަނި ދެއްކުމަށް އިސްކަން ދިނުން މުހިއްމު ކަމަށް ބުނެފައިވެ އެވެ.
ކޮވިޑާ ގުޅިގެން އިގްތިސާދަށް ކުރިމަތިވާ ލޮޅުންތަކަށް އަންނަ އަހަރުގެ މެދުތެރޭގައި ރަނގަޅު ބަދަލުތަކެއް ފެނި ރިކަވާވާން ފަށާނެ ކަމަށް އައިއެމްއެފުން ބުންޏެވެ. އައިއެމްއެފުން ބުނީ މުދާ އުފުލުގައި ދިމާވާ ޑިލޭތަކާއި ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ މުއްދަތު އިތުރުވުމާއި އެނޫން ހުރަސްތަކަށް ހައްލު ލިބެން ފަށާނީ އަންނަ އަހަރު ކަމަށެވެ.
އައިއެމްއެފުން ލަފާކުރާ ގޮތުގައި ތަރައްގީވެފައިވާ ބޮޑެތި އިގްތިސާދުތަކުގެ ތެރެއިން އެމެރިކާ ފަދަ ގައުމުތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަރާނެ އެވެ. އިގްތިސާދުތައް ތަރައްގީ ވަމުން އަންނަ އިރު ތަކެތީގެ އަގުތައް ވެސް ވަރަށް ބޮޑަށް އުފުލޭނެ ކަމަށް އައިއެމްއެފުން އަންދާޒާކުރެ އެވެ.
އެހެން ނަމަވެސް ތަރައްގީވަމުން އަންނަ ބޮޑެތި އިގްތިސާދުތައް ކަމަށްވާ އިންޑިއާ، ރަޝިއާ، ސައުތު އެފްރިކާ ފަދަ ގައުމުތަކުގައި އިންޕްލޭޝަނަށް މާބޮޑު އަސަރެއް ނުކުރާނެ އެވެ.
އިންފްލެޝަން ބޮޑުވާނެ ކަމަށް ލަފާކޮށްފައިވާ އިރު އައިއެމްއެފުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އިންފްލޭޝަން ހުންނާނީ 1.1 ޕަސެންޓުގަ އެވެ. އަދި ހަރަދުތައް ހަމަޖައްސަން ސަރުކާރުން ވަނީ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކޮށް، އޯވަޑްރޯގެ ލިމިޓް 2.5 ބިލިއަން ރުފިޔާ އަށް ލިމިޓް ކުރަން ނިންމައިފަ އެވެ. މިއާ އެކު ރާއްޖޭގެ އިންފްލެޝަން އިތުރަށް އުފުލޭނެ ކަމަށް އިގްތިސާދު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
ރާއްޖޭގެ އިގްތިސާދީ ދުވެލި ދާނީ ދަށަށް: އައިއެމްއެފް
"ދުނިޔޭގެ އިގްތިސާދަށް އޮތީ ބަނަކަމާއި ނުތަނަވަސްކަން"
އިގުތިސާދު ކުރިއެރި ނަމަވެސް ގޮންޖެހުންތައް ބޮޑު
ކާބޯތަކެތީގެ އިންފްލޭޝަން 8.4 ޕަސެންޓުގައި
އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަން ވަގުތު ކުޑަތަންވަނީ
ލަންކާގެ އާ ރައީސް ވެސް އައިއެމްއެފްގެ ޕްރޮގްރާމާ އެކު
ރިފޯމާ އެކު އިންފްލޭޝަން 3.9 ޕަސެންޓަށް އަރާނެ
ލަންކާ އަށް އައިއެމްއެފްގެ ތައުރީފް
ޓެކްސް އާމްދަނީ ބޮޑު ކުރަން ފިޔަވަޅުތައް އަޅަން ޖެހޭ
"ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓުގައި"