11 ޑިސެމްބަރ 2021
މަސްވެރިކަމުގެ ދާއިރާއިން ޒުވާނުން އަހުލުވެރިކުރުމަށް ހަސަން ސާޖިން (ޒުވާން މަސްވެރިޔާ) ކުރާ މަސައްކަތުގެ އަގުވަޒަންކޮށް އޭނާއަށް ހާއްސަ ހަނދާނީ ފިލައެއް ސަރުކާރުން ދީފި އެވެ.
މަސްވެރިކަމުގެ ދާއިރާއިން ޒުވާނުން އަހުލުވެރިކުރުމަށް ހަސަން ސާޖިން (ޒުވާން މަސްވެރިޔާ) ކުރާ މަސައްކަތުގެ އަގުވަޒަންކޮށް އޭނާއަށް ހާއްސަ ހަނދާނީ ފިލައެއް ސަރުކާރުން ދީފި އެވެ.
މަސްވެރިންގެ ދުވަހާ ގުޅިގެން ކ. ގާފަރުގައި ރޭ ބޭއްވި ހާއްސަ ޖަސްލާގައި، ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުމުގެ ގޮތުން ހިދުމަތްކޮށްދީފައިވާތީ ހިދުމަތުގެ އަގު ވަޒަންކޮށް، ފިޝަރީޒް މިނިސްޓްރީން ވަނީ ސާޖިންއަށް ހާއްސަ ހަނދާނީ ފިލައެއް ދީފަ އެވެ.
ސާޖިން "މިހާރު"އަށް ބުނީ، މަސްވެރިކަން ޕްރޮމޯޓު ކުރަން އުޅޭތާ ހަތް އަހަރުގެ ތެރޭގައި އޭނާ ކުރި މަސައްކަތުގެ އަގު ފުރަތަމަ ފަހަރަށް ވަޒަން ކުރުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ.
"ހަތް އަހަރުވި އިރު އަލަށް އެވޯޑެއް މި ލިބުނީ. އެހެންވީމަ ހަތް އަހަރު ތެރޭ ކުރި މަސައްކަތުގެ އަގު ވަޒަން ކުރީ. އެހެންވީމަ ކޮންމެ ގޮތެއް ވިޔަސް އުފާވާނެތާ،" ސާޖިން ބުންޏެވެ.
ރޭގެ ޖަލްސާގައި ސާޖިން އަށް ބައިވެރިވެވިފައި ނުވާތީ އޭނާއަށް ފަހުން ހަނދާނީ ފިލާ ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.
ސާޖިން ބުނީ ރޭގެ ޖަލްސާއަށް ނުދެވުނީ އޭނާގެ ފައި ބިންދައިގެން ދިޔަ ގޮތަށް އަދިވެސް ފައި ރަނގަޅުނުވާތީ ކަމަށެވެ. ޖަލްސާއަށް ދައުވަތު ލިބުނަސް އެވޯޑެއް ދޭން އުޅޭކަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ، މަސްވެރިކަމުގެ ދާއިރާ ނޫން އެހެން ދާއިރާތަކުން ވެސް ޒުވާނުންނަށް މިފަދަ އެވޯޑުތައް ދިނުމަކީ އެ މީހުން ކުރަމުންދާ މަސައްކަތްތައް ކުރުމަށް ދެ ގުނަ ހިތްވަރު ލިބޭނެ ކަމެއް ކަމަށެވެ.
ސާޖިން ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މަސްވެރިކަމަށް ހޭލުންތެރިކަން އިތުރުކޮށް، ޒުވާނުން އެ މަސައްކަތަށް ވައްދަން މަސައްކަތް ކުރަމުންނެވެ.
އޭނާ ސޯޝަލް މީޑިއާ މެދުވެރިކޮށް ދޫކުރާ ބައެއް ވީޑިއޯތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ވެސް ލިބިފައި އެބަ ހުއްޓެވެ.
މަސްވެރިންނަށް ދިމާވާ އެކި ގޮންޖުންތަކާ ބެހޭގޮތުން ވެސް ހޭލުންތެރިކަން އިތުރުކޮށް އެކަންކަން ހައްލު ކުރުމަށް ވެސް ސާޖިން މަސައްކަތްކުރެ އެވެ.
މަސްވެރިންނަށްވީ ވައުދުތައް ފުއްދާނެ ކަމުގެ ޔަގީންކަން
މި އަަހަރުގެ މަސްވެރިންގެ ދުވަސް ގާފަރުގައި
ކުދި ބޯވަދިލަ މަހުގެ މަސްވެރިކަން ރާއްޖޭގައި ފަށަނީ
"ނާއުއްމީދުގެ ތެރޭގައި ރައްޔިތުން ނުބައިތިއްބާނަން"
މަސްވެރިކަމުގެ އެވޯޑްތަކަށް ކުރިމަތިލާން ހުޅުވާލައިފި
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި
ފައިސާ ދޭން ފެށުމުން މަސްވެރިން މުޒާހަރާ ހުއްޓާލައިފި
ގާނޫނާ ހިލާފުކަމެއް ނުކުރަން މަސްވެރިންނަށް އިލްތިމާސް
މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި އަޑުއުފުލައިފި
ރާއްޖޭގެ ކަނޑަށް ވަން ބޭރުގެ ބޯޓެއް ދައުލަތަށް ނަގަނީ