Roadha Mihaaru
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ފެބްރުއަރީގައި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ފެބުރުއަރީގައި ބާއްވަނީ

15 ޑިސެމްބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އަހަރު ފެބްރުއަރީގެ ފަސް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އަހަރު ފެބްރުއަރީގެ ފަސް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެއްޖެ ކަމަށް މަޖިލީހުން މިއަދު އެންގުމާ ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވާ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އިއްޔެ އަވަހާރަވުމާ ގުޅިގެންނެވެ.

އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނެވި ހުސައިން އަވަހާރަވީ ހާލު ގޯސްވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ކެންސަރު ބަލީގައި ހުސައިން ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ދެ ދައުރު މަސައްކަތް ކުރެއްވި ހުސައިން އަކީ ގިނަ ބަޔަކު ސިފަކުރަމުން އަންނަ ގޮތުގައި އަޑުއައްސަވާ، އޯގާތެރި ބޭފުޅެކެވެ. ޑިމޮކްރަސީ ކުރިއަރުވައި ރައްޔިތުންނަށްޓަކައި މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ވެސް ފާހަގަކުރެ އެވެ.