ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން އައިއީޑީ ގޮއްވައިލި މީހާ އަކީ ކުރިން، ރާއްޖޭގެ ފުޓުބޯޅައިގައި މަޝްހޫރު ތަރިއެއް ކަމަށް އޭނާގެ ގާތް ބައެއް މީހުން ބުނެފި އެވެ.
09 މެއި 2021
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން އައިއީޑީ ގޮއްވައިލި މީހާ އަކީ ކުރިން، ރާއްޖޭގެ ފުޓުބޯޅައިގައި މަޝްހޫރު ތަރިއެއް ކަމަށް އޭނާގެ ގާތް ބައެއް މީހުން ބުނެފި އެވެ.
ހުޅުމާލޭގައި މިއަދު ހެނދުނު ހިންގި އޮޕަރޭޝަނެއްގައި ފުލުހުން އަތުލައިގަތީ ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު، 25، އެވެ.
އަދުހަމަކީ 2013 ގައި އެފްއޭއެމުން އެކުލަވައިލި، އުމުރުން 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިއެކެވެ. އޭނާ އަށް ވަނީ 2011 ގައި ބޭއްވި އެފްއޭއެމް އެވޯޑްސްގައި އުމުރުން 16 އަހަރުން ދަށުގެ ބައިން "ބެސްޓް ޔޫތު ޕްލޭޔާ" އެވޯޑް ލިބިފަ އެވެ.
އަދުހަމް ވަނީ އީގަލްސްގެ ޔޫތު ޓީމަށް ކުރިން ކުޅެފަ އެވެ. އޭނާ މުޅިން ވެސް ކުޅުނީ މިޑްފީލްޑަށާއި ވިންގް ފޯވާޑްގެ މަގާމަށެވެ.
އުމުރުން 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ ލިސްޓުގެ [2013 ގައި އެކުވަލައިލި] ދެވަނައިގައި އޮތީ އަދުހަމްގެ ނަން ކަމަށް ވާއިރު، އޭނާގެ ގާތް މީހަކު މިއަދު ބުނީ، އެއީ އެގޮތުގައި ކުރިއަށް ދިޔަ ނަމަ "ދެވަނަ ދަގަނޑޭ" އަށް ވުމުގެ ފުރުސަތު އޮތް ޒުވާނެއް ކަމަށެވެ.
"ވަރަށް މޮޅަށް ކުޅުނު މީހެއް. ފަހުން ގެއްލިފައި ދުވަސްގަނޑަކު އުޅެފައި މިއަދު މި ފެނުނީ ހައްޔަރުކުރާ ތަން ފެންނަ ފޮޓޯ،" އަދުހަަމާ އެކު ފުޓުބޯޅަ ކުޅުނު އެ ޒުވާނާ ބުންޏެވެ.
އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި ފުލުހުން ބުނެފައި ވަނީ މިއަދު ހައްޔަރުކުރި އަދުހަމަކީ ނަޝީދަށް ދިން ހަމަލައިގައި ހޯދަން ބޭނުންވާ އެންމެ އިސް މީހާ ކަމަށެވެ. އެހެންވެ، މާސްކް އަޅައިގެން އެ ސަރަހައްދުގައި އުޅޭ ފޮޓޯއެއް ވެސް ފުލުހުން އާންމުކޮށް، އާންމުންގެ އެހީތެރިކަމަށް އެދުނެވެ. އެކަމަކު، އަދުހަމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އޭނާގެ ނަމެއް ވެސް ފުލުހުން އަދި ނުބުނެ އެވެ.
ނަޝީދަށް ހަމަލަދިން މައްސަަލައިގައި ދެން ހައްޔަރުކޮށްފައި ވަނީ މއ. ފޭރުގެ، މުޖާޒް އަހުމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީނު އަހުމަދު 32، އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ނަޝީދަށް ހަމަލަ ދިނުމަށް ބޭނުންކުރި އައިއީޑީ ހަރުކޮށްފައި ވަނީ ތަހުމީނުގެ ސައިކަލުގަ އެވެ. ނަމަވެސް ހަމަލަދިނުމުގެ ބޭނުމުގައި އޭނާގެ އެ ސައިކަލްގެ ނަމްބަރު ބަދަލުކޮށް، އިންޖީނުގެ ނަމްބަރު ހުރީ ފޮހެލައިފަ އެވެ. ނަމަވެސް ފުލުހުންގެ ފޮރެންސިކް ޓީމުގެ މަސައްކަތުން އިންޖީނުގެ ނަމްބަރު ދެނެގަނެ ސައިކަލްގެ ވެރިމީހާ އަކީ ވެސް ތަހުމީނުކަން ވަނީ ހޯދައިފަ އެވެ.
ބޮމުގެ ހަމަލާ: ޝަރީއަތުގެ ކުރިއަށް ހެކީގެ މައްސަލަ
"ފަހުން ލިބޭ ހެކިން އިތުރު ބަޔަކަށް ދައުވާކުރެވިދާނެ"
އަދުހަމް 23 އަހަރަށް ޖަލަށް، މާފަށް އެދުނު!
ކުއްލި ނުރައްކާ އިއުލާންކުރަން ނަޝީދުގެ ގަރާރެއް
މަޖިލީހުގެ ތަހުގީގުގައި މެމްބަރުން އެމްއެންޑީއެފްއަށް
ހަމަލާއަށް ފަންޑުކޮށްފައިވާ ނަމަ އެކަން ހޯދޭނެ: ޕޮލިސް
ތިން މީހުންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް
ޝައްކުވާ ހަތަރު މީހަކު އެބަތިބި: ފުލުހުން
ނަޝީދަށް ދިން ހަމަލައާ ސިޔާސީ ގުޅުމެއް ނެތް: އައްބާސް
ޓެރަރިޒަމްގެ މައްސަލާގައި އަލިމަނިކު 5 އަހަރަށް ޖަލަށް