ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަަމާޒުކޮށް އެއްޗެއް ގޮއްވާލައި، ޓެރަރިސްޓް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
14 ޑިސެމްބަރ 2021
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަަމާޒުކޮށް އެއްޗެއް ގޮއްވާލައި، ޓެރަރިސްޓް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ މެއި މަހު، ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ނަޝީދަށް އަމާޒުކޮށް ސައިކަލެއްގައިި އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި ނަޝީދާއި އިތުރު ބަޔަކަށް ވެސް ވަނީ އަނިޔާވެފަ އެވެ. އަދުހަމަކީ އަމިއްލައަށް ތައްޔާރުކޮށްފައިވާ ގޮވާ އެތި ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ކުރިއިރު، ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އޭނާ ވަނީ ކޯޓުގައި ކުށަށް އިއުތިރާފްވެފަ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ އަދުހަމްގެ އަމިއްލަ އިއުތިރާފުން އެ ކުށް ސާބިތުވާ ކަމަށެވެ. އަދި އެ ދައުވާތަކުގެ އަދަބެއްގެ ގޮތުން އަދުހަމާ އެކު ދައުލަތުން ހެދިި އިއުތިރާފް އެއްބަސްވުމުގައިވާ ގޮތަށް 23 އަހަރާއި 6 މަހާއި 9 ނުވަ ދުވަހަށް އަދުހަމް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމް ކުރުމުގެ ކުރިން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި އަދުހަމް ވަނީ އިއުތިރާފް އެއްބަސްވުމުގައިވާ ގޮތަށް އިއުތިރާފް ދަމަހައްޓަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެ ހަމަލާ ދިނުމުގައި ބައިވެރިވެވުނީ ދީނީ ގޮތުން ގަބޫލު ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ކަމަށާއި އެ ހަމަލާގައި ނަޝީދާއި އިތުރު ބަޔަކަށް އަނިޔާ ވެފައިވާތީ ނަޝީދާއި އަނިޔާ ލިބުނު އެންމެންގެ ކިބައިން މައާފަށް އެދޭ ކަމަށް ވެސް އަދުހަމް ބުންޏެވެ.
އަދުހަމް 23 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭނެ އެވެ.
އަދުހަމް ކުށަށް އިއުތިރާފްވި އެ ޝަރީއަތުގެ ބޮޑު ބައެއް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. އެ މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު ގިނަ ބައެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ.
ބޮމުގެ ހަމަލާ: ޝަރީއަތުގެ ކުރިއަށް ހެކީގެ މައްސަލަ
"ފަހުން ލިބޭ ހެކިން އިތުރު ބަޔަކަށް ދައުވާކުރެވިދާނެ"
ކުއްލި ނުރައްކާ އިއުލާންކުރަން ނަޝީދުގެ ގަރާރެއް
މަޖިލީހުގެ ތަހުގީގުގައި މެމްބަރުން އެމްއެންޑީއެފްއަށް
ހަމަލާއަށް ފަންޑުކޮށްފައިވާ ނަމަ އެކަން ހޯދޭނެ: ޕޮލިސް
ތިން މީހުންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް
ބޮން ގޮއްވި މީހާއަކީ ކުރިން ފުޓުބޯޅަ ތަރިއެއް
ޝައްކުވާ ހަތަރު މީހަކު އެބަތިބި: ފުލުހުން
ނަޝީދަށް ދިން ހަމަލައާ ސިޔާސީ ގުޅުމެއް ނެތް: އައްބާސް
ޓެރަރިޒަމްގެ މައްސަލާގައި އަލިމަނިކު 5 އަހަރަށް ޖަލަށް